Roadha Mihaaru
މަޝްވަރާއަކުން ނިޒާމު ބަދަލެއް ނުކުރެވޭނެ: މައުމޫން

ދެ މީހަކު މަޝްވަރާކޮށްލާފައި ވެރިކަމުގެ ނިޒާމު ބަދަލެއް ނުކުރެވޭނެ: މައުމޫން

08 ޑިސެމްބަރ 2020

ދެ މީހަކު މަޝްވަރާކޮށްލާފައި ވެރިކަމުގެ ނިޒާމު ބަދަލު ނުކުރެވޭނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ރައްދު ދެއްވައިފި ފާޑުވިދާޅުވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ދެ މީހަކު މަޝްވަރާކޮށްލާފައި ވެރިކަމުގެ ނިޒާމު ބަދަލު ނުކުރެވޭނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ރައްދު ދެއްވައިފި ފާޑުވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން ބާއްވާ "އާސްކް ސްޕީކާ" ގެ ދެ ވަނަ ޝޯގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ވެރިކަންކުރަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމާ މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާކުރައްވައި ރަނގަޅު ގޮތަކަށް އެކަން ނިންމަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދުގެ މި ވާހަކަ އަށް ރައްދު ދެއްވައި މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް ކަމަށާއި އެއީ ދެ މީހަކު މަޝްވަރާކޮށްފައި އެ ނިޒާމު ބަދަލު ނުކުރެވޭނެ ކަމަށެވެ.

ރާއްޖޭގެ ގާނޫނު އަސާސީ އިސްލާހުކުރަމުން އައިސް، ވެރިކަމުގެ ނިޒާމު ކަނޑައެޅުމާ ހަމައަށް އައުމުން 2007 ވަަނަ އަހަރު ރާއްޖޭގައި އެކަމާ ބެހޭގޮތުން އާންމުންގެ ހިޔާލު ހޯދަން ވޯޓެއް ނެގި އެވެ. އެފަހަރުގެ ވޯޓުން ފާސްވީ ރިޔާސީ ނިޒާމު ބޭއްވުމަށެެވެ. އެކަމަކު އޭރު އެމްޑީޕީން އެ ވޯޓްގެ ނަތީޖާ ގަބޫލެއް ނުކުރެ އެވެ. އެ ޕާޓީން ތުހުމަތުކުރި ގޮތުގައި ނަތީޖާ ވަނީ އޭރުގެ ރައީސް މައުމޫނުގެ ސަރުކާރުން އޮޅުވައިލަފަ އެވެ.

އޭގެ ފަހުން ވެސް ނަޝީދު ގެންދަވަނީ ބަރުލަމާނީ ނިޒާމަށް ވަކާލާތުކުރައްވަމުންނެވެ. އެ މަނިކުފާނު ރޭ ވެސް ވިދާޅުވީ އަބަދު ވެސް ގަބޫލުކުރައްވާގޮތުގައި ރާއްޖެ އަށް އެންމެ ރަނގަޅު އުސޫލަކީ އެއީ އެވެ. ނަމަވެސް އެކަމާ ގުޅިގެން ރައީސްއާ މަޝްވަރާ ކުރައްވަނީ ނިޒާމު ބަދަލުކުރާނީ މި ދައުރު ނިމުމަށް ކުޑަ ދުވަސްކޮޅެއް ބާއްވާފައިތޯ ނުވަތަ ދައުރު ނިންމާފައިތޯ ނިންމުމަށް ކަމަށް ވިދާޅުވި އެވެ.

ނިޒާމު ބަދަލުކުރުމާ ގުޅިގެން ރައީސްއާ މަޝްވަރާކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން އެކަމާ ވިސްނަން ބޭނުންފުޅުނުވާ ކަމަށް ރައީސް މީގެ ކުރިން ވިދާޅުވެފައިވެ އެވެ.