ބަޑި އާއި ހަތިޔާރު އުފައްދަން ބޭނުންކުރާ ތަކެތި ގެންގުޅުނު ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ކުރި ދައުވާ އަލުން ބަލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
14 ޖެނުއަރީ 2021
ބަޑި އާއި ހަތިޔާރު އުފައްދަން ބޭނުންކުރާ ތަކެތި ގެންގުޅުނު ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ކުރި ދައުވާ އަލުން ބަލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ސެޕްޓެމްބަރު، 2013 ގައި މާލޭގެ ގެއަކުން ބަޑި އާއި ގޮވާ ތަކެތި އުފައްދަން ބޭނުންކުރާ ތަކެތި ފެނިފައިވާ މައްސަލައެއްގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރީ ލ. ގަން، ހިމާޔަތް މޫސާ ޔޫސުފާއި ދަފްތަރު ނަމްބަރު 7102 ހަސަން ނަސީމުގެ މައްޗަށެވެ. އެކަމަކު، ތަހުގީގު މަރުހަލާގައި ގާނޫނާ ޚިލާފަށް ފުލުހުން ހެކި ހޯދި ކަމަށް ބުނެ ދަށު ކޯޓުން 2016 ގައި އޮތީ އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފަ އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ގާނޫނާ ޚިލާފަށް ހެކި ހޯދި ކަމަށް ދަށު ކޯޓުން ނިންމީ ބަޑި އާއި ގޮވާތަކެތި އުފަައްދަން ބޭނުންކުރާ ތަކެތި ފެނުނު ގެ ފާސް ކުރުމުގައި އެ ގޭގެ ވެރިފަރާތް ނެތީސް، އެތަން ފުލުހުން ފާސް ކޮށްފައިވާތީ ކަމަށެވެ. ނަމަވެސް އެއީ ދައުވާ ލިބޭ ނަސީމު ކުއްޔަށް ހިފާފައިވާ ތަނެއް ކަމަށާއި ނަސީމު ނޫޅޭ ވަގުތުތަކުގައި ދައުވާ ލިބޭ މޫސަ ވެސް އެ ގެ އަށް ވަދެ، އެ ގެ ބޭނުން ކުރަމުން ދިޔަ ކަމަށް ހުކުމުގައިވެ އެވެ.
ހައި ކޯޓުގެ ހުކުމުގައި ވަނީ ކޯޓު އަމުރުގެ ބޭނުމަށް ވެރިފަރާތް ކަމަށް ބަލަން ވާނީ އެ ތަނުގެ މައްޗަށް އެ ވަގުތު ބާރު އޮތް ފަރާތެއް ކަމަށެވެ. އެ އަމުރުގެ ދަށުން އެ ތަން ބަލައި ފާސްކުރި ވަގުތު އެ ތަނުގެ މައްޗަށް ބާރު އޮތް ފަރާތަކީ މޫސާ ޔޫސުފް ކަމަށާއި އެހެންވެ، އެތަން ފާސްކޮށް ހެކި ހޯދީ ގާނޫނާ ޚިލާފަށް ކަމަށް ނުބެލެވޭ ކަމަށް ހުކުމުގައިވެ އެވެ.
އެކަމަކު ހެކިތައް ވަޒަންކޮށް، މައުޟޫއީ ގޮތުން ދަށު ކޯޓުން މައްސަލަ ނިންމާފައި ނެތުމުން އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ތަހުވީލްކުރީ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު މުހަައްމަދު ނިޔާޒުގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ.
ސަމާސާ ވިހަވެއްޖެ: މަޖަލަކަށް ކުރިޔަސް، ކުށްވެރިވާނެ!
އަމީން ޖަލަށްލި މައްސަލަ ސިއްރުނުކުރަން ނިންމައިފި
ޓެރަރިޒަމްގެ ކުށުގައި އަމީން 27 އަހަރަށް ޖަލަށް
ބަޑި ގެންގުޅުނުކަން ސާބިތުވިޔަސް، މިނިވަންވެއްޖެ
ޓެރަރިޒަމް އޮޕަރޭޝަން: ބަންދުކުރި އެކަކު މިނިވަންކޮށްފި
"އައިއީޑީ" މައްސަލަ: ހަތަރު ވަނަ މީހާ ވެސް މިނިވަން
އާއިލާގެ އެސެސްމަންޓް ހަދައި،ތަހުގީގު ހިންގޭނެތޯ ބަލަނީ
ޓެރަރިޒަމަށް ހިތްވަރުދީ، ފައިސާ ހޯދިކަން ސާބިތެއް ނުވި
ހަނގުރާމައަށް ދާ މީހުން ސަލާމަތްވުން ނިމުމަކަށް
ނަޝީދަށް ހަމަލާދިން އެންމެން ސަލާމަތްވެދާނެ ހާލަތެއް!