Roadha Mihaaru
ސައުދީ އާއި ގަތަރުން އަލުން ސިޔާސީ ގުޅުން ގާއިމްކޮށްފި

ސައުދީ އާއި ގަތަރުން އަލުން ސިޔާސީ ގުޅުން ގާއިމްކޮށްފި

06 ޖެނުއަރީ 2021

ރިޔާޒް (ޖެނުއަރީ 6) - މީގެ ތިން އަހަރެއްހާ ދުވަސްކުރިން ގަތަރާ ސިޔާސީ ގުޅުން ކަނޑާލި އަރަބި ހަތަރު ގައުމުން އަލުން ގުޅުން ގާއިމްކޮށްފައިވާ ކަމަށް ސައުދީ އަރަބިއާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާދު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (ޖެނުއަރީ 6) - މީގެ ތިން އަހަރެއްހާ ދުވަސްކުރިން ގަތަރާ ސިޔާސީ ގުޅުން ކަނޑާލި އަރަބި ހަތަރު ގައުމުން އަލުން ގުޅުން ގާއިމްކޮށްފައިވާ ކަމަށް ސައުދީ އަރަބިއާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާދު ވިދާޅުވެއްޖެ އެވެ.

ގަތަރާ އެކު ސިޔާސީ ގުޅުން އަލުން ގާއިމްކޮށްފައި ވަނީ ސައުދީ އަރަބިއާ، ބަހުރޭން، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި މިސްރުންނެވެ. ގަތަރާ އެކު އޮތް ނުތަނަވަސްކަން ދޫކޮށްލުމަށް ފަހު އެއްގަލަކަށް އެރިކަން އިއުލާންކޮށްފައި މިވަނީ ސައުދީގެ ވެރިރަށުގައި އަންގާރަ ދުވަހު ބޭއްވި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ސަމިޓަށް ފަހު އެވެ.

ގަތަރުގެ އަމީރު ސަމިޓަށް ވަޑައިގަތުމުން ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވަނީ ކަރާއިކަރު ޖައްސަވައި ސަލާމް ކުރައްވައިފަ އެވެ.

ހަ ގައުމު ހިމެނޭ ޖީސީސީގެ ސަމިޓަށް ފަހު ސައުދީގެ ފޮރިން މިނިސްޓަރު ވިދާޅުވީ އެންމެ މުހިންމު ކަމަކަށް ނިމިގެން ދިޔައީ ގަތަރާ އެކު ފުރިހަމަ ސިޔާސީ ގުޅުން އަލުން ގާއިމްކުރުން ކަމަށެވެ.

ޖޫން 2017 ގައި ސައުދީން ގަތަރާ ގުޅުން ކަނޑާލުމާ އެކު ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހުރޭން އަދި މިސްރުން ވެސް ވަނީ ގަތަރާ ސިޔާސީ ގުޅުން ކަނޑާލައި، ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. އެ ފިޔަވަޅުތައް އުވާލުމަށް 13 ކަމަކަށް ޑިމާންޑްކޮށްފައިވެ އެވެ. އޭގެ ތެރޭގައި އަލް ޖަޒީރާ ޓީވީ ހުއްޓާލުން ހިމެނެ އެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް ގަތަރުން ތަބާވެފައެއް ނުވެ އެވެ.

ސައުދީން ބުނަމުން ދަނީ ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށެވެ. ނަމަވެސް ސައުދީގެ ތުހުމަތު، ތެލާއި ގޭހުގެ މުއްސަނދިކަން ލިބިފައިވާ ގަތަރުން ދޮގު ކުރެ އެވެ.

ގަތަރާއި ސައުދީ ސުލްހަކުރެވޭތޯ ވޭތުވެދިޔަ ދުވަސްތަކުގައި މެދުވެރިއެއްގެ ރޯލު އަދާކޮށްފައި ވަނީ ކުވޭތާއި އެމެރިކާ އިންނެވެ.

ސައުދީން މިހާރު ވަނީ އެއްގަމާއި ކަނޑު އަދި ވައިގެ ބޯޑަރު ގަތަރަށް ހުޅުވާލުމަށް އެއްބަސްވެފަ އެވެ.