Roadha Mihaaru
ޝާހްރުކްގެ "ޕަތާން" ގެ ފުރަތަމަ ޝެޑިއުލް ނިންމާލައިފި

ޝާހްރުކްގެ "ޕަތާން" ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމާލައިފި

28 ޑިސެމްބަރ 2020

ދެ އަހަރެއްހާ ދުވަހަށް އެކްޓިންއާ ދުރުގައި ހުރުމަށް ފަހު އެކްޓަރު ޝާހްރުކް ޚާން މިދިޔަ މަހު ޝޫޓިން ފެށި ފިލްމު "ޕަތާން" ގެ ފުރަތަމަ ޝެޑިއުލް ނިންމާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދެ އަހަރެއްހާ ދުވަހަށް އެކްޓިންއާ ދުރުގައި ހުރުމަށް ފަހު އެކްޓަރު ޝާހްރުކް ޚާން މިދިޔަ މަހު ޝޫޓިން ފެށި ފިލްމު "ޕަތާން" ގެ ފުރަތަމަ ޝެޑިއުލް ނިންމާލައިފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މުމްބާއީގައި ކުރިއަށް ގެންދިޔަ ޝޫޓިންތަކުގައި ފިލްމުގެ މައި ކާސްޓުންގެ ތެރެއިން ދީޕިކާ ޕަދްކޯން އާއި ޑިމްޕަލް ކަޕާޑިއާ ވެސް ފުރަތަމަ ޝެޑިއުލްގައި ހިއްސާވެފައިވެ އެެވެ. މިދިޔަ އަހަރު "ވޯ" ގެނެސްދިން ސިދާތު އާނަންދު ޑައިރެކްޓްކުރާ އެކްޝަން ތުރިލާ "ޕަތާން" ގެ ވިލަން އަކީ ޖޯން އަބްރަހަމް އެވެ.

ރިޕޯޓްތައް ބުނާގޮތުން ފިލްމުގެ ދެވަނަ ޝޫޓިން ޝެޑިއުލް އަންނަ މަހުގެ ތެރޭގައި ޔޫއޭއީގައި ފަށާ އިރު ޖޯން ކްރޫއާ ގުޅޭނެ އެވެ. "ޕަތާން" ގެ ހާއްސަ ފެނިލުމެއްގައި ސަލްމާން ޚާން ވެސް ހިމެނެ އެވެ.

އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ "ޕަތާން" ގެ މަންޒަރުތަކެއް އިނގިރޭސިވިލާތުގައި ވެސް ޝޫޓްކުރާނެ އެވެ.

މި ފިލްމު ސިނަމާތަކަށް ގެންނަން އަމާޒު ހިފާފައި ވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފާހަގަކުރާ ދިވާލީ ބަންދުތެރޭގަ އެވެ. މީޑިއާތަކުން ބުނެފައިވާ ގޮތުގައި އަންނަ މަހުގެ 1 ގައި "ޕަތާން" ގެ ފަސްޓްލުކް ޕޯސްޓަރުތައް ދައްކައިލަން ވައިއާރްއެފުން އަންނަނީ ތައްޔާރުވަމުންނެވެ.

ޝާހްރުކް އެންމެ ފަހުން ކުޅުނު ފިލްމަކީ 2018 ގެ "ޒީރޯ" އެވެ.