ދުނިޔޭގެ މަޝްހޫރު މީސްމީހުންގެ ތެރެއިން ގިނަ ބައެއްގެ މެދުގައި އެންމެ މަގުބޫލު އެންގޭޖްމަންޓް އަނގޮޓި އޮތީ އިނގިރޭސިވިލާތުގެ ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަންގެ އަތްޕުޅުގައި ކަމަށް ނެޗްރަލް ޑައިމަންޑް ކައުންސިލުން ހަދާފައިވާ ސާވޭއެއްގައި ބުނެފި އެވެ.
02 ޑިސެމްބަރ 2020
ދުނިޔޭގެ މަޝްހޫރު މީސްމީހުންގެ ތެރެއިން ގިނަ ބައެއްގެ މެދުގައި އެންމެ މަގުބޫލު އެންގޭޖްމަންޓް އަނގޮޓި އޮތީ އިނގިރޭސިވިލާތުގެ ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަންގެ އަތްޕުޅުގައި ކަމަށް ނެޗްރަލް ޑައިމަންޑް ކައުންސިލުން ހަދާފައިވާ ސާވޭއެއްގައި ބުނެފި އެވެ.
ކޭޓްގެ އެ އަނގޮޓި އަކީ 12 ކެރަޓްގެ، ބިސްބުރު ބައްޓަމުގެ ނޫ ކުލައިގެ ސަފާޔާ އާއި 14 ހުދު ޖަވާހިރާއި 18ކޭ ހުދު ރަނުގެ ބޭންޑެއް އެކުލެވޭ އަނގޮޓިއެކެވެ. އަދި މި އަނގޮޓީ އަކީ ކޭޓްގެ ފިރިކަލުން ވިލިއަމްގެ އަވަހާރަވެފައިވާ މަންމާފުޅު ޕްރިންސެސް ޑަޔާނާ ބޭނުން ކުރެއްވި އަނގޮޓި އެ އެވެ.
ނެޗުރަލް ޑައިމަންޑް ކައުންސިލާއި ވަންޕޯލް ގުޅިގެން ހެދި ސާވޭގައި އެންމެ މަގުބޫލު 10 އެންގޭޖްމަންޓް އަނގޮޓި ލިސްޓަށް ބަލާއިރު ދެވަނާގައި އޮތީ ވިލިއަމްގެ ކޮއްކޯފުޅު ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލްގެ އަނގޮޓި އެވެ. އެ އަނގޮޓި އަކީ ހެރީ ބޮޓްސްވާނާ އިން ބައްލައިގެން ޖަވާހިރުތަކަކާއި މަންމާފުޅުގެ ޖަވާހިރުގެ ކަލެކްޝަނުން ދެ ޖަވާހިރެއް ބޭނުންކުރައްވައިގެން އަމިއްލަފުޅަށް ފަރުމާކުރައްވާފައިވާ ޓްރިލޮޖީ [ތިން ބައި އެކުލެވޭ] އަނގޮޓީއެކެވެ.
ލިސްޓްގެ ގަދަ 10 ތަރުތީބުކުރާ އިރު ދެން އެންމެ މަގުބޫލު ތިން ވަނަ އެންގޭޖްމަންޓް އަނގޮޓި އަކީ ލަވަކިޔުންތެރިޔާ މައިލީ ސައިރަސްގެ ސޮލިޓެއާ ސެޓިން އަނގޮޓީ އެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ އަންހެނުން ހެއިލީ ބީބާގެ އޯވަލް އަނގޮޓި ހަތަރު ވަނައިގައި އޮތް އިރު ފަސް ވަނައިގައި އޮތީ ލަވަކިޔުންތެރިޔާ ބިންޔޯންސޭގެ 18 ކެރަޓްގެ އެމަރަލްޑް ކަޓް ޖަވާހިރު އަނގޮޓި އެވެ.
މޭގަން.
ބަތަލާ އެލިޒަބަތު ޓޭލާގެ ކްރަޕް ޖަވާހިރު އަނގޮޓި ހަ ވަނަ ލިބުނު އިރު، ހަތް ވަނައިގައި އޮތީ މިއުޒިޝަން ކާޑީ ބީގެ ޕެއާ ބައްޓަމުގެ ދެ ޖަވާހިރު ހިމެނޭ އަނގޮޓި އެވެ.
ލިސްޓްގެ އަށް ވަނަ ލަވަކިޔުންތެރިޔާ ޑެމީ ލޮވާޓޯގެ މަލްޓި-ކެރަޓް އެމަރަލްޑް އަދި ކުދި ދެ ޖަވާހިރު ހިމެނޭ އިރު ނުވަ ވަނައިގައި އޮތީ މި އަހަރު އެމެރިކާގެ ރިޔާސީ ރޭހަށް ނުކުތް މިއުޒިޝަން ކަންޔޭ ވެސްޓްގެ އަންހެނުން ކިމް ކާޑޭޝަންގެ 15 ކެރަޓް ކުޝަން ކަޓް-ޖަވާހިރު އަނގޮޓި އެވެ.
ލިސްޓްގެ 10 ވަނަ ލިބުނީ ޕެރިސް ހިލްޓަންގެ 20 ކެރަޓްގެ ގްރީން އެންޑް ކޯ ޕެއާ ބައްޓަމުގެ އަނގޮޓިއަށެވެ.
ނެޗްރަލް ޑައިމަންޑް ކައުންސިލުން ބުނިގޮތުގައި ސެލެބްރީޓީންގެ އެންމެ މަގުބޫލު އެންގޭޖްމަންޓް އަނގޮޓިތަކަށް ބަލާ އިރު އެންމެ ބޮޑަށް ފާހަގަކުރެވުނު ކަމަކީ އަނގޮޓިތަކަށް ވޯޓްދިން ދިން މީހުންގެ ތިންބައިކުޅަ ދެބައި މީހުން "ކަލަލެސް" ހުދު ޖަވާހިރު އަނގޮޓިތަކަށް ގަޔާވާކަމެވެ.
Cardi B and Kerby Jean-Raymond look like a million dollars in diamonds
— Only Natural Diamonds (@naturaldiamonds) November 25, 2020
އަނގޮޓިތަކަށް ވޯޓްދިން ގޮތަށް ބަލާ އިރު 38 ޕަސަންޓް މީހުން އަނގޮޓިއެއްގައި ހުންނަން ޖެހޭނެ ކަމަށް އެންމެ ބޮޑަށް ފާހަގަކޮށްފައިވާ ސިފަ އަކީ އޭގެ ސާފުކަމާއި ސާދާކަމެވެ. އަނގޮޓީގެ ސެޓިން އަށް އިސްކަންދޭ ކަމަށް 36 ޕަސެންޓް މީހުން ބުނެފައިވާ އިރު އަނގޮޓީގެ ތަފާތު ކަމަށް 27 ޕަސެންޓް ބަލާ ކަމަށް ބުނެފައިވެ އެވެ. އަދި ސައިޒަށް ބަލާ އިރު 2.2 ކެރަޓަކީ އެންމެ ހެޔޮވަރު ސައިޒް ކަމަށާއި ޖަވާހިރުގެ ބައްޓަން އެންމެ ޗާލީ ވަށްކޮށް ހުރުމުން ކަމަށް ވެސް ގިނަ ބަޔަކު ބުނެފައިވެ އެވެ.
ނެޗުރަލް ޑައިމަންޑް ކައުންސިލްގެ ފަރާތުން ވާހަކަ ދެއްކެވި ލީޒާ ލެވީން ވިދާޅުވި ގޮތުގައި ކޭޓްގެ އަނގޮޓީގެ މަގުބޫލުކަން އެހާ ބޮޑީ އޭގައި ޖަވާހިރުގައި ހުދާއި ނޫ ކުލަ ހިމެނޭތީ ކަމަށެވެ.
"ސާވޭ އިން ފާހަގަކުރެވުނު ކަންކަމަށް ބަލާ އިރު ހުދު އެންމެ ޗާލު ކުލައަކަށް ގިނަ ބަޔަކު ފާހަގަކޮށްފައިވާ އިރު ދެވަނަ އަށް އަންނަނީ ނޫ ކުލަ،" އޭނާ ވިދާޅުވި އެވެ.
ކުލަތަކަށް ބަލާ އިރު ފިޔާތޮށި ޖަވާހިރު ހިމެނެނީ ތިން ވަނަ އަށް އެންމެ މަގުބޫލު ކުލައިގެ ގޮތުގަ އެވެ. އަ އެ އެ ބާވަތުގެ ޖަވާހިރަކީ އެހާ އާންމު އެއްޗެއް ވެސް ނޫނެވެ.
ދިރާސާ އިން ފާހަގަކުރެވުނު އިތުރު ކަންކަމަށް ބަލާ އިރު 57 މީހުން ގަބޫލުކުރާ ގޮތުގައި އެންގޭޖްމަންޓް އަނގޮޓި އަކީ އެ މީހެއްގެ ޕްރައިވެޓް އެއްޗެކެވެ. އެކަމަކު 13 ޕަސަންޓް މީހުން ބުނެފައިވާ ގޮތުގައި އެންގޭޖްމަންޓް އަނގޮޓި ސޯޝަލް މީޑިއާގައި ހިއްސާކުރަން ޖެހެ އެވެ.
ދިރާސާގެ ތެރެއިން ކުރިއަށް ދިޔަ ޕޯލަށް ބަލާ އިރު ކައިވެނިކޮށްގެން ނުވަތަ އެންގޭޖްވެފައިވާ ބައިވެރިންގެ ތެރެއިން 34 ޕަސަންޓް މީހުން ގަބޫލުކުރާ ގޮތުގައި އެ މީހުންގެ އަނގޮޓި އެންމެ ބޭނުންވާ ވަރަށް ބޮޑެއް ނޫނެވެ. އަދި 27 ޕަސަންޓް މީހުން ބުނެފައިވާ ގޮތުގައި އެ މީހުންގެ އަނގޮޓީގައި މާ ހާއްސަ ސިފަތަކެއް ނުހުރެ އެވެ. އަދި 63 ޕަސަންޓް މީހުން ބުނެފައިވާ ގޮތުގައި އެ މީހުން އަނގޮޓި އިހުތިޔާރު ކުރަނީ ބައިވެރިޔާގެ ހިޔާލާ އެކީގަ އެވެ.
ޕްރިންސް ލުއީސްގެ އާ ފޮޓޯތަކެއް
ހެރީގެ ދަރިކަނބަލުން އަލަށް ދައްކާލައިފި
ބަކިންހަމް ޕެލަސްގެ މަރާމާތަށް 360 މިލިއަން ޕައުންޑް
ހެރީއާއި މޭގަން އަށް ޕްރިންސް ޗާލްސް ރައްދު ދެއްވަނީ
މޭގަން އާއި ހެރީ ޝާހީ އެތެރެކޮއިލު ބޭޒާރުކޮށްލައިފި
ހެރީގެ ނިންމެވުމަށް ވިލިއަމްގެ ނުރުހުން
ޝާހީ އާއިލާގެ ދަތުރުތަކަށް 5.3 މިލިއަން ޕައުންޑް
ޑަޔާނާގެ ފަންޑް ވިލިއަމާއި ހެރީ އަށް ބައިކޮށްލައިފި
ކޮވިޑަށްފަހު އަދިވެސް ރަނގަޅަށް ވަހެއް ނުދުވާ: ޗާލްސް
ޝާހީ އާއިލާ ބޮޑު ބައްދަަލުވުމަކަށް