Roadha Mihaaru
އިންޑިއާ ދޫކޮށް ދިޔަ ވާހަކަ އަރުޖުން ދޮގުކޮށްފި

ޑްރަގްގެ ތުހުމަތާ ހެދި އަރުޖުން އިންޑިއާ ދޫކޮށް ދިޔަ ވާހަކަ ދޮގުކޮށްފި

21 ޑިސެމްބަރ 2020

ބޮލީވުޑްގެ ތަރިންތަކެއްގެ މައްޗަށް ކުރެވިފައިވާ މަސްތުވާތަކެތީގެ ތުހުމަތުތަކާ ގުޅިގެން ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ސުވާލުކުރި އެކްޓަރު އަރުޖުން ރާމްޕާލް ވަރަށް ސިއްރިޔާތުން މިހާރު އިންޑިއާ ދޫކޮށް ހިނގައްޖެ ކަމަށް ބުނާ ވާހަކަ އޭނާ ދޮގުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ތަރިންތަކެއްގެ މައްޗަށް ކުރެވިފައިވާ މަސްތުވާތަކެތީގެ ތުހުމަތުތަކާ ގުޅިގެން ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ސުވާލުކުރި އެކްޓަރު އަރުޖުން ރާމްޕާލް ވަރަށް ސިއްރިޔާތުން މިހާރު އިންޑިއާ ދޫކޮށް ހިނގައްޖެ ކަމަށް ބުނާ ވާހަކަ އޭނާ ދޮގުކޮށްފި އެވެ.

މިހާރު ދެކުނު އެފްރިކާގެ އަންހެނަކާ ލޯބީގެ ގޮތުން ގުޅިގެން އޭނާ އަށް ދަރިއަކު ވެސް އޮތް 48 އަހަރުގެ އެކްޓަރު އިންޑިއާ ދޫކޮށް ގޮސްފަައިވާ ކަމަށް މީޑިއާތަކުން ބުނެފައި ވަނީ މިއަދު ދެވަނަ ފަހަރަށް އެންސީބީ އަށް ހާޒިރުވާން ނޯޓިސް ފޮނުވާފައި ވަނިކޮށެވެ.

އެ ނޯޓިހާ ގުޅިގެން އެންސީބީ އަށް ހާޒިރުވާން ހަފުތާއެއްހާ ދުވަހުގެ މުއްދަތު ދިނުމަށް އެދި އަރުޖުން ހުށަހަޅާފައިވާ ކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ. އަދި އޭނާ މި ވަގުތު އިންޑިއާގައި ނެތް ކަމަށާއި ގައުމު ދޫކޮށް ގޮސްފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރުމުން "ގައުމުގައި އެބަހުރިން" ކަމަށާއި "މި އުޅެނީ ވެބް ސީރީޒް ނެއިލްޕޮލިޝްގެ ޕްރޮމޯޝަންގައި" ކަމަށް ބުނެ ޓްވީޓްކޮށްފައިވެ އެވެ.

އެ ޚަބަރު ފެތުރި މީޑިއާތަކަށް އިޝާރާތްކޮށް އަރުޖުން ބުނީ ބައެއް މީޑިއާތައް މިހާރު ހީވަނީ ޓްރެވެލް އެޖެންޓްތަކެއްހެން ކަމަށެވެ.

އެންސީބީން ކުރިއަށް ގެންދާ ތަހުގީގަށް ދެވަނަ ފަހަރަށް އަރުޖުން ހާޒިރުކުރާ އިރު، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، ގެ ވެސް ރެއިޑްކޮށް އެންސީބީ އަށް އެންމެ ފުރަތަމަ ހާޒިރުކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. އޭރު އޭނާ ބުނެފައި ވަނީ މަސްތުވާތަކެތީގެ އެއްވެސް ކަމަކާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.

މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ އަރުޖުންގެ ބޮޑު ފިލްމެއް ވެސް ކުރިއަށް އެބައޮތެވެ. އެއީ މި މަހުގެ ކުރީކޮޅު ޕޯސްޓަރު ވެސް ދައްކައިލި ތާރީހީ ހަނގުރާމަ ފިލްމު "ދަ ބެޓްލް އޮފް ބީމާ ކޮރެގާއޯ" އެވެ. އެ ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.