17 ޑިސެމްބަރ 2020
އެކްޓަރު އާމިރު ޚާންގެ ދޮށީ ފިރިހެން ދަރިފުޅު ޖުނައިދު ޚާން ބޮލީވުޑަށް ނެރެން ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ހަދާ ފިލްމުގެ ނަމަކީ "މަހާރާޖާ" ކިޔާ ޕީރިއަޑް ޑްރާމާއެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެކްޓަރު އާމިރު ޚާންގެ ދޮށީ ފިރިހެން ދަރިފުޅު ޖުނައިދު ޚާން ބޮލީވުޑަށް ނެރެން ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ހަދާ ފިލްމުގެ ނަމަކީ "މަހާރާޖާ" ކިޔާ ޕީރިއަޑް ޑްރާމާއެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމާ ބެހޭ އެކި ވާހަކަތައް މީޑިއާތަކަށް ތިލަވަމުން އަންނަ އިރު މިދިޔަ ހަފުތާގައި ބައެއް ނޫސްތަކުން ބުނީ ފިލްމުގެ ދެ ބަތަލާއިންގެ ތެރެއިން އެކަކަށް ޝާލިނީ ޕާންޑޭ ވެސް ހަމަޖައްސާފައިވާ ކަމަށެވެ. އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ އެ ބަތަލާ އަކީ ވައިއާރްއެފުން ރަންވީރު ސިންގްއާ އެކު ގެނެސްދޭން ތައްޔާރުވާ "ޖަޔޭޝްބާއީ ޖޯރްދާރު" އިން ބޮލީވުޑަށް ނެރޭ ބަތަލާ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "މަހާރާޖާ" ގެ ދެވަނަ ބަތަލާއަކަށް ވާނީ ވައިއާރްއެފުން ގެނެސްދޭ "ބަންޓީ އޯރް ބަބްލީ 2" ގެ ކާސްޓްގައި ހިމެނޭ ޝަރުވާރީ ވާގެވެ.
އަދިތިޔާ ޗޯޕްޅާ ޕްރޮޑިއުސްކުރާ "މަހާރާޖް" ގެ ކާސްޓަށް މިހާރު ޖައިދީޕް އަހުލުވާތު ވެސް ސޮއިކޮށްފައިވާ ކަމަށް އަޑުތައް އަރާފައިވެ އެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އަދިތިޔާގެ އަންހެނުން އަދި މަޝްހޫރު ބަތަލާ ރާނީ މުކަރްޖީ 2018 ގައި ކުޅުނު ކާމިޔާބު ފިލްމު "ހިޗްކީ" ގެ ޑައިރެކްޓަރު ސިދާތު ޕީ މަލްއުތުރާ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ޖުނައިދުގެ އަލަތު ފިލްމު "މަހާރާޖާ" އަކީ 1862 ގައި އިންޑިއާގައި ފެންމަތިވި ޖިންސީ މައްސަލަތަކެއްގެ ވާހަކަ ގެނެސްދިން ނޫސްވެރިންތަކަކާ ދެކޮޅަށް ކުރި ދައުވާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. އެގޮތުން ފިލްމުގައި ޖުނައިދު ކުޅޭނީ އޭރު ނޫސްވެރިއެއްގެ ރޯލު އަދާކުރި ކަރްސަންދާސް މުލްޖީގެ ރޯލެވެ.
"މަހާރާޖާ" ގެ ޝޫޓިން އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ފަށާ އިރު، ފިލްމުގެ ބޮޑު ބައި ޝޫޓްކުރާނީ މަދް އައިލެންޑްގައި ކަމަށް ވެސް ވެސް ހަންގާމާ އިން ބުންޏެވެ.
ނަމަވެސް މި ފިލްމުގެ އެއްވެސް ވާހަކައެއް ރަސްމީކޮށް އަދި ވައިއާރްއެފުން ހާމައެއްނުކުރެ އެވެ.
"ދޫމް" ފްރެންޗައިޒުން އަބީޝެކް ދެން ނުފެނިދާނެ
އަނުޝްކާގެ ފިލްމީ ކެރިއަރުގައި ނަސީބު ގަދަ
"ދޫމް 4" ކުޅޭ ވާހަކަ އަކީ ދޮގެއް: އަކްޝޭ
އާމިރުގެ ދަރިފުޅު ޖުނައިދު މުޅިން ތަފާތުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އާމިރުގެ ދަރިފުޅު ޖުނައިދުގެ ފިލްމުގެ ޝޫޓިން ފަށައިފި
"ދޫމް 4" ގެ ވިލަންއަކަށް ދީޕިކާ؟
އާމިރުގެ ދަރި ޖުނައިދުގެ ފިލްމަށް ބަތަލާއެއް
ތިން އަހަރުގައި ޖިންސީ ގޯނާއާ ކުރިމަތިވި: ފާތިމާ
އާމިރުގެ ދަރިފުޅު ތައާރަފުކުރާނީ ވައިއާރްއެފުން