07 ޑިސެމްބަރ 2020
އެކްތާ ކަޕޫރްގެ ބާލާޖީން މިހާތަނަށް ގެނެސްދޭ އެންމެ ވަރުގަދަ ވެބް ސީރީޒްތަކުގެ ތެރޭގައި ހިމެނޭނެ "ޕައުރަޕުރުޝް" ގެ މައި ކެރެކްޓާތައް ފެންނާނެ ގޮތާއި އެ މީހުންގެ ކެރެކްޓާތަކުގެ ނަންތައް އާންމުކޮށްފި އެވެ.
އެކްތާ ކަޕޫރްގެ ބާލާޖީން މިހާތަނަށް ގެނެސްދޭ އެންމެ ވަރުގަދަ ވެބް ސީރީޒްތަކުގެ ތެރޭގައި ހިމެނޭނެ "ޕައުރަޕުރުޝް" ގެ މައި ކެރެކްޓާތައް ފެންނާނެ ގޮތާއި އެ މީހުންގެ ކެރެކްޓާތަކުގެ ނަންތައް އާންމުކޮށްފި އެވެ.
ބާލާޖީގެ ޑިޖިޓަލް ކޮންޓެންޓަށް ހާއްސަ ގޮފި އޯލްޓް ބާލާޖީން ހަދާ މި ސީރީޒްގެ ލީޑް ބަތަލާ އަކީ އެތައް ސިލްސިލާއެއް ކުޅެފައިވާ އަދި "ބިގް ބޮސް 11" ވެސް ކާމިޔާބުކޮށްފައިވާ ޝިލްޕާ ޝިންޑޭ އެވެ. ޕޯސްޓަރުން ފެންނަ ގޮތުގައި "ޕައުރަޕުރުޝް" ގައި އޭނާ ފެނިގެންދާނީ ވަރަށް ނުފޫޒު ގަދަ ރާނީއެއްގެ ރޯލުންނެވެ.
މީގެ ކާސްޓްގައި ދެން ހިމެނެނީ މިދިޔަ ހަފުތާގައި ބާލާޖީގެ ކްރިއޭޓިވް ޕްރޮޑިއުސަރު އަދި ވައިސް ޕްރެޒިޑެންޓް ރުޗިކާ ކަޕޫރާ ކައިވެނިކުރި މަޝްހޫރު ޓީވީ އެކްޓަރު ޝަހީރު ޝެއިހާއި ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ މިލިންދު ސޯމަން އާއި އައްނޫ ކަޕޫރްގެ އިތުރުން ސާހިލް ސަލާތިއާ އާއި ޕައުލޮމީޕޯލޯ ދާސްގެ އިތުރުން އާނަންތު ޖޯޝީ އެވެ.
ސްޓްރީމްކުރަން ފަށާނެ އިރެއް އަދި އިއުލާން ނުކުރާ "ޕައުރަޕުރުޝް" ގެ ޓީޒާ ވެސް ވަނީ ދައްކާލާފަ އެވެ.
މިއީ ވަރުގަދަ ރަސްކަމެއްގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ. އެގޮތުން ރަސްކަމުގެ ދަހިވެތިކަމުގެ ތެރެއިން ބަދަލު ހިފުމާއި ކުރިމަތިލުންތަކާއި ބާރާއި ނުފޫޒާއި ހަނގުރާމަ އާއި އަންހެނުންގެ ބާރުވެރިކަމާއި ލޯތްބާއި ޖަޒުބާތާއި ހިތްދަތިކަމާއި ވޭނާއި ކެކުޅުން "ޕައުރަޕުރުޝް" އިން ދައްކުވައި ދޭނެ އެވެ.
މި ސީރީޒް އޯލްޓް ބަލާޖީގެ އިތުރުން ޒީ5 އިން ވެސް ސްޓްރީމްކުރާނެ އެވެ.
އިންޑިއާގެ އަމިއްލަ ސްޓްރީމިން ޕްލެޓްފޯމްތަކުގެ ތެރެއިން އެކްތާގެ އޯލްޓް ބަލާޖީ އަކީ ކޮންޓެންޓް އެންމެ މުއްސަނދި އެއް ޕްލެޓްފޯމެވެ. ބާލާޖީ އަކީ ޓީވީ ސިލްސިލާތަކާއި ފީޗާ ފިލްމުތައް ވެސް ހަދަމުން އަންނަ ކުންފުންޏެކެވެ.
އިންޑިއާގައި ޓީވީ ސިލްސިލާތައް ހަދާ ކުންފުނިތަކުގެ ތެރެއިން ބާލާޖީ އަކީ އެންމެ ނަގާކިޔާ އަދި ބެލުންތެރިން އެންމެ އިތުބާރުކުރާ ބްރޭންޑެވެ.
"ގަސަމް: ތޭރޭ ޕިޔާރު ކީ" ވެސް ދެވަނަ ސީޒަނަކަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސުޝާންތު ކުޅުނު ރޯލު ޝަހީރު ކުޅެން ފަށަައިފި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ވެބް ސީރީޒެއްގައި ޕާތުގެ ނެގެޓިވް ރޯލެއް
ޝަހީރާއި ޝިލްޕާގެ ވެބް ސީރީޒެއް
އެކްތާ އާއި އޭނާގެ މަންމަ ޕޮލިހަށް
އަކްޝޭގެ "ދި އެންޑް" ފަށަނީ
"މޮޑަން ލަވް" ގެ އިންޑިއާ ވާޝަނެއް ގެނެސްދެނީ
މި އަހަރު ވެބް ސީރީޒްތަކުން ފެންނާނެ ތަރިން