ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި ލޯބިވެރިޔާ މުހައްމަދު ނަޖާހު 12 އަހަރަށް ޖަލަށްލާން ހުކުމްކުރި މައްސަލަ ނަޖާހްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
18 ޖެނުއަރީ 2021
ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި ލޯބިވެރިޔާ މުހައްމަދު ނަޖާހު 12 އަހަރަށް ޖަލަށްލާން ހުކުމްކުރި މައްސަލަ ނަޖާހްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
މީގެ 10 އަހަރު ކުރިން ނަޖާހުއާ އެކު މާލޭގައި ދިރިއުޅެމުންދިޔަ ޝީރީން ގެއްލިގެން ހޯދަމުން ދަނިކޮށް ޖެނުއަރީ، 2010 ގައި އޭނާގެ ހަށިގަނޑު ފެނުނީ ހަދަމުންދާ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭ، ކުނިވެފައި އޮއްވަ އެވެ. ނަޖާހުގެ މައްޗަށް ކުރީ ޝީރީން މަރާލުމަށް ފަހު ފޮއްޓަކަށް ލައިިގެން ގޮސް ހަށިގަނޑު އެއްލާލި ކަމުގެ ތުހުމަތެވެ.
ދަށު ކޯޓުން ނަޖާހު ސަލާމަތްވެފައި ވަނިކޮށް ހައި ކޯޓުން މިދިޔަ އަހަރުގެ އޮގަސްޓް މަހު ނިންމީ ގަސްދުގައި ޝީރީން މެރިކަން ނަޖާހުގެ މައްޗަށް ސާބިތު ނުވިޔަސް، ގަސްދަކާ ނުލައި މީހަކު މެރިކަން އޭނާގެ މައްޗަށް ސާބިތުވާތީ، 12 އަހަރަށް އޭނާ ޖަލަށްލުމަށެވެ. ގަސްދުގައި މީހަކު މެރިކަން ސާބިތުނުވީ ޝީރީންގެ ޕޯސްޓްމޯޓަމެއް ނެތުމާއި އެ ދެ މީހުން އެކުގައި އުޅެމުންދިޔަ ކޮޓަރީގައި ޝީރީން މަރާލި ގޮތެއް އަދި ބޭނުންކުރި ހަތިޔާރެއް ދައުލަތަށް ނުދެއްކޭތީ އެވެ.
އެ މައްސަލަ ނަޖާހުގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލާގެ ޝަރީއަތް އަންނަ ބުދަ ދުވަހު ފަށަން ސުޕްރީމް ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ. އެ މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.
އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
ޝީރީންގެ މަރު: ނަޖާހު ސުޕްރީމް ކޯޓުންވެސް ސަލާމަތްނުވި
ޝީރީންގެ މަރުގެ މައްސަލާގައި ނަޖާހު 12އަހަރަށް ޖަލަށް
ރައްކާތެރިކަމެއް ނެތް، ހަދާނެ ގޮތް ހުސްވަނީ!
އުދައްޔުގެ މަރު:ސަލާމަތްވި މީހާގެ މައްސަލަ ހައި ކޯޓަށް
އަސީލް މަރާލި މައްސަލަ އަލުން ބަލަން އަންގައިފި
ގާޒީ ފާއިޒްގެ ނިންމުން ބަދަލުކޮށް، ލަމްހާ ބަންދަށް
އުދައްޔުގެ މަރު: ދެ މީހުން މެރުމަށް ހުކުމްކޮށްފި
ސާހިލްގެ ޝަރީއަތް: ހެކިބަސް ނެގުން ދެ މަހުން ނިންމަނީ
އުދައްޔުގެ މަރު: ދެ މީހަކަށް ކުށް ސާބިތުވެއްޖެ
ލަންކާ މީހަކު މަރާލި މައްސަލާގައި ކުށް ސާބިތުނުވި