Roadha Mihaaru
އިންތިހާބު އަވަސްކުރަން ގޮވާލައި މުޒާހަރާއަށް

އިންތިހާބު އަވަސްކުރަން ގޮވާލައި މުޒާހަރާއަށް

25 ޖެނުއަރީ 2021

އިންތިހާބު އަވަސް ކުރަން ގޮވާލައި، ޕީޕީއެމް އަދި ޕީއެންސީން މާލޭގައި މުޒާހަރާކުރަން ފަށައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިންތިހާބު އަވަސް ކުރަން ގޮވާލައި، ޕީޕީއެމް އަދި ޕީއެންސީން މާލޭގައި މުޒާހަރާކުރަން ފަށައިފި އެވެ.

އިދިކޮޅު ފަރާތްތަކުން މި ވަގުތު މުޒާހަރާ ކުރަމުން ދަނީ އިލެކްޝަން ސެންޓަރު ހުންނަ ކުރީގެ ޖަމާލުއްދީން ސްކޫލުގެ އިމާރާތް ކައިރީގަ އެވެ. ޕީޕީއެމާއި ޕީއެންސީގެ އާންމު މެންބަރުންނާއި ޕާޓީގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ ގިނަ މެންބަރުން މުޒާހަރާގައި ބައިވެރިވެ އެވެ.

ޕީޕީއެމްގެ ދިދަ ހިފައިގެން މުޒާހަރާގެ ބައިވެރިން ގޮވާލަމުން އަންނަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށާއި ހަމަހަމަ ފުރުސަތު ދިނުމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ.

މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަދެ އެވެ. އަދި އެކަމުގެ ތެރޭގައި ތިން މީހަކު ފުލުހުންގެ ވެހިކަލަށް އަރުވައިގެން ގެންދިޔަ އެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ފުލުހުން މިހާރު ތިބީ އިލެކްޝަން ސެންޓަރަށް ނުވަދެވޭ ގޮތަށް ސަފު ހަދައި އެ ސަރަހައްދު ބަންދުކޮށްގެނެވެ.

މަނީ ލޯންޑަރިންގްގެ ދައުވާ ސާބިތުވި މައްސަލަ އިސްތިއުނާފް ކުރުމުން މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުން ވަނީ ރައީސް ޔާމީނަށް ކުރި ހުކުމް ރަނގަޅު ކަމަށް ނިންމައިފަ އެވެ. އެ މައްސަލާގައި ޕީޕިއެމް/ޕީއެންސީގެ ކައުންސިލުން ވަނީ ސީދާ ހަރަކާތަށް ނިކުތުމަށް ނިންމައިފަ އެވެ.