މޮސްކޯ (ޖެނުއަރީ 18) - ބާރުގަދަ ވިހައެއް ދިނުމުން ހާލު ސީރިއަސް ވެގެން ޖަރުމަނަށް ގެންގޮސް ފަރުވާ ދިން ރަޝިޔާގެ އިދިކޮޅު ލީޑަރު ފަސް މަހަށް ފަހު އެނބުރި ގައުމަށް ދިއުމުން ރޭ ހައްޔަރުކޮށްފި އެވެ.
18 ޖެނުއަރީ 2021
މޮސްކޯ (ޖެނުއަރީ 18) - ބާރުގަދަ ވިހައެއް ދިނުމުން ހާލު ސީރިއަސް ވެގެން ޖަރުމަނަށް ގެންގޮސް ފަރުވާ ދިން ރަޝިޔާގެ އިދިކޮޅު ލީޑަރު ފަސް މަހަށް ފަހު އެނބުރި ގައުމަށް ދިއުމުން ރޭ ހައްޔަރުކޮށްފި އެވެ.
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އަށް ފާޑުވިދާޅުވަމުން ގެންދަވާ އެލެކްސީ ނަވަލްނީގެ ހާލު ސީރިއަސްވީ އޮގަސްޓް 20 ވަނަ ދުވަހު ސައިބީރިއާ އިން ފުރައިގެން ރަޝިއާގެ ވެރިރަށް މޮސްކޯއަށް ދަތުރުކުރި ފްލައިޓްގައި އިންނަވަނިކޮށެވެ. ފަހުން އެނގުނު ގޮތުގައި، އޭނާގެ ހާލު ދެރަވީ އެއާޕޯޓްގައި ބޭނުންކުރެއްވި ފެން ފުޅިއަށް އަޅާފައި ހުރި ބާރުގަދަ ވިހައެއްގެ ސަބަބުންނެވެ. ޓެސްޓްތަކުން ކަށަވަރުވެފައިވާ ގޮތުގައި އެއީ ނާރުތަކަށް ހަމަލާދޭ ނޮވިޗޮކް އެވެ.
ރަޝިޔާގެ އިދިކޮޅު ލީޑަރު ނަވަލްނީ އާއި އަނބިކަނބަލުން ޔޫލިއާ މޮސްކޯ އެއާޕޯޓުގެ ޕާސްޕޯޓް ކައުންޓަރަށް ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ
ނަވަލްނީގެ އެހީތެރިން ތުހުމަތުކުރި ގޮތުގައި އޭނާއަށް ވިހަ ދިނީ، ޕުޓިންގެ އަމުރަށެވެ. އެކަމަކު ރަޝިޔާ ސަރުކާރުން އެ ތުހުމަތުތައް ދޮގުކޮށްފައިވެ އެވެ.
ޖަރުމަނުން ފަރުވާ ހޯދުމަށް ފަހު މޮސްކޯ އަށް ދިޔަ ތަނުން ނަވަލްނީ، 44، ފުލުހުން ހައްޔަރު ކުރީ ޕާސްޕޯޓް ކައުންޓަރުގައި ހުންނަވަނިކޮށެވެ. ނަވަލްނާ ގައުމަށް ވަޑައިގަންނަވާތީ އޭނާގެ އެތައް ހާސް ސަޕޯޓަރުންނެއް މޮސްކޯގެ އެކި އެއާޕޯޓުތަކަށް ޖަމާވި އެވެ. ނަމަވެސް ފަހުން ވަނީ ނަވަލްނީ ދަތުރުކުރެއްވި ބޯޓު ޑައިވާޓްކޮށް ޝެރެމެޓިޔޭވޯ އެއާޕޯޓަށް ޖައްސައިފަ އެވެ. ނަވަލްނީއާ އެކު ގިނަ އަދަދެއްގެ ނޫސްވެރިން ވެސް ދަތުރުކުރި އެވެ.
ރަޝިޔާގެ އިދިކޮޅު ލީޑަރު ނަވަލްނީ އާއި އަނބިކަނބަލުން ޔޫލިއާ މޮސްކޯ އަށް ދަތުރު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
ނަވަލްނީ ހައްޔަރު ކުރުމާ އެކު އޭނާ ވަގުތުން ދޫކޮށްލުމަށް ވަނީ ޔޫރަޕިއަން ޔޫނިއަން، ފްރާންސް، ޖަރުމަން އަދި އިޓަލީން ވެސް ގޮވާލައިފަ އެވެ.
ރަޝިޔާގެ ޕްރިޒަން ސާވިސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިދިކޮޅު ލީޑަރު ނަވަލްނީއަކީ ތަފާތު ތުހުމަތުތަކާ ގުޅިގެން، ޑިސެމްބަރު 29، 2020 އިން ފެށިގެން ހޯދަން ބޭނުންވެފައިވާ މީހެއް ކަމަށެވެ. އަދި ކޯޓުން ގޮތެއް ނިންމަންދެން އޭނާ ބަންދުގައި ބަހައްޓާނެ ކަމަށް ވަނީ ބުނެފަ އެވެ.
ހާލު ދެރަވި ރަޝިޔާގެ އިދިކޮޅު ލީޑަރު ޖަލު ހޮސްޕިޓަލަށް
ރަޝިޔާގެ އިދިކޮޅު ލީޑަރު ޖަލުގައި ވަރަށް ހާލުގައި
ރަޝިޔާގެ އިދިކޮޅު ލީޑަރަށް ވަނީ ވިހަދީފައި: ޑޮކްޓަރުން
ވިހަދިން ކަމަށް ބެލެވޭ ރަޝިޔާގެ އިދިކޮޅު ލީޑަރު ޖަރުމަނަށް
ވިހަދިން ރަޝިޔާގެ އިދިކޮޅު ލީޑަރު ކޯމާއެއްގައި
ވެނެޒުއޭލާގެ އިދިކޮޅު ލީޑަރަކީ ރައީސް ކަމަށް ބަލައިފި
ރަޝިޔާގެ އިދިކޮޅު ލީޑަރު ވެރިކަމަށް އައުމަށް ހުރަސް
ރަޝިޔާގެ ރައީސް ޕުޓިން އިންޑިއާގައި
ފައްޔާޒުގެ ތާއީދު އިބޫގެ ކެންޑިޑޭޓް ގަޕޯއަށް
ހުރަސްތަކާ ހެދި ކަމަށް ވިދާޅުވެ ވަހީދު ފަހަތަށް!