Roadha Mihaaru
ކުޅުދުއްފުށީ ހޮސްޕިޓަލްގެ އާ ބޯޑު އެކުލަވާލައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އާ ބޯޑު އެކުލަވާލައިފި

21 ޖެނުއަރީ 2021

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ބޯޑު އެކުލަވައިލައްވައި އެ ބޯޑަށް ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ބޯޑު އެކުލަވައިލައްވައި އެ ބޯޑަށް ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ބޯޑަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވީ އެ ހޮސްޕިޓަަލްގެ މެނޭޖަރު އަހުމަދު ދާއޫދާއި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއް ލަތީފް ހަސަަން ހިމެނޭ ގޮތުން ހަ ބޭފުޅެކެވެ.

އެ ދެ ބޭފުޅުންގެ އިތުރުން އައްޔަން ކުރެއްވީ ކުޅުދުއްފުށީ ތަރި އާމިނަތު ގާސިމް، މ. ކެލްވީނިއާ ޑރ. އާމިނަތު ނަޒީރު، ފުވައްމުލަކު ދޫޑިގަން، ޒީނިޔާ، މޫމިނާ އަބްދުﷲ އަދި ކުޅުދުއްފުށީ ހަނީމޫން ހަސަން ޝުޖާއު އެވެ.

ބޯޑުގެ ޗެއާއަކަށް ރައީސް އައްޔަން ކުރެއްވީ އާމިނަތު ގާސިމް އެވެ. އޭނާއަކީ ތައުލީމީ ދާއިރާއިން މާސްޓާސް ހައްދަވައިފައިވާ ބޭފުޅެކެވެ. އެންމެ ފަހުން އުޅުއްވީ ވެސް އެ ދާއިރާގަ އެވެ.

ކުޅުދުއްފުށި ހޮސްޕިޓަލަކީ އުތުރުގެ އަތޮޅުތަކުން ގިނަ އަދަދެއްގެ މީހުން ކޮންމެ ދުވަހަކު ފަރުވާ ހޮސްޕިޓަލެކެވެ. ކޮވިޑް-19 ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅި ފަހުން އެހެން ރީޖަނަލް ހޮސްޕިޓަލްތަކެކޭ އެއްގޮތަށް އެ ހޮސްޕިޓަލްގެ ޑިމާންޑް ވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ.