Roadha Mihaaru
ޖޭއެސްސީން 17 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަނީ

ޖޭއެސްސީން 17 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަނީ

24 ފެބުރުއަރީ 2021

ކޮވިޑް-19 އިން ރައްކާތެރިވާން ސަރުކާރު އޮފީސްތައް ބަންދުކުރި ދުވަސްވަރު މެދުނުކެނޑި ކޯޓުތަކުން ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުމުން، އެ އުސޫލާ ހިލާފުވި 17 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް އޮފް މޯލްޑިވްސް (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 އިން ރައްކާތެރިވާން ސަރުކާރު އޮފީސްތައް ބަންދުކުރި ދުވަސްވަރު މެދުނުކެނޑި ކޯޓުތަކުން ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުމުން، އެ އުސޫލާ ހިލާފުވި 17 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް އޮފް މޯލްޑިވްސް (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ސަރުކާރު އޮފީސްތައް ބަންދުކުރި ނަމަވެސް ކޯޓުތަކުން ހިދުމަތް ދޭން ޖެހޭނެ ކަމަށް މިދިޔަ އަހަރު ކަނޑައެޅި އެވެ. އަދި އެ އެންގުމާ އެއްގޮތަށް ކޯޓުތަކުން އަމަލުކޮށް، ޖޭއެސްސީން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އަމަލުކުރަން އެ ކޮމިޝަނުން އެންގި އެވެ. ނަމަވެސް އެ އެންގުމާ ހިލާފަށް 17 ފަނޑިޔާރަކު އަމަލުކޮށްފައިވާ ކަމަށާއި އެ މައްސަލަ އެތަނުން ތަހުގީގުކުރަން ނިންމީ މިދިޔަ އަހަރުގެ ތިން ވަނަ ދުވަހު ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ސުލޫކީ މައްސަލަ ބަލާ ފަނޑިޔާރުން

- ސިވިލް ކޯޓުގެ ގާޒީ އާދަމް އިބްރާހިމް އިސްމާއިލް

- ޑްރަގް ކޯޓުގެ ގާޒީ ހުސެއިން ޝަހާމަތު މާހިރު

- ޅ. ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހުސެއިން އިބްރާހިމް

- ދ. މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަފީގު

- ދ. ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު އާމިރު

- މ. މުލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ޝަރީފް

- ކ. ދިއްފުށި މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އަހުމަދު

- ކ. ގުޅި މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހައްމާދު ނަސީމް އަލީ

- ލ. ކުނަހަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުލް މަޖީދު

- ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ޝަރީފް

- ނ. ހޮޅޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ހަސަންމަނިކު

- ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ސައީދު އަލީ

- ނ. ހެނބަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝަރީފް

- ރ. ވާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ނަޒީރު މުހައްމަދު

- ރ. އުނގޫފާރު ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ސޯދިގު

- ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުﷲ ހަމީދު

ރ. ކިނޮޅަސް މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހިމް ޒާހިރު

އެކި މައްސަލަތަކުގައި މިހާރުވެސް ވަރަށް ގިނަ ފަނޑިޔާރުންގެ މައްސަލަ އަންނަނީ ބަލަމުންނެވެ. މައްސަލަ ބެލުމަށް ފަހު ބައެއް ފަނޑިޔާރުން ވަނީ މަގާމުން ވަކި ވެސް ކޮށްފަ އެވެ.