Roadha Mihaaru
ސައިފްގެ "ތަންޑަވް" ޖެނުއަރީ 15 ގައި

ސައިފްގެ ދެވަނަ ވެބް ސީރީޒް "ތަންޑަވް" ޖެނުއަރީ 15 ގައި

20 ޑިސެމްބަރ 2020

ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާން ކުޅުނު ދެވަނަ ވެބް ސީރީޒް "ތަންޑަވް" ގެ ޓީޒާ ޓްރެއިލާ ދައްކާލައި، އެ ގެނެސްދޭން ފަށާ ތާރީހު އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާން ކުޅުނު ދެވަނަ ވެބް ސީރީޒް "ތަންޑަވް" ގެ ޓީޒާ ޓްރެއިލާ ދައްކާލައި، އެ ގެނެސްދޭން ފަށާ ތާރީހު އިއުލާންކޮށްފި އެވެ.

މިދިޔަ އަހަރު ސަލްމާން ޚާންގެ "ބާރަތު" ގެނެސްދިން އަލީ އައްބާސް ލިޔެ، ޑައިރެކްޓްކޮށްފައިވާ ޕޮލިޓިކަލް ތުރިލާ އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރާނީ އަންނަ މަހުގެ 15 ގަ އެވެ. ޓީޒާ ޓްރެއިލާ އިން ވަނީ "ތަންޑަވް" ގެ މައިގަނޑު ކާސްޓުން ދައްކާލައިފި އެވެ.

ސައިފް އިންޑިއާގެ ބޮޑުވަޒީރުގެ މަގާމަށް އަންނަން ކުރާ މަސައްކަތް ދައްކުވައިދޭ މި ސިޔާސީީ ކުޅިގަނޑުގެ ކާސްޓްގައި ޑިމްޕަލް ކަޕާޑިއާ، ޑީނޯ މޯރިއޯ، ސުނިލް ގްރޯވާ، ގޯހަރް ޚާން، އަމީރާ ދާސްތޫރް، ސާރާ ޖޭން ޑަޔަޒް، ސަންދިއާ މިރުދުލް، އަނޫޕް ސޯނީ ޓިގްމާންޝޫ ދޫލިއާ، މުހައްމަދު ޒީޝާން އައްޔޫބް އަދި ކުމުދު މިޝްރާ ހިމެނެ އެވެ.

"ޓައިގާ ޒިންދާ ހޭ" އާއި "ސުލްތާން" ފަދަ ފިލްމުތައް ވެސް ގެނެސްދިން އަލީގެ އަލަތު ވެބް ސީރީޒަކީ ނުވަ އެޕިސޯޑްގެ އެއްޗެކެވެ.

މިއީ ނެޓްފްލިކްސް އަށް ސައިފް ދެ ސީޒަނަކަށް ކުޅުނު "ސެކްރެޑް ގޭމްސް" އަށް ފަހު ކުޅުނު ދެވަނަ ވެބް ސީރީޒެވެ. އަދި މިއީ އަލީއާ އެކު ސައިފް މަސައްކަތްކުރި ފުރަތަމަ ޕްރޮޖެކްޓް ވެސް މެ އެވެ.