Roadha Mihaaru
މެޖިސްޓްރޭޓަކު ފަރުވާކުޑަކުރި ކަމަށްބުނެ މައްސަލަ ބަލަނީ

މައްސަލަ ބެލުމުގައި މެޖިސްޓްރޭޓަކު ފަރުވާ ކުޑަކުރި ކަމަށް ބުނެ މައްސަލަ ބަލަނީ

23 އޮކްޓޯބަރ 2022

މައްސަލައެއް ބެލުމުގައި މެޖިސްޓްރޭޓަކު ފަރުވާ ކުޑަކޮށް އަމަލުކުރި ކަމަށް ބުނެ އެ މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލަ ތަހުގީގުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މައްސަލައެއް ބެލުމުގައި މެޖިސްޓްރޭޓަކު ފަރުވާ ކުޑަކޮށް އަމަލުކުރި ކަމަށް ބުނެ އެ މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލަ ތަހުގީގުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ފަތުހުﷲ ޖަމީލް މޫސާ ޖިނާއީ އިޖުރައާތުގެ ގާނޫނުގެ 139 ވަނަ މާއްދާ އާއި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރައާތުގެ ގަވާއިދުގެ 122 ވަނަ މާއްދާ އާއި 123 ވަނަ މާއްދާގެ ދަށުން މައްސަލަ ބެލުމުގައި ފަރުވާ ކުޑަކޮށް، އަމަލުކުރި ކަމަށް ބުނާ މައްސަލައެއް ބަލަން ނިންމައި، ތަހުގީގު ކޮމިޓީ އެކުލަވާލާފައިވާ ކަމަށެވެ.

ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރައާތުގެ ގަވާއިދުގެ 122 ވަނަ މާއްދާ އާއި 123 ވަނަ މާއްދާއަކީ ކުށަށް އިއުތިރާފުވާ މައްސަލަތައް އަވަސް ނިޔާ އިން ނިންމުމުގެ އިޖުރައާތު ބަޔާންކުރާ މާއްދާ އެވެ.

ބައެއް ފަނޑިޔާރުން މައްސަލަ ބެލުމުގައި ފަރުވާ ކުޑަކުރުމާއި މައްސަލަތައް ލަސްކުރުމުގެ މައްސަލަތަކުގައި އެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ކުރިން ވެސް ބަލާފައިވެ އެވެ.

މިހާތަނަށް ގިނަ މައްސަލަތަކުގައި ނިންމާފައިވަނީ އެފަދަ ފަނޑިޔާރުންނަށް ނަސޭހަތް ދޭން ނުވަތަ ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށެވެ.