Roadha Mihaaru
މަލިކުގެ ފުރަތަމަ ވައިގެ ދަތުރު މޯލްޑިވިއަންގައި

މަލިކަށް ދިޔަ ފުރަތަމަ މަތިންދާބޯޓަކަށް މޯލްޑިވިއަންގެ ސީޕްލޭން

28 ޑިސެމްބަރ 2020

ގައުމީ އެއާލައިން މޯލްޑިވިއަަންގެ ސީޕްލޭނެއް މިއަދު މަލިކަށް ޖައްސައިފި އެވެ. މޯލްޑިވިއަނުން ބުނީ މީގެ ކުރިން އެއްވެސް އެއާލައިނެއްގެ ބޯޓެއް މަލިކަށް ދަތުރުކޮށްފައިވާކަން އެނގެން ނެތް ކަމަށާއި އެހެންވެ މިއީ ތާރީހީ ދަތުރެއް ކަމަށެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ގައުމީ އެއާލައިން މޯލްޑިވިއަަންގެ ސީޕްލޭނެއް މިއަދު މަލިކަށް ޖައްސައިފި އެވެ. މޯލްޑިވިއަނުން ބުނީ މީގެ ކުރިން އެއްވެސް އެއާލައިނެއްގެ ބޯޓެއް މަލިކަށް ދަތުރުކޮށްފައިވާކަން އެނގެން ނެތް ކަމަށާއި އެހެންވެ މިއީ ތާރީހީ ދަތުރެއް ކަމަށެވެ.

މޯލްޑިވިއަނުން ބުނި ގޮތުގައި ސީޕްލޭން މަލިކުގައި މަޑުކޮށްލީ އިންޑިއާގެ އަހުމަދު އާބާދަށް ކުރި ޗާޓަރު ދަތުރެއްގަ އެވެ. އެއީ އިންޑިއާގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ސްޕައިސް ޖެޓް އިން ޗާޓަރުކޮށްގެން ކުރި ދަތުރެކެވެ.

އެއާލައިނަކުން މަލިކަށް ކުރި ފުރަތަމަ ދަތުރަކަށް މޯލްޑިވިއަންގެ ސީޕްލޭންގެ ދަތުރެއް ވުމުން، އެ އެއާލައިނުން ފަހުރުވެރިކަމާ އެކު އެކަން ފާހަގަކޮށް ސޯޝަލް މީޑިއާގައި އެކަން ހިއްސާކުރި އެވެ. އެ އެލާއިނުން ބުނި ގޮތުގައި ސީޕްލޭން މިއަދު މަލިކަށް ޖެއްސި އިރު ފަޅުވެރިންގެ ގޮތުގައި ތިބީ ދިވެހިންނެވެ.

މޯލްޑިވިއަނުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި މަލިކަށް ސީޕްލޭން ޖެއްސުމަށް ހަދާފައި އޮތީ ވަގުތީ ޕްލެޓްފޯމެކެވެ.

މޯލްޑިވިއަންގެ ސީޕްލޭނެއް މަަލިކު ފަޅަށް ޖައްސާފައި.މިއީ ތާރީހީ ދަތުރެއް. ފޮޓޯ" މޯލްޑިވިއަން.

މޯލްޑިވިއަންގެ ސީޕްލޭނެއް މަަލިކު ފަޅަށް ޖައްސާފައި.މިއީ ތާރީހީ ދަތުރެއް. ފޮޓޯ" މޯލްޑިވިއަން.

އިންޑިއާގެ ދަށުގައި އޮންނަ މަލިކަކީ ނަސްލީ ގޮތުންނާއި ސަގާފީ ގޮތުން ދިވެހިންނާ ވަރަށް ބޮޑަށް ގުޅިފައިވާ، ދިވެހި ބަހުން ވާހަކަދައްްކާ ބަޔަކު އުޅޭ ރަށެކެވެ. އިންޑިއާއާ ރާއްޖެއާ ދެެމެދުގައި ވަކި އަތޮޅެއްގެ ގޮތުގައި އޮންނަ ލަކްޝަދީބުގެ މަލިކަށް އިންޑިއާގެ މެެއިންލޭންޑުން ކުރާ ދަތުރުތައް ކުރަނީ ކަނޑުމަގުންނެވެ. އެރަށާ އެންމެ ގާތުގައި އޮންނަ އެއާޕޯޓަކީ ވެސް ލަކްޝަދީބުގެ ރަށެއް ކަމަށްވާ ކަރަވައްޓީގައި އޮންނަ އެއާޕޯޓެކެވެ.

އިންޑިއާގައި ސިޕްލޭންގެ ދަތުރުތައް ފުރަތަމަ ފަހަރަށް ފެށި އިރު އެ ދަތުރުތައް ވެސް ފެށީ މޯލްޑިވިއަންގެ އެހީތެެރިކަމާ އެކުގަ އެވެ. ސްޕައިސް ޖެޓުން ސީޕްލޭންގެ ހިދުމަތް ފެށީ ނަރްމަދާ ޑިސްޓްރިކްޓްގައި ހުންނަ ކެވާޑިއާ އާއި އަހުމަދުއާބާދުއާ ދެމެދުގަ އެވެ.