Roadha Mihaaru
އޭސް ހާޑްވެއާގެ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

އޭސް ހާޑްވެއާގެ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

26 ޖެނުއަރީ 2021

އޭސް ހާޑްވެއާގެ ނުވަ ވަނަ އަހަރީ ދުވަހާ ދިމާކޮށް އޮތް ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވާ އިނާމު ހަވާލުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އޭސް ހާޑްވެއާގެ ނުވަ ވަނަ އަހަރީ ދުވަހާ ދިމާކޮށް އޮތް ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވާ އިނާމު ހަވާލުކޮށްފި އެވެ.

އޭސް ހާޑްވެއާއިން މި ޕްރޮމޯޝަން ކުރިއަށްގެންދިޔައީ ޑިސެމްބަރު 1 އިން ފެށިގެން އެއް މަސް ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ އެއް ވަނަ އަށް ހޮވުނު ނަސީބުވެރިޔާ، ހައްވާ ނިޔާޝާއަށް ލިބުނީ އައިފޯން 12 ޕްރޯ ގޯލްޑްގެ 256 ޖީބީ ފޯނެކެވެ. ދެވަނައަށް ހޮވުނު އައިމިނަތު ވިރުދާއަށް 5،000 ރުފިޔާގެ ގިފްޓް ވައުޗާއެއް ލިބުނު އިރު ސޯޝަލް މީޑިޔާގައި ކުރިއަށްދިޔަ ހާއްސަ ޕްރޮމޯޝާނުން ހޮވުނު ނަސީބުވެރިޔާއަށް ލިބުނީ ޕާފިއުމް ސެޓެކެވެ.

އޭސް ހާޑްވެއާ އުފެއްދީ ޑިސެމްބަރު 15، 2011 ގަ އެވެ. އެއީ އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަނޭޝަނަލް އާއި ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޯ-ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވީ އެއްބަސްވުމެއްގެ ދަށުން ފެށި ވިޔަފާރިއެކެވެ. މި އެއްބަސްވުމަށް ފަހު އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރުގެ ފުރަތަމަ ފިހާރަ މާލޭގައި ހުޅުވީ ޑިސެމްބަރު 20، 2011 ގަ އެވެ. އޭސް ހާޑްވެއާގެ ދެވަނަ ފިހާރަ ހުޅުވީ ޑިސެމްބަރު 19، 2013 ގަ އެވެ.