Roadha Mihaaru
ދެއްވަދޫން ލ. އަށް ދިޔަ 4މީހަކަށް ކޮވިޑް ޖެހިއްޖެ

ދެއްވަދޫން ލ. އަށް ދިޔަ ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

09 ޖެނުއަރީ 2021

ގއ. ދެއްވަދޫން ލ. ފޮނަދު އަށް ދިޔަ ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ގއ. ދެއްވަދޫން ލ. ފޮނަދު އަށް ދިޔަ ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ، ފޮނަދު އަށް ދަތުރުކުރި ހަތަރު މީހެއްގެ ފަރާތުން ކޮވިޑްގެ އަލާމަތްތައް ފެނިގެން ޕީސީއާރް ޓެސްޓު ހަދާފައިވާ ކަމަށާއި އެ މީހުން އެ ބަޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެ މީހުންގެ ކޮންޓެކްޓް ޓްރޭސިން ނިމެންދެން ފޮނަދޫގެ އިތުރުން އެ ރަށާ އެއްފަސް ވެފައިވާ ގަން ވެސް މޮނިޓަރިންގެ ހާލަތަށް ލާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މާލެ އިން ދެއްވަދު އަށް ދިޔަ ބައެއްގެ ގައިން ކޮވިޑް-19 ފެނިފައި ވަނީ މިދިޔަ މަހު 24 ގަ އެވެ. އެ މީހުންނަށް ކޮވިޑް ޓެސްޓުގެ ނަތީޖާ ލިބިފައި ވަނީ ކަރަންޓީންގެ މުއްދަތު ހަމަވެގެން، އެ މީހުން ރަށު ތެރެއަށް ނުކުންނަން ފަށާފައި ވަނިކޮށެވެ.

ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދެއްވަދޫގެ ބޮޑު ދޯންޏަކުން މަހަށް ދާ މީހަކާއި ހަތަރު މަހުގެ ތުއްތު ކުއްޖަކު ވެސް ހިމެނެ އެވެ.