04 ޖެނުއަރީ 2021
ދޮޅު އަހަރުވީ ކެފޭގެ ވިޔަފާރި އަށް ކޮވިޑާ ހެދި ވަރަށް ބޮޑަށް އަސަރުކޮށްފައި ވަނިކޮށް، 2021 ވަނަ އަހަރު ފެށުމާ ދިމާކޮށް ކަސްޓަމަރެއްގެ ފަރާތުން ލިބުނު 2،021 ޑޮލަރުގެ ޓިޕްސްއަކުން އުފާވެރިކަން ގެނެސްދީފި އެވެ.
ދޮޅު އަހަރުވީ ކެފޭގެ ވިޔަފާރި އަށް ކޮވިޑާ ހެދި ވަރަށް ބޮޑަށް އަސަރުކޮށްފައި ވަނިކޮށް، 2021 ވަނަ އަހަރު ފެށުމާ ދިމާކޮށް ކަސްޓަމަރެއްގެ ފަރާތުން ލިބުނު 2،021 ޑޮލަރުގެ ޓިޕްސްއަކުން އުފާވެރިކަން ގެނެސްދީފި އެވެ.
އާއިލީ ވިޔަފާރިއެއްގެ ގޮތުގައި ހިންގާ "މަޔާމީ ސްކްއީޒް" އިން މި ވާހަކަ ކަސްޓަމަރުގެ ބިލާ އެކު އިންސްޓަގްރާމްގައި ހާމަކޮށްފައިވެ އެވެ. ބިލްގެ މަތީގައި ކަސްޓަމަރު "ހެޕީ ނިއު އިޔާ" ލިޔެފައިވާ އިރު ޓިޕްސްގެ ގޮތުގައި އޭނާ ދިން އަދަދު ބިލްގެ އަދަދުތަކާ ދިމާލުގައި ވެސް ލިޔެފައި އިނެވެ.
"މަޔާމީ ސްކްއީޒް" އިން ވާހަކަ ދެއްކި ކެލީ އަމާރް ބުނި ގޮތުގައި ހުކުރު ދުވަހު އެ މީހުންގެ ކެފޭ އަށް ވަން މީހާގެ ބިލަށް އެރީ 71.84 ޑޮލަރު (1,106ރ.) އެވެ. ނަމަވެސް ކަސްޓަމަރު ބިލް ދައްކާފައި ދިޔަ އިރު ޓިޕްސްގެ ގޮތުގައި 2،021 ޑޮލަރު (31,123ރ.) ދީފައިވެ އެވެ.
"އޮންލައިންކޮށް އޭނަ ފައިސާ ދެއްކީ. ފުރަތަމަ ރިސިޓް ބަލައިލި އިރު ހީކުރީ 20.21 ޑޮލަރު ދައްކާފައި އިން ކަމަށް. އެކަމަކު ރަނގަޅަށް ބެލި އިރު އެނގުނީ އެއީ ދެހާސް އެކާވީސް ޑޮލަރުކަން،" ކެލީ ބުންޏެވެ. "އެކަމަކު އެއީ ކަސްޓަމަރަށް އޮޅިގެން ވީ ކަމެކޭ ހީކޮށް އޭނާއާ ސުވާލުކުރީމާ ބުނަނީ އެއީ ހަމަ ހަދިޔާއެކޭ. ތިމަންނަ ވެސް ވަރަށް އުފާވެރި އާ އަހަރަކަށޭ އުންމީދުކުރަނީ."
އޭނާ ބުނި ގޮތުގައި އަހަރުގެ ފުރަތަމަ ދުވަހު ކަސްޓަމަރެއްގެ ފަރާތުން އެ ފަދަ ހަދިޔާއެއް ލިބުމަކީ ވިޔަފާރިއާ ދޭތެެރޭ ކުރެވޭ އުންމީދު ވެސްއިތުރަށް އާލާވި ކަމެކެވެ.
"އަރަމެން ވިޔަފާރި ފަށައިގަތްތާ މާ ގިނަ ދުވަހެއް ކޮވިޑާ ދިމާވީ. އެކަމުގެ ސަބަބުން ވިޔަފާރި އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓުނު،" ކެލީ ބުންޏެވެ. "ދެން އާ އަހަރު ފެށީ ވަރަށް ބޮޑެތި އުންމީދުތަކަކާ އެކު. ކަސްޓަމަރެއްގެ ފަރާތުން ބޮޑު ޓިޕްސްއެއް ލިބުމަކީ ވަރަށް ބޮޑު ހިތްވަރެއް.
އެ ޓިޕްސް ވަނީ "މަޔާމީ ސްކްއީޒް" ގައި މަސައްކަތްކުރާ 25 މުވައްޒަފުންގެ މެދުގައި ބަހާލައިފަ އެވެ.
ކެލީ، 30، ބުނިގޮތުގައި ވިޔަފާރި މިހާރު މަޑުމަޑުން ހަމައަކަށް އެޅެމުން އަންނާތީ އެ މީހުންގެ އިތުރު އައުޓްލެޓެއް ހުޅުވަން ވެސް މިހާރު އަންނަނީ ތައްޔާރީތައް ވަމުންނެވެ.
އެމިނެމްގެ އާ ވިޔަފާރި އަކީ ސްޕެގެޓީ ވިއްކުން
ޓޮމް ކްރޫޒް ޗިކެން ޓިއްކާ މަސާލާ ކާން އާޝާގެ ކެފޭއަށް
އެންމެ އަގުބޮޑު ފްރެންޗް ފްރައިޒް 200 ޑޮލަރަށް
ޕްރޮމޯޝަނަކަށް ޓެޓޫ ޖެހުމުން އަހަރު ދުވަހު ހިލޭ ބާގަ
މިލިއަނަޔާ ޝޯއިން ލިބުނު މިލިއަން ޑޮލަރު ހަދިޔާކޮށްފި
ކޭއެފްސީން ލެބޯޓްރީގައި ކުކުޅުމަސް އުފައްދަނީ
މެކްޑޮނަލްޑްސް އިން އިލެކްޓްރިކް ކާރު ޕްރޮމޯޓްކުރަނީ
މުވައްޒަފުން ވަކިކުރާ މައްސަލާގައި ގޯޑަން ރައްދު ދީފި
ކަސްޓަމަރެއްގެ ފަރާތުން 10،000 ޑޮލަރުގެ ޓިޕްސްއެއް
މުވައްޒަފުން ވަކިކުރާތީ ގޯޑަން ރަމްޒީ އަށް ފާޑުކިޔުން