Roadha Mihaaru
ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑް

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ދެ ހަފުތާއަށް ސަސްޕެންޑް

18 އެޕްރީލް 2022

ގިނަ މައްސަލަތަކަކާ ގުޅިގެން ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް މުސާރަ ނުލިބޭ ގޮތަށް ދެ ހަފުތާއަށް ސަސްޕެންޑްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގިނަ މައްސަލަތަކަކާ ގުޅިގެން ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް މުސާރަ ނުލިބޭ ގޮތަށް ދެ ހަފުތާއަށް ސަސްޕެންޑްކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް އަލީ އާދަމް ޖަމިއްޔާއެއް އުފައްދައި، އެކަމުގައި ހަރަކާތްތެރިވުމުގެ އިތުރުން އެ ޖަމިއްޔާއިން ބޭއްވި ހަރަކާތެއްގައި އޭނާ ބައިވެރިވެފައިވާ ކަމަށެވެ.

ޖޭއެސްސީން ބުނީ އެ ހަރަކާތަކީ ސިޔާސީ ހަރަކާތެއް ކަމަށް ބެލުމުގެ ފުރުސަތު އޮއްވައި އެ ހަރަކާތްތައް ޕްރޮމޯޓް ކުރަން އަލީ އާދަމް ފޭސްބުކްގައި އެކަން ހިއްސާ ކޮށްފައިވާ ކަމަށެވެ. އެކަންކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށް ވެސް ޖޭއެސްސީން ނެރުނު ބަޔާނެއްގައިވެ އެވެ.

މީގެ އިތުރުން ތަފްރީގު ކޮށްފައިވާ ކައިވެންޏެއް ރުޖޫއަކޮށް ދިނުމުގައި ބަލަންޖެހޭ މިންވަރަށް އޭނާ ނުބަލާކަން ވެސް ސާބިތުވެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެހެންވެ، ފިޔަވަޅެއްގެ ގޮތުން އިއްޔެއިން ފެށިގެން އޭނާ ދެ ހަފުތާއަށް ސަސްޕެންޑްކުރީ މުސާރަ ނުލިބޭ ގޮތަށް ކަމަށް އެ ބަޔާނުގައިވެ އެވެ.

އޭނާގެ ސަސްޕެންޝަނާ އެކު، ހދ. ޖުޑީޝަލް ދާއިރާ ހިންގުން ހދ. ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު އިސްމާއިލާ ވަނީ ހަވާލުކޮށްފަ އެވެ.