Roadha Mihaaru
10،500އަށް ވުރެ ގިނަަ މީހުން ދެވަނަ ޑޯޒް ޖަހައިފި

ކޮވިޑް-19: ހަފުތާއެއްގެ ތެރޭގައި 10،500 އަށް ވުރެ ގިނަ މީހުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފި

08 އެޕްރީލް 2021

ރާއްޖެ އިން މިހާތަނަށް ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް، 10،567 މީހަކު ޖަހާފައިވާ ކަމަށް ހެލްތު ޕްްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖެ އިން މިހާތަނަށް ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް، 10،567 މީހަކު ޖަހާފައިވާ ކަމަށް ހެލްތު ޕްްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އިންޑިއާ އިން އުފައްދާ ކޮވިޝީލްޑް ވެކްސިން ޖެހި މީހުންގެ ތެރެއިން އަށް ހަފުތާވެފައި މީހުންނަށް ދެވަނަ ޑޯޒް ޖަހައިދޭން ފަށާފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެންނެވެ.

އެޗްޕީއޭ އިން ބުނީ 2،618 މީހަކު ވެކްސިންްގެ ދެވަނަ ޑޯޒް އިއްޔެ ޖަހާފައިވާ ކަމަށެވެ. އެއާއެކު ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމުލަ އަދަދު ވަނީ 10،567 އަށް އަރައިފަ އެވެ. މީގެ ތެރޭގައި ރަށްރަށުން ވެކްސިން ފުރިހަމަކުރި މީހުން ހިމެނެ އެވެ. އަދި އަށް ހަފުތާ ހަމަ ނުވި ނަމަވެސް، ޒަރޫރީ ބޭނުމެއްގައި ރާއްޖެ އިން ބޭރަށް ދާން ޖެހޭ މީހުންނަށް ވެސް އަންނަނީ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައި ދެމުންނެވެ.

މިހާތަނަށް މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހައި ތިބި މީހުންނަށް ޖަހައިދެނީ ޗައިނާގެ ސިނަފޯމް ވެކްސިން އެވެ. އެއީ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށް ޖެހުމަށް ހުއްދަދީފައިވާ ވެކްސިނެއް ކަމުނ ވެކްސިން ދެނީ އެ އުމުރުފުރާ އަށް އެކަންޏެވެ.

މިހާތަނަށް ރާއްޖެ އިން ޖުމުލަ، 260،285 މީހަކު ވަނީ ވެކްސިން ޖަހާފަ އެވެ.

ކޮވިޑް-19 އަށް މި ދުވަސްވަރު ޕޮޒިޓިވްވާ މީހުންގެ ނިސްބަތް އިތުރު ނަމަވެސް، ހޮސްޕިޓަލުގައި އެޑްްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވަނީ ދަށްވެފަ އެވެ. ކުރިން 100 އިން މަތީގައި ހުރި އެ އަދަދު މިހާރު ވަނީ 88 އަށް ތިރިވެފަ އެވެ.