Roadha Mihaaru
ޕްރިޔާންކްގެ ކައިވެނި އަންނަ އަހަރުގެ ކުރީކޮޅު

ޕަދްމިނީގެ ދަރިފުޅު ޕްރިޔާންކްގެ ކައިވެނި އަންނަ އަހަރުގެ ކުރީކޮޅު

09 ޑިސެމްބަރ 2020

މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި ފިލްމު "ސަބް ކުޝަލް މަންގަލް" އިން ބޮލީވުޑަށް ތައާރަފުވި އެކްޓަރު ޕްރިޔާންޝް ޝަރުމާ އަންނަ އަހަރުގެ ކުރީކޮޅު ކައިވެނިކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި ފިލްމު "ސަބް ކުޝަލް މަންގަލް" އިން ބޮލީވުޑަށް ތައާރަފުވި އެކްޓަރު ޕްރިޔާންޝް ޝަރުމާ އަންނަ އަހަރުގެ ކުރީކޮޅު ކައިވެނިކުރަން ނިންމައިފި އެވެ.

ޕްރިޔާންކް އަކީ ބޮލީވުޑްގައި 80-90 ގެ އަހަރުތަކުގައި ވިދައިލި ބަތަލާ ޕަދުމިނީ ކޯލަޕޫރީގެ ދަރިއެކެވެ. ބަތަލާ ޝްރަދާ ކަޕޫރަކީ ޕްރިޔާންކްއާ ދެބެއިންގެ ދެދަރި ބަތަލާއެކެވެ.

މީޑިއާތަކުން ބުނީ ޕްރިޔާންކް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއްވެފައިވާ ޝަޒާ މޮރާނީ އާއި ޕްރިޔާންކް ކައިވެނިކުރާނެ ކަމަށް ބެލެވެނީ ޖެނުއަރީ މަހުގެ ތެރޭގައި ކޯޓްގައި ކަމަށާއި ބުދަ ދުވަހު އެ މީހުން ކޯޓަށް ކައިވެނީގެ ލިޔުންތައް ހުށަހަޅާނެ ކަމަށެވެ. އަދި ކައިވެނީގެ ބޮޑެތި ހަފުލާތައް ދެ ފަރާތުގެ އާއިލާ ގުޅިގެން ފެބްރުއަރީ މަހުގެ ތެރޭގައި ބާއްވާނެ ކަމަށް ބުންޏެވެ.

ޝަޒާ އަކީ ޝާހްރުކް ޚާންގެ "ޗެންނައި އެކްސްޕްރެސް" އާއި "ރާ.ވަން" ގެ އިތުރުން "ހެޕީ ނިއު އިޔާ" ފަދަ ފިލްމުތައް ޕްރޮޑިއުސްކުރި ކަރީމް މޮރާނީގެ ދަރިއެކެވެ. "ބާގް ޖޯނީ" އާއި "އޯލްވޭޒް ކަބީ ކަބީ" އާއި "ތައިޝް" ފަދަ ފިލްމުތަކުން ފެނިފައިވާ ބަތަލާ ޒޯއާ މޮރާނީ އަކީ ޝަޒާގެ ދައްތަ އެވެ.

ޕްރިޔާންކްގެ ބައްޕަ ޓޫޓޫ ޝަރުމާ އަކީ ވެސް ފިލްމު ޕްރޮޑިއުސަރެކެވެ. އޭނާ ޕްރޮޑިއުސްކުރި ފިލްމުތަކުގެ ތެރޭގައި "ޒަޚްމީ ޝޭރު" އާއި "މަހާރާނީ" އިތުރުން "އެއިސާ ޕިޔާރު ކަހާ" ހިމެނެ އެވެ.

ޕްރިޔާންކްގެ އަލަތު ފިލްމު "ސަބް ކުޝަލް" އަކީ އެކްޓަރު ރަވީ ކިޝަންގެ އަންހެން ދަރިފުޅު ރިވާ ކިޝަން ވެސް ބޮލީވުޑަށް ތައާރަފުވި ފިލްމެވެ. އަކްޝޭ ކަންނާ ވެސް މުހިއްމު ރޯލެއް ކުޅުނު މި ފިލްމަކީ ބެލުންތެރިންނަށް އެއްގޮތަކަށް ވެސް ކަމުދިޔަ ފިލްމެއް ނޫނެވެ.

"ސަބް ކުޝަލް މަންގަލް" އަށް ފަހު ޕްރިޔާންކް އިތުރު ފިލްމަކަށް ސޮއެއް ވެސް ނުކުރެ އެވެ.