Roadha Mihaaru
9 އަހަރު: އޭސް ހާޑްވެއާ އިން ބަދަލުކޮށްލި ވިޔަފާރި

9 އަހަރު: އޭސް ހާޑްވެއާ އިން ބަދަލުކޮށްލި ވިޔަފާރި

15 ޑިސެމްބަރ 2020

މީގެ ނުވަ އަހަރު ކުރިން ރާއްޖޭގައި ފްރެންޗައިސް ވިޔަފާރިއެއް ފެންނާނީ ހަމައެކަނި ޓޫރިޒަމް ދާއިރާއިންނެވެ. ހާޑެވެއާ ރީޓެއިލްގެ ތެރެއަށް ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް އަންނާނެ ކަމަށް ގަބޫލުކުރުން އޭރު އޮތީ ހުވަފެނެއްގެ ގޮތުގަ އެވެ. އެހެންނަމަވެސް އެ ހުވަފެން ދިވެހިންނަށް ހަގީގަތަކަށް ވެގެންދިޔައީ އޭސް ހާޑްވެއާއާ އެކު އެވެ. އެމެރިކާގެ ނަން މަޝްހޫރު އޭސް ބްރޭންޑް ރާއްޖެ އަށް މަރުހަބާ ކީ އިރު އެއީ މި ސަރަހައްދުގައި ވެސް ހުޅުވި އެ ފްރެންްޗައިސްގެ ފުރަތަމަ ފިހާރަ އެވެ. އެ ފިހާރަ ހުޅުވައި، މެދުކެނޑުމެއް ނެތި ހިދުމަތް ދޭތާ މިއަދަށް ނުވަ އަހަރުވީ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މީގެ ނުވަ އަހަރު ކުރިން ރާއްޖޭގައި ފްރެންޗައިސް ވިޔަފާރިއެއް ފެންނާނީ ހަމައެކަނި ޓޫރިޒަމް ދާއިރާއިންނެވެ. ހާޑެވެއާ ރީޓެއިލްގެ ތެރެއަށް ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް އަންނާނެ ކަމަށް ގަބޫލުކުރުން އޭރު އޮތީ ހުވަފެނެއްގެ ގޮތުގަ އެވެ. އެހެންނަމަވެސް އެ ހުވަފެން ދިވެހިންނަށް ހަގީގަތަކަށް ވެގެންދިޔައީ އޭސް ހާޑްވެއާއާ އެކު އެވެ. އެމެރިކާގެ ނަން މަޝްހޫރު އޭސް ބްރޭންޑް ރާއްޖެ އަށް މަރުހަބާ ކީ އިރު އެއީ މި ސަރަހައްދުގައި ވެސް ހުޅުވި އެ ފްރެންްޗައިސްގެ ފުރަތަމަ ފިހާރަ އެވެ. އެ ފިހާރަ ހުޅުވައި، މެދުކެނޑުމެއް ނެތި ހިދުމަތް ދޭތާ މިއަދަށް ނުވަ އަހަރުވީ އެވެ.

އެމެރިކާގެ ޝިކާގޯގައި އެންމެ ފުރަތަމަ އޭސްގެ ފިހާރައެއް ހުޅުވީ 1924 ވަނަ އަހަރު އެވެ. އެހެން ނަމަވެސް މިއަދު މުޅި ދުނިޔޭގައި އޭސްގެ 60 އަށް ވުރެ ގިނަ ފިހާރަ ހުރެ އެވެ. ރާއްޖެ އަށް މި ވިޔަފާރި ގެނައީ ރާއްޖޭގެ ކުންފުނި ކޯ-ލޯޑްގެ މެނޭޖިން ޑިރެކްޓަރު އައްބާސް މުހައްމަދުގެ ބުރަ މަސައްކަތުންނެވެ. އެމެރިކާގެ އެ ކުންފުނިން ރާއްޖެ އަށް އައުމަށް އެއްބަސްވީ، ކޯ-ލޯޑުން ހިންގަމުން ދިޔަ ކާމިޔާބު ވިޔަފާރިތައް ފެނި އައްބާސް އަށް ކުރި އިތުބާރެއްގެ ބޮޑުކަމުންނެވެ.

އޭސް ހާޑްވެއާގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހާނީ ވިދާޅުވީ، އޭސް ހާޑްވެއާ ގެނައީ ގިނަ ދިރާސާތަކަށް ފަހު ކަމަށެވެ. ދިވެހިންނަކީ އަބަދުވެސް އެންމެ ކޮލިޓީ އުފެއްދުންތަކަށް ލޯބި ކުރާ ބަޔަކަށްވާތީ މި ބްރޭންޑުން އެކަން ހާސިލުވެ އެވެ. މި ވިސްނުމުގައި މަސައްކަތް ފެށި އިރު އޭސް ހާޑްވެއާގެ ޓީމު މަސައްކަތް ކުރީ ރާއްޖޭގައި ހާޑްވެއާ ފިހާރަތައް ހުރިގޮތް އެއްކޮށް ބަދަލުކޮށްލައި ޒަމާނީ ގޮތްތައް ގެނައުމަށެވެ.

"ހާޑްވެއާ ފިހާރަތަކަކީ އޭރު ހަމައެކަނި ފިރިހެނުން ވަންނަ ތަންތަން. އޭސީއެއް ނުކުރާނެ. ކަސްޓަމާ ސާވިސެއް ނުހުންނާނެ،" އޭނާ ވިދާޅުވި އެވެ.

އޭސް ހާޑްވެއާ ހޯމް ސެންޓާ ފިހާރަ--ފޮޓޯ:އަވްޝަމް އިލިޔާސް/މިހާރު

އޭސް ހާޑްވެއާ ހޯމް ސެންޓާ ފިހާރަ--ފޮޓޯ:އަވްޝަމް އިލިޔާސް/މިހާރު

ދުނިޔޭގެ އެންމެ ބޮޑު ހޯމް އިމްޕްރޫވްމަންޓް ފްރެންޗައިޒް ރާއްޖެ އަށް ގެނައުމާ އެކު ދިވެހިންނަށް ބޮޑު ފައިދާއެއް ކުރި އެވެ. ހާޑްވެއާ ވިޔަފާރީގައި ވާދަވެރި މާހައުލެއް ގާއިމްވެ، އޭސް ހާޑްވެއާއިން ދޭ ފުރިހަމަ ކަސްޓަމާ ސާވިސް ފެނި އެހެން ހާޑްވެއާ ފިހާރަތަކަށް ވެސް ފުރިހަމަ ހިދުމަތެއް ދިނުމަށްޓަކައި ފިހާރަތައް ހުންނަ ގޮތާއި ފުރިހަމަ ކަސްޓަމާ ސާވިސް އެއް ދޭން މަޖުބޫރުވި އެވެ.

ޝިޕިން އާއި ޓްރޭޑިން ދާއިރާގެ ކުންފުނި ކޯ ލޯޑް މޯލްޑިވްސްގެ އޭސް ހާޑްވެއާ ފިހާރައިގެ ދެ އައުޓްލެޓް މިހާރު ހުރެ އެވެ.

އެންމެ ބޮޑު ކާމިޔާބީ: ބުރުލެއް ނެތި ހިދުމަތް ދެވުން

ހާނީ ގަބޫލު ކުރައްވާ ގޮތުގައި އެ ފިހާރަ އަށް ނުވަ އަހަރު ވެގެންދިޔަ އެއްވެސް ހުއްޓުމެއް ނެތި އެމެރިކާގެ ލޮސް އެންޖޮލެސް އިން ތަކެތި ގެނެސް ރާއްޖޭގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަކީ އޭސް ހާޑްވެއާގެ އެންމެ ބޮޑު ކާމިޔާބީ އެވެ.

އޭސް ހާޑްވެއާގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހާނީ "މިހާރު" އާއި ވާހަކަ ދައްކަވަނީ-- ފޮޓޯ: އަވްޝަން އިލްޔާސް/ މިހާރު

އޭސް ހާޑްވެއާގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހާނީ "މިހާރު" އާއި ވާހަކަ ދައްކަވަނީ-- ފޮޓޯ: އަވްޝަން އިލްޔާސް/ މިހާރު

އެގޮތަށް އަބަދު ތަކެތި ގެނެވޭނެ ކަމާ މެދު އޭރު ސުވާލު އުފެދުނެވެ. އެހެން ނަމަވެސް އެކަން ވެސް ދެމެހެއްޓެނިވި ގޮތަކަށް ކާމިޔާބު ކަމާ އެކު އަންނަނީ ކުރަމުންނެވެ. އޭސް އަކީ ވެސް އެމެރިކާގައި ވަރަށް ބޮޑު މަގްބޫލު ކަމެއް ހޯދައިފައިވާ ކޮލިޓީ އުފެއްދުންތައް ގެނެސްދޭ ބްރޭންޑެކެވެ. އެ ބްރޭންޑްގެ ގިނަ ބާވަތްތަކެއްގެ ތަކެތި އެމެރިކާގެ ނަން މަޝްހޫރު ވަރަށް ގިނަ ތަންތަނާއި ހައި ޕްރޮފައިލް މީހުން ވެސް ބޭނުން ކުރެ އެވެ. އެންމެ ޒަމާނީ ހޯމް އިމްޕްރޫވްމަންޓް ސާމާނު އެ ފިހާރައިން ލިބޭ އިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ބޭނުން ކުރައްވަމުން ގެންދަވާ ސެނިޓައިޒާ ވެސް ރާއްޖެއިން ގަނެލުމުގެ ފުރުސަތު އޭސް ހާޑްވެއާ އިން އެ އޮތީ ފަހިކޮށްދީފަ އެވެ. ހާނީ ވިދާޅުވީ އޭސްގެ އެމެރިކާގެ ފިހާރަތަކަށް އަލަށް ލޯންޗު ކުރާ ތަކެތި ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން ލިބޭނެ ކަމަށެވެ. މިކަން ހާސިލުވުމަކީ އޭސް ހާޑްވެއާއަށް ދިވެހިންގެ މަގްބޫލުކަން އިތުރުވެފައިވާ އަނެއް ސަބަބެވެ.

"ކަސްޓަމަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ހިދުމަތް ބަލައި ގަނެފައިވާތީ،" ވިދާޅުވި އެވެ.

އޭސް ހާޑްވެއާއިން ބޭނުން ވަނީ މުޅި ރާއްޖެ އަށް ހިދުމަތް ފުޅާ ކުރާށެވެ. ރަށްރަށުގައި ތިބި ކަސްޓަމަރުންނަށް ހިދުމަތް ފަސޭހައިން ދިނުމަށްޓަކައި މިހާރު ވެސް މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. މާލޭގެ ކުލި ބޮޑުވުމާއި އެކަށީގެންވާ ޖާގައެއް ނުލިބުން ފަދަ ގޮންޖެހުންތަކާ އެކު ވެސް އޭސް ހާޑްވެއާ އިން މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހާޑްވެއާ އާއި ހޯމް އިމްޕްރޫވްމަންޓް ގިނަ ބާވަތްތަކެއްގެ މުދާ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށެވެ.

ގާތްގަނޑަކަށް 100 މުވައްޒަފުންނާ އެކު ހިދުމަތް ދޭ އޭސް ހާޑްވެއާގެ މުވައްޒަފުންނަށް ކަސްޓަމާ ސާވިސް ޓްރެއިނިންތައް ދެ އެވެ. އޭގެ ބޭނުމަކީ ވެސް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމެވެ. ދިވެހި މުވައްޒަފުން ގިނަ މި ފިހާރައިން މަސައްކަތް ކުރަނީ، މި ދާއިރާ އަށް ގާބިލް އަދި ކުޅަދާނަ މީހުން ނެރުމަށެވެ.

އޭސް ހާޑްވެއާގެ ކުރިމަގު އޮތީ އުޖާލާކޮށެވެ. އެ ފިހާރައިގެ އުންމީދަކީ ވޭތުވެދިޔަ ނުވަ އަހަރު ވެސް ދިން ކަހަލަ ޒަމާނީ ހިދުމަތްތަކެއް ކުރިއަށް އޮތްތާނގައި ވެސް ދިނުމެވެ.