03 ނޮވެމްބަރ 2016
ވިިހެއުމަށްފަހު ތުއްތުކުދިން ހޮސްޕިޓަލަށް ދޫކޮށް މަންމައިން ފިލާތީ މައްސަލަ ބޮޑުވެފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
ވިިހެއުމަށްފަހު ތުއްތުކުދިން ހޮސްޕިޓަލަށް ދޫކޮށް މަންމައިން ފިލާތީ މައްސަލަ ބޮޑުވެފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އައިމިނަތު ހުސެއިން ޝަރީފް "މިހާރު"އާ ވާހަކަދައްކަވަމުން އިއްޔެ ވިދާޅުވީ، ތުއްތުކުދިން ހޮސްޕިޓަލަށް ދޫކޮށްލާ މައްސަލަ ބޮޑުވެފައި ވާތީ އެކަމަށް ހައްލެއް ހޯދަން ފުލުހުންނާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
ވިހާފައި ދަރިފުޅު އައިޖީއެމްއެޗަށް ދޫކޮށް މަންމަޔަކު ވަނީ މިދިޔަ މަހު ވެސް ފިލައިފަ އެވެ. އެ ކުއްޖާ މިހާރު އޮތީ ޖެންޑާ މިނިސްޓްރީގެ ހަވާލުގައި ނާސަރީގަ އެވެ.
ހުޅުމާލޭގައި ހުންނަ ކުދިންގެ ހިޔާގައި ބަލަހައްޓަމުން އަންނަނިކޮށް މިދިޔަ މަހުގެ 17 ވަނަ ދުވަހު މަރުވި ފަސް މަހުގެ ފިރިހެން ކުއްޖާ އަކީ ވެސް ވިހެއުމަށް ފަހު މަންމަ ފިލުމުން ދައުލަތުގެ ބެލުމުގެ ދަށަށް ނެގި ކުއްޖެކެވެ.
މިހާތަނަށް މިފަދަ ތިން މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ.
އޭނާ ވިދާޅުވީ މަންމައަށް ކުދިން ނުބެލޭ ނަމަ އާއިލާއަށް އެ ކުއްޖާ ބެލޭނެ ކަމަށާއި ނަމަވެސް ދައުލަތުގެ ބެލުމުގެ ދަށަށް ނަގަންޖެހެނީ އާއިލާއިން ވެސް ކުދިން ނުބެލުމުން ކަމަށެވެ.
އައިމިނަތު ވިދާޅުވީ ކުދިންގެ ބެލެނިވެރިކަމާ ހަވާލުވާން އެދި މިނިސްޓްރީއަށް ފޯމު ހުށަހެޅުމުން މަސް ދުވަސްތެރޭ ފޯމުގެ ކަންތައްތައް ނިންމާނެ ކަމަށާއި ނަމަވެސް ހުށަހަޅާ ކޮންމެ މީހަކަށް ކުދިން ހަވާލުނުކުރެވިދާނެ ކަމަށެވެ.
"އިންޓަވިއުކޮށް ކުދިން ބެލުމުގެ ޝައުގުހުރި މީހުންނަށް އެބަދެން. އެ ކުދިން ހަވާލުކުރާއިރު ބަލާނެ ލިބޭ އާމްދަނީ އާއި ކުދިން ބޭނުންވާ ސަބަބު. ދެން ކުދިން ހަވާލުކުރުމާ ބެހޭ މިނިވަން ޕެނަލެއް އޮންނާނެ މި މިނިސްޓްރީގައި. އެ ޕެނަލް އިން ނިންމާނެ އިންޓަވިއުގެ ހުރިހާކަމެއް ނިންމުމަށްފަހު އެމީހާއާ ކުދިން ހަވާލުކުރޭތޯ ނޫނީ ނޫންތޯ،" އައިމިނަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަކި ޖިންސެއްގެ އަދި ވަކި އުމުރެއްގެ ކުއްޖެއްގެ ބެލެނިވެރިކަން ހޯދަން ވެސް އެދެވިދާނެ ކަމަށާއި އެކަމަކު ވަކި ހާއްސަ ކުއްޖަކު ހޯދަން ހުށަނޭޅޭނެ ކަމަށެވެ. އަދި ބެލެނިވެރިކަން ހަވާލުކުރާ ކުދިންގެ އުމުރުން 18 އަހަރު ވަންދެން އެ ކުދިންގެ ކަންތައްތައް މިނިސްޓްރީން މޮނިޓަކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިން ބެލެހެެއްޓުމަށް މިހާރު ވެސް ދެ މަރުކަޒު އެބަހުއްޓެވެ. އެއީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އަދި ހުޅުމާލޭގައި ހުންނަ ފިޔަވައްޗެވެ. އެ ދެ މަރުކަޒުގައި 80 ވަރަކަށް ކުދިން ބަލަހައްޓަ އެވެ.
ހިޔާގެ މައްސަލާގައި ފިޔަވަޅު އަޅާނީ ތަހުގީގު ނިމުމުން
ހިޔާގެ އިސްވެރިން ޖަވާބުދާރީކުރުވަން ޖިނާއީ ތަހުގީގަކަށް
ކުއްޖަކާ މެދު އަމަލުކުރިގޮތުން މުވައްޒަފަކު ސަސްޕެންޑް
ފިޔަވަތީގެ ކުދިން ހަމަނުޖެހުން ހިންގީ ކީއްވެ؟
ފިޔަވަތީގެ މައްސަލަތައް އެބަ ބަލަން: އޮމްބަޑްސްޕާސަން
ހިޔާ، ފިޔަވަތީގެ 17 ކުދިން އޭދަފުއްޓަށް ބަދަލުކޮށްފި
ކުއްޖާ އެބޯޓްކުރީ ޑޮކްޓަރުންގެ ލަފައާއެކު
ކައިވެނީގެ ނަމުގައި ރޭޕްކުރުމުން ހައްޔަރުކޮށްފި
ރޭޕްގެ މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
އޯޓިސްޓިކް ކުއްޖަކު ރޭޕްކޮށް ބަނޑުބޮޑުވި މައްސަލަބަލަނީ