Roadha Mihaaru
ލޯބިވެރިޔާއަށް ބުލީކުރާތީ ލެޕްޓޮޕް ވަގަށް ނަގާ މީހެއް

ލޯބިވެރިޔާއަށް ބުލީކުރާތީ ކަމަށް ބުނެ ލެޕްޓޮޕް ވަގަށް ނަގާ މީހަކު ހައްޔަރުކޮށްފި

16 ޖެނުއަރީ 2021

ޑޮކްޓަރުކަން ކިޔަވާ އަންހެނަކަށް، އޭނާއާ އެކީގައި ކިޔަވާ ބައެއް ދަރިވަރުންގެ ފަރާތުން ބުލީއާ ކުރިމަތިލާން ޖެހިފައިވާތީ އޭނާގެ ލޯބިވެރިޔާ އައި ރުޅީގައި ބަދަލު ހިފުމުގެ ގޮތުން އިންޑިއާގެ އެކި ހިސާބުތަކުން މެޑިކަލް ދަރިވަރުންގެ ލެޕްޓޮޕްތައް ވަގަށް ނަގަމުން ދަނިކޮށް މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑޮކްޓަރުކަން ކިޔަވާ އަންހެނަކަށް، އޭނާއާ އެކީގައި ކިޔަވާ ބައެއް ދަރިވަރުންގެ ފަރާތުން ބުލީއާ ކުރިމަތިލާން ޖެހިފައިވާތީ އޭނާގެ ލޯބިވެރިޔާ އައި ރުޅީގައި ބަދަލު ހިފުމުގެ ގޮތުން އިންޑިއާގެ އެކި ހިސާބުތަކުން މެޑިކަލް ދަރިވަރުންގެ ލެޕްޓޮޕްތައް ވަގަށް ނަގަމުން ދަނިކޮށް މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވައްކަންކުރަމުން ދިޔަ، ޓަމިލް ނާޑޫ އަށް ނިސްބަތްބާ 24 އަހަރުގެ މީހާ ހައްޔަރުކުރީ ގުޖްރާތުގެ ޖަމްނާގަރް ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ލެޕްޓޮޕް ވަގަށް ނަގާ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅުމުން މިކަމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރޭގައި ތަމިލްސެލްވަން ކައްނާން ކިޔާ މީހާ ހައްޔަރުކޮށް މައްސަލަ މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.

ފުލުހުންނަށް އޭނާ ދިން ބަޔާނުގައި ބުނީ ލެޕްޓޮތައް ވަގަށް ނަގަން ފެށީ އޭނާގެ ލޯބިވެރިޔާ އަށް ކުރިމަތިލާން ޖެހިފައިވާ ބުލީއާ ހެދި މެޑިކަލް ދަރިވަރުން ދެކެ އަންނަ ރުޅިއެއްގެ ސަބަބުން ކަމަށެވެ. އަދި 2015 އިން ފެށިގެން ލޯބިވެރިޔާ އަށް، އޭނާއާ އެކީގައި ކިޔަވާ ދަރިވަރުން ބުލީކުރަމުންދާ ކަމަށާއި އެހެންވެ އެފަދަ މީހުންނަށް ގެއްލުން ދިނުމުގެ ގޮތުން މިހާތަނަށް 500 އެއްހާ ލެޕްޓޮޕް ވަގަށް ނަގާފައިވާ ކަމަށް ބުންޏެވެ. އޭގެ ތެރެއިން ގިނަ އެއްޗިއްސަކީ ދެކުނު އިންޑިއާގެ އެކި ހިސާބުތަކުގައި ހިންގާ މެޑިކަލް ކޮލެޖްތަކުގެ ހޮސްޓެލްތަކުން ނަގާފައިވާ ތަކެތި ކަމަށް ވެސް ކަންނާން ބުނެފައިވެ އެވެ.

ޖަމްނާގަރް ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކުރީ އަންހެން ދަރިވަރުން ކިޔަވާ އެމްޕީ ޝާހް މެޑިކަލް ކޮލެޖުން މިދިޔަ މަހުގެ 26 ވަނަ ދުވަހު ލެޕްޓޮޕްތަކެއް ގެއްލިގެން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެތަނުން ކަންނާން ވަނީ ފަސް ލެޕްޓޮޕް ވަގަށް ނަގައިފަ އެވެ.

"މިކަމެއް އޭނާ ކުރަމުން ދިޔައީ ލޯބިވެރިޔާ އަށް އަންހެން ދަރިވަރުން ބުލީކުރާތީ ކަމަށް މިހާތަނަށް އެނގިފައި ވަނީ. އެގޮތުން އަންހެން ކުއްޖާގެ ވީޑިއޯތަކެއް ރެކޯޑްކޮށް އެކި ގޮތްގޮތުން ބުލީކޮށް ފުރައްސާރަކުރަމުން ދިއުމުން ބަދަލު ހިފުމުގެ ގޮތުން މެޑިކަލް ސްޓޫޑަންޓްގެ ލެޕްޓޮޕްތައް ކަންނާން ވަގަށް ނަގަން ފެށީ ކަމަށް އެއްބަސްވެފައިވޭ،" ޖަމްނާގަރް ޕޮލިސް ސްޓޭޝަންގެ އިންސްޕެކްޓަރު ކޭއެލް ގާދޭ ޓައިމްސް އޮފް އިންޑިއާ އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކަންނާން ލެޕްޓޮޕްތައް ވަގަށް ނަގާފައި ވަނީ މެޑިކަލް ދަރިވަރުންގެ މައުލޫމާތު އިންޓަނެޓްގެ ޒަރީރާ އިން ހޯދައި، ވަރަށް ބޮޑަށް ދުރާލައި ރާވައިގެންނެވެ. ކަންނާން ވަގަށް ނެގި ބައެއް ލެޕްޓޮޕްތައް މިހާރު ވަނީ ހޯދައިފަ އެވެ.