07 ނޮވެމްބަރ 2016
ގޮތް ނޭނގޭ ބަލިތަކެއްގެ ޝިކާރައަކަށް ވެފައިވާ އިބްރާހިމް ޒާހިލް އަށް އެހީވުމަށް އެންސްޕާ އިން ތިން ލައްކަ ރުފިޔާ ދީފި އެވެ.
ގޮތް ނޭނގޭ ބަލިތަކެއްގެ ޝިކާރައަކަށް ވެފައިވާ އިބްރާހިމް ޒާހިލް އަށް އެހީވުމަށް އެންސްޕާ އިން ތިން ލައްކަ ރުފިޔާ ދީފި އެވެ.
އެންސްޕާގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ އަލީ ޖަލީލް މިއަދު ވިދާޅުވީ ފަރުވާ އަށް އެހީ ހޯދުމަށް އެދި ޒާހިލްގެ އާއިލާ އިން ހުށަހެޅުމުން 20،000 ޑޮލަރު (ތިން ލައްކަ ރުފިޔާ) ހަމަޖައްސައިދީފައިވާ ކަމަށެވެ. އޭގެ އިތުރުން، ޒާހިލް އާއި އޭނާގެ އެހީތެރިއަކު ބެންކޮކަށް ދިއުމަށް ދެކޮޅު ޓިކެޓް ވެސް ހަމަޖައްސާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އުމުރުން 17 އަހަރުގެ ޒާހިލްގެ ފަރުވާ އަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ބޭނުންވާ ކަމަށް އާއިލާ އިން ބުނަމުން އަންނައިރު، މުޖުތަބާ ވިދާޅުވީ ފަރުވާ އަށް 20،000 ޑޮލަރު ހަމަޖެއްސީ ޑޮކްޓަރުގެ ލިޔެކިއުންތަކަށް ބަލާފައި ކަމަށެވެ.
"އެއީ ޑޮކްޓަރުން މިހާރު ދީފައިވާ ލިޔެކިއުންތަކަށް ބަލާއިރު ފަރުވާ އަށް އަރާނެ ކަމަށް ބެލެވޭ އަގު. ފަރުވާ އަށް އިތުރަށް އަރާނެ އަގު އެނގޭނީ ފަރުވާ ދޭން ފެށީމާ ދެއްތޯ،" އޭނާ ވިދާޅުވި އެވެ.
ހދ. ނެއްލައިދޫ އަށް އުފަން ޒާހިލް ބަލިވެ އުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ. އެންމެ ކުޑައިރުއްސުރެ ހަމުގެ ބަލިތަކެއް ތަހައްމަލްކުރަމުން ދިޔަ ޒާހިލް އަށް މިހާރު ވަނީ ގޮހޮރުގެ މައްސަލައެއް ވެސް ދިމާވެފަ އެވެ. އެހެންވެ، އޭނާ އަށް ކާން ދެނީ ހޮޅި ބޭނުންކޮށްގެންނެވެ. ކައިރި ގައުމަކުން ދާއިމީ ހައްލެއް ލިބެން ނެތުމުން ޒާހިލްގެ އާއިލާ އިން މަސައްކަތްކުރަމުން އަންނަނީ ދުރު ހިސާބަކަށް ގޮސްގެން ނަމަވެސް ފަރުވާއެއް ހޯދުމަށެވެ.
ޒާހިލް އަށް ފަރުވާ ހޯދުމަށް ބޭރުގެ ހޮސްޕިޓަލްތަކަށް އާއިލާ އިން ލިޔެކިއުންތައް ފޮނުވުމުން ބެންކޮކުގެ ހޮސްޕިޓަލަކުން ވަނީ އޭނާ އަށް ފަރުވާ ކުރެވޭނެ ކަމަށް އަންގައިފަ އެވެ. އެކަމަކު އެކަމަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވާނެތީ އާއި އެ ހޮސްޕިޓަލުގެ ފަރުވާ އާސަންދަ އިން ކަވަރު ނުކުރާތީ އާއްމުންގެ އެހީތެރިކަމަށް ވަނީ އެދިފަ އެވެ.
ޒާހިލް އަށް އެހީވުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ފައިސާ އެއްކުރުމުގެ ހަރަކާތްތަކެއް ހިންގަމުން އަންނައިރު، ކަޕްކޭކު ވިއްކައިގެން ކޭކު ޑޯނާސް އިން ވަނީ ދެ ފަހަރެއްގެ މަތިން ހަތަރު ލައްކައެއްހާ ރުފިޔާ ހޯދައިފަ އެވެ.
ދެން އާސަންދަ ލިބޭނީ އެހެން އިންޝުއަރެންސަށް ކަނޑާފައި
އެއްހަމައަކުން އާސަންދަ ދިނުން ބަދަލުކުރަން ގާނޫނެއް
އެންސްޕާއިން އެހީގެ ގޮތުގެ 400 މިލިއަން ދޫކުރި
ދަރިއަކަށްޓަކައި ހިތްފަޅައިގެން ގޮސް ތިބި އެތައް ބައެއް
މިހާތަނަށް 300 މިލިއަން ރުފިޔާ ހޭދަވެއްޖެ: އާސަންދަ
ފައިސާ ދައްކަން ޖެހޭ ހާލަތުގައި އާސަންދަ ލިބޭނެ
އިންޝުއަރެންސްތަކަކުން ކޭޝްލެސް ސާވިސް މެދުކަނޑާލައިފި
ފުލުހުން/ސިފައިންނަށް ކުރިއެކޭ އެއްގޮތަށް އާސަންދަލިބޭނެ
ފުދުންތެރިކަމަށް ބަލައި އާސަންދަ ދޭން ދިރާސާކުރަން ލަފާ
އަމިއްލަ އިންޝުއަރެންސުން ފުރަތަމަ ކެނޑުން މިއަހަރު