Roadha Mihaaru
ޓީވީ ބަތަލާ މީރާ ރާއްޖޭގައި

ޓީވީ ބަތަލާ މީރާ ރާއްޖޭގައި

18 ފެބުރުއަރީ 2021

އިންޑިއާގެ ޓީވީ ބަތަލާ މީރާ ޑިއޯސްތާލޭ ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ޓީވީ ބަތަލާ މީރާ ޑިއޯސްތާލޭ ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އުމުރުން 25 އަހަރުގެ ބަތަލާ އެކުވެރިންނާ އެކު ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓްގައި ނަގާފައިވާ ފޮޓޯތަކެއް ވީޑިއޯ ވެސް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.

މީރާ އަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ސިލްސިލާތައް ކަމަށްވާ "އުޅާން" އާއި "ސަސުރާލް ސިމްރަން ކާ" ފަދަ ސިލްސިލާތަކުން ފެނިފައިވާ ބަތަލާއެކެވެ. އޭނާ އެންމެ ފަހުން ކުޅުނު ސިލްސިލާ އަކީ މިދިޔަ އަހަރުގެ ކުރީކޮޅު ނިންމައިލި ކަލާޒްގެ "ވިދިއާ" އެވެ.

މީރާ ކުޅުނު އިތުރު ސިލްސިލާތަކުގެ ތެރޭގައި "ދިއްލީ ވާލީ ތާކޫރް ގާލްސް" އާއި "ޒިންދަގީ ވިންސް" ހިމެނެ އެވެ.

މި ފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނަ އިންޑިއާގެ ސެލެބްރިޓީންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު އޭގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ތަރިންގެ އިތުރުން ޓީވީ ތަރިން ވެސް ހިމެނެ އެވެ.

އިންޑިއާ އަކީ ރާއްޖެ އަށް ޓޫރިސްޓުން މިހާރު އެންމެ ގިނައިން އަންނަ އެ މާކެޓެވެ.