Roadha Mihaaru
އޭސް ހާޑްވެއާގެ ހޯމް ސެންޓަރު ހުޅުވައިފި

އާ އުފެއްދުންތަކާ އެކު އޭސް ހާޑްވެއާގެ ހޯމް ސެންޓަރު ހުޅުވައިފި

20 މާޗް 2022

އޭސް ހާޑްވެއާގެ ދަށުން "އޭސް ހޯމް ސެންޓަ"ގެ ނަމުގައި އާ ފިހާރައެއް މަޖީދީމަގުގައި ހުޅުވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އޭސް ހާޑްވެއާގެ ދަށުން "އޭސް ހޯމް ސެންޓަ"ގެ ނަމުގައި އާ ފިހާރައެއް މަޖީދީމަގުގައި ހުޅުވައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ފިހާރަ ހުޅުއްވައިދެއްވީ ކޯލޯޑް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އައްބާސް މުހައްމަދެވެ. މިއީ އޭސް ހާޑްވެއާގެ ދަށުން ހުޅުވި ތިންވަނަ ފިހާރަ އެވެ.

ހަތަރު ބުރިއަކަށް ހުންނަ އެ ފިހާރައަކީ ގޭތެރެއަށް ބޭނުންވާ ސާމާނަށް ހާއްސަކޮށްގެން ހުޅުވި ފިހާރައެކެވެ. އެ ފިހާރައިގެ ބޭސްމަންޓް ކުޑަކުދިންގެ ކުޅޭ ސާމާނާއި ކޭންޑީއަށް ހާއްސަ ކޮށްފައިވާއިރު ގްރައުންޑް ފްލޯ ހާއްސަ ކޮށްފައިވާ ބެޑިން އާއި ގެ ޒީނަތްތެރިކުރަން ބޭނުންވާ ސާމާނާއި ފާހާނައަށް ބޭނުންވާ ސާމާނަށެވެ.

އޭސް ހޯމް ސެންޓަރު-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

އޭސް ހޯމް ސެންޓަރު-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

މީގެ އިތުރުން އެ ފިހާރައިގެ ފުރަތަމަ ބުރި ބަދިގެއަށް ބޭނުންވާ ސާމާނާއި ދަނޑުވެރިކަމަށް ބޭނުންވާ ސާމާނާއި ބާބަކިއު ސާމާނު އަދި ޕެސްޓިސައިޑަށް ހާއްސަކޮށްފައި ވާއިރު ތިންވަނަ ބުރި ހާއްސަ ކޮށްފައިވަނީ ގޭތެރެއަށް ބޭނުންވާ އެހެނިހެން ސާމާނަށެވެ.

އޭސް ހާޑްވެއާގެ އެހެން ފިހާރަތަކުގައި ނުހުންނަ ބައެއް ތަކެތި ވެސް އެ ފިހާރައިން ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި ބެޑިންގެ މުޅިން އާ ލައިނެއް ވެސް ހިމެނެ އެވެ.

އޭސް ހޯމް ސެންޓަރުން ވިއްކާ ބެޑިން ސާމާނު ޑިސްޕްލޭ ކޮށްފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭސް ހޯމް ސެންޓަރުން ވިއްކާ ބެޑިން ސާމާނު ޑިސްޕްލޭ ކޮށްފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެ ފިހާރައިން، ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑުތަކުގެ މުދާ ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށް އޭސް ހާޑްވެއާ އިން ބުންޏެވެ.

އޭސް ހޯމް ސެންޓަރު ހުޅުވާފައިވަނީ އޭސް ހާދްވެއާގެ ރޯދަ ޕްރޮމޯޝަން ކުރިއަށްދާ ދުވަސްވަރު ކަމުން އެ ފިހާރައިގައި ވެސް ޕްރޮމޯޝަން ކުރިއަށްދާނެ އެވެ. އެ ޕްރޮމޯޝަނުގައި ތަފާތު ޕްރޮޑަކްޓުތަކުން 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

ގޭތެރެ ޒީނަތްތެރި ކުރަން ބޭނުންވާ ސާމާނު ޑިސްޕްލޭ ކޮށްފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ގޭތެރެ ޒީނަތްތެރި ކުރަން ބޭނުންވާ ސާމާނު ޑިސްޕްލޭ ކޮށްފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭޕްރީލް މަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަނުގެ ދަށުން 300ރ. އިން މަތިން ވިޔަފާރިކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ޕްރޮމޯޝަނުގައި ބައިވެރިވާ މީހުންގެ ތެރެއިން އެއްވަނައަށް ހޮވޭ މީހަކަށް އެ ކުންފުނިން ކަނޑައަޅާފައިވާ ތިން އިނާމުގެ ތެރެއިން އެއް އިނާމު އިހުތިޔާރު ކުރެވޭނެ އެވެ. އެ ތިން އިނާމަކީ 50،000ރ. ގެފައިސާގެ އިނާމެއް ނުވަތަ 100،000ރ. ގެ މުދާ ނުވަތަ ތުރުކީގެ ދެކޮޅު ޓިކެޓާއި ދެ މީހަކަށް ހަތް ދުވަހުގެ ހުރުމެވެ.

އޭސް ހޯމް ސެންޓާރުގައި ބަދިގެ ސާމާނު ޑިސްޕްލޭ ކޮށްފައި-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

އޭސް ހޯމް ސެންޓާރުގައި ބަދިގެ ސާމާނު ޑިސްޕްލޭ ކޮށްފައި-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

އޭސް ހާޑްވެއާ އަކީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ އޭސް އިންޓަނޭޝަނަލް އާއި ދިވެހި ކުންފުންޏެއް ކަމަށްވާ ކޯލޯޑާ ގުޅިގެން ފެށި 2011 ވަނަ އަހަރު ފެށި ވިޔަފާރިއެކެވެ.