އޭވީސީގެ ސެންޓްރަލް އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (ސީއޭވީސީ) އިން މި އަހަރުގެ މުބާރާތްތަކުގެ ކަލަންޑަރު އެކުލަވާލިއިރު، ރާއްޖޭގައި ބައިނަލްއަގުވާމީ ދެ މުބާރާތެއް ބާއްވަން ޝެޑިއުލްކޮށްފި އެވެ.
08 ފެބުރުއަރީ 2021
އޭވީސީގެ ސެންޓްރަލް އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (ސީއޭވީސީ) އިން މި އަހަރުގެ މުބާރާތްތަކުގެ ކަލަންޑަރު އެކުލަވާލިއިރު، ރާއްޖޭގައި ބައިނަލްއަގުވާމީ ދެ މުބާރާތެއް ބާއްވަން ޝެޑިއުލްކޮށްފި އެވެ.
އެ ގޮތުން ރާއްޖޭގައި ބާއްވަން ނިންމާފައިވާ ދެ މުބާރާތަކީ ސެންޓްރަލް ޒޯން ޗެލެންޖް ކަޕް (އަންހެން) އާއި ބީޗް ވޮލީބޯލް ޗެލެންޖް ކަޕް (އަންހެން/ ފިރިހެން) އެވެ. އޭވީސީ ސެންޓްރަލް ޒޯން އަންހެން މުބާރާތް މިދިޔަ އަހަރު ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހުނެވެ. އެކަމަކު ކޮވިޑް-19ގެ ސަބަބުން މުބާރާތް ބޭއްވޭ ގޮތެއްނުވި އެވެ. އެންމެ ފަހުން ބޭއްވި ސެންޓްރަލް ޒޯން އަންހެން ވޮލީބޯޅަ މުބާރާތުން ރާއްޖޭގެ ގައުމީ އަންހެން ޓީމު ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.
އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ)ގެ ސެންޓްރަލް ޒޯން އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އިންތިހާބުވި ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް)ގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފް ސޮއިކުރައްވައި އާންމުކޮށްފައިވާ ޝެޑިއުލްގައިވާ ގޮތުން ސެންޓްރަލް ޒޯން ޗެލެންޖް ކަޕް ބާއްވާނީ އޮކްޓޫބަރު މަހުގަ އެވެ. އަދި ބީޗް ވޮލީބޯޅަ ޗެލެންޖް ކަޕް ތާވަލުކޮށްފައިވަނީ ނޮވެމްބަރު މަހަށެވެ.
ރާއްޖޭގައި މީގެ ކުރިން އަންހެން ވޮލީބޯޅައިގެ ބައިނަލްއަގުވާމީ މުބާރާތެއް ބާއްވާފައިވަނީ 2017 ވަނަ އަހަރު އެވެ. އެއީ ވޯލްޑް ޗެމްޕިއަންޝިޕް އަންހެން ވޮލީބޯޅަ މުބާރާތުގެ އޭވީސީ ކޮލިފައިން ބުރެވެ. ރާއްޖޭގައި ވަނީ 2015 ވަނަ އަހަރު އޭވީސީ ބީޗް ވޮލީބޯޅަ މުބާރާތެއް ވެސް ބާއްވައިފަ އެވެ. ރަސްމީކޮށް ބައިނަލްއަގުވާމީ ވޮލީބޯޅަ މުބާރާތަކަށް ދެން ރާއްޖޭގައި ބާއްވާފައިވަނީ 2017 ވަނަ އަހަރުގެ ސެންޓްރަލް ޒޯން ސީނިއާ މެންސް ޗެމްޕިއަންޝިޕް އެވެ.
ދާދި ފަހުން ވީއޭއެމް އިން ވަނީ ބައިނަލްއަގުވާމީ ބީޗް ވޮލީބޯޅަ މުބާރާތެއް އިއުލާނުކޮށްފަ އެވެ. އެ ގޮތުން މޯލްޑިވްސް އޯޕަން ނަމުގައި ކުރިއަށްގެންދަން ރާވާފައިވާ މި މުބާރާތް ޝެޑިއުލުކުރަން ނިންމާފައި އޮތީ މި މަހު 10 އިން އޭޕްރީލް މަހުގެ 10 އަކާ ދެމެދުގެ ތާރީހަކަށެވެ.
ވޮލީ ޓީމު ރޭންކިން މެޗުގައިވެސް ތަޖިކިސްތާން ބަލިކޮށްފި
ޗެލެންޖްކަޕްގައި ފިރިހެން ވޮލީޓީމަށް ނާކާމިޔާބު ފެށުމެއް
ޒުވާން ޓީމަށް މޮޅެއް ނުލިބުނު، ސީނިއާ ޓީމު ފުރައިފި
ދެވަނަ މެޗުގައި ލަންކާ އަތުން ވެސް ރާއްޖެ ބަލިވެއްޖެ
ޓްރޭނިން ކޭމްޕްގައި ވޮލީގެ ދެ ޓީމުވެސް ތައިލެންޑަށް
އާބަދަލުން ގައުމީ ޓީމަށް ކުރިއެރުން ހޯދޭނެ: ކާއްޓޭ
ވާދަވެރި ކުޅުމަކާއެކު ބަންގްލަދޭޝްއިން ރާއްޖެ ބަލިކޮށްފި
އެކުވެރިކަމުގެ މެޗުގައި ރާއްޖޭން ބަންގްލަދޭޝް ބަލިކޮށްފި
ދިވެހި ކޯޗުން ކުރިއަރާނީ ބިދޭސީ ކޯޗުންގެ އެހީ ލިބިގެން
ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗަކަށް މުންތާޒު