ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ފެށި ފުރަތަމަ ދުވަސްކޮޅު ސެންޓަރުތައް ފުރިފައި އޮތް ނަމަވެސް ތިން ވަނަ ހަފުތާ އަށް އެޅިއިރު ވެކްސިން ޖަހާ މީހުންގެ އަދަދު ދަށްވާން ފަށައިފި އެވެ.
23 ފެބުރުއަރީ 2021
ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ފެށި ފުރަތަމަ ދުވަސްކޮޅު ސެންޓަރުތައް ފުރިފައި އޮތް ނަމަވެސް ތިން ވަނަ ހަފުތާ އަށް އެޅިއިރު ވެކްސިން ޖަހާ މީހުންގެ އަދަދު ދަށްވާން ފަށައިފި އެވެ.
މި މަހުގެ 1 ވަނަ ދުވަހު ވެކްސިނޭޝަން ޕްރޮގްރާމް ފެށި ފަހުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި އެއް ދުވަހެއްގައި ވެކްސިން ޖެހި މީހުންގެ އަދަދު 5،000 އިން މައްޗަށް ވެސް އެރި އެވެ. ނަމަވެސް ތިން ވަނަ ހަފުތާ އަށް އެރި އިރު އެއް ދުވަހެއްގެ ތެރޭގައި ވެކްސިން ޖެހި މީހުންގެ އަދަދުތައް ހުރީ 3،000 ގަ އެވެ.
އެންމެ ފުރަތަމަ ވެކްސިން ޖަހަން ފެށީ ސިއްހީ ހިދުމަތްތެރިންނާއި ހައި ރިސްކު ކެޓަގަރީގައި ހިމެނޭ އުމުރުން 70 އަހަރުން މަތީގެ މީހުންނަށެވެ. އޭގެ ފަހުން އުމުރު ދަށް ކުރަމުން މިހާރު ވެކްސިން ދެމުން އަންނަނީ 30 އަހަރުން މަތީގެ މީހުންގެ އިތުރުން 18-30 އަހަރުގެ ހައި ރިސްކް މީހުންނަށެވެ. އެކަމަކު އުމުރު ދަށްކުރަން ފެށުމާއެކު ވެކްސިން ސެންޓަރުތައް ފަޅުވާން ފަށާފައި ވެ އެވެ.
ކޮވިޑް ވެކްސިން ޖަހައިދޭން ފެށި ފުރަތަމަ ދުވަސްކޮޅު، ވެކްސިން ޖަހަން ސޯޝަލް ސެންޓަރަށް ދިޔަ ބަޔަކު މަޑުކޮށްލައިގެން.
ވެކްސިން ޖެހުމަށް މާލެ ސަރަހައްދުގައި ގާއިމު ކޮށްފައިވާ އެންމެ ބޮޑު ސެންޓަރު، ސޯޝަލް ސެންޓަރުގައި މަސައްކަތްކުރާ މީހަކު ބުނީ ވެކްސިން ޖަހަން ދާ މީހުންގެ އަދަދު އާދިއްތަ ދުވަހުން ބުދަ ދުވަހާ ހަމައަށް ވަރަށް މަދުވެއްޖެ ކަމަށެވެ. އެ ސެންޓަރަށް މިހާރު އެންމެ ބާރު ބޮޑުވަނީ ބުރާސްފަތި ދުވަހު ކަމަށް އޭނާ ބުންޏެވެ.
ސޯޝަލް ސެންޓަރުގައި ގާއިމްކޮށްފައިވާ ވެކްސިނޭޝަން ސެންޓަރު އިއްޔެ ހުހަށް.-
"ވެކްސިން ޖެހީމަ ސައިޑް އިފެކްޓްސް އަންނާތީ އޮފީސްތަކުން ބޮޑަށް ބާރުއަޅަނީ ބުރާސްފަތި ދުވަހު ވެކްސިން ޖަހަން ދާން ކަމަށް އަޑުއެހީ. އޭރުން ހުކުރާއި ހޮނިހިރު ދުވަސް އެބަ ލިބޭ ރިކަވާއަށް،" އޭނާ ބުންޏެވެ.
ސައިޑް އިފެކްޓްސްގެ ގޮތުގައި ބޮލުގައި ރިއްސުމާއި ހުން އައުން އަދި ގައިގައި ރިއްސުން ފިޔަވައި މާ ބޮޑު ކަމެއް ދިމާވެފައިނުވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވެސް ބުނެ އެވެ. އެހެންވެ، ވީހާ ވެސް އަވަހަކަށް ވެކްސިން ޖެހުމަށް އެ ސެންޓަރުން ބާރުއަޅަ އެވެ.
އިއްޔެ ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 3،054 އަށް ވެއްޓިފަ އެވެ. އޭގެ ކުރީ ދުވަހު، [މިދިޔަ އާދިއްތަ ދުވަސް] 3،310 މީހުން އަދި މިދިޔަ ހޮނިހިރު ދުވަހު 3،755 މީހުން ވެކްސިން ޖަހާފައި ވެ އެވެ. މިދިޔަ ބުރާސްފަތި ދުވަހު މަލެ ސަރަހައްދުން އެކަނި ވެސް 5،998 މީހުން އަދި އޭގެ ކުރީ ހަފުތާގެ ބުރާސްފަތި ދުވަހު މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އިން 4،257 މީހުން ވެކްސިން ޖަހާފައި ވެ އެވެ.
ރެއާ ހަމައަށް ގާތްގަނޑަކަށް 80،000 މީހުންނަށް ރާއްޖެ އިން ކޮވިޑު ވެކްސިން ދީފައި ވެ އެވެ. މާލެ ސަރަހައްދުން އެކަނި ވެސް 59،000 އަށް ވުރެ ގިނަ މީހުން ވެކްސިން ޖަހާފައި ވެ އެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން މާދަމާ ދޭން ފަށަނީ
ވެކްސިން ޖަހަން 20،000 މީހުން ރަޖިސްޓަރީކޮށްފި
5 އަހަރުން މަތީގެ ކުދިންނަށް ކޮވިޑް ވެކްސިން ފަށައިފި
ކޮވިޑް ބޫސްޓާ ޑޯޒް ޖެހުން މަޖުބޫރު
ވެކްސިން ނުޖަހާ މުވައްޒަފުން ޓެސްޓު ހެދުން ލާޒިމު
50 ޕަސެންޓު މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފި
ކޮވިޑް ވެކްސިން ޖެހުން އީދު ބަންދަށް މެދުކަނޑާލަނީ
ދެ ބްރޭންޑްގެ ދެ ޑޯޒް ޖެހުނީ އޮޅުމަކުން: އެޗްއީއޯސީ
60 އަހަރުން މަތީގެ މީހުންނަށް ފައިޒާ ވެކްސިން ދެނީ
10،500އަށް ވުރެ ގިނަަ މީހުން ދެވަނަ ޑޯޒް ޖަހައިފި