Roadha Mihaaru
އެއްމަސް ތެރޭ ހުކުމް ނުކުރުމުން ސުލޫކީ މައްސަލައެއް

އެއް މަސް ތެރޭގައި ހުކުމް ނުކުރުމުން މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަ ބަލަނީ

16 އޮކްޓޯބަރ 2022

ޖިނާއީ މައްސަލައެއްގައި އެއް މަސް ތެރޭގައި ހުކުމް ނުކުރުމުން މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖިނާއީ މައްސަލައެއްގައި އެއް މަސް ތެރޭގައި ހުކުމް ނުކުރުމުން މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނު އޮންނަ ގޮތުން އަޑުއެހުންތައް ނިންމާލާތާ ގިނަވެގެން 30 ދުވަސް ތެރޭގައި ހުކުމް އިއްވަން ޖެހޭނެ އެވެ.

ޖޭއެސްސީން އިން މިއަދު ބުނީ ގާނޫނުގައި ބުނާ މުއްދަތުގައި މައްސަލާގެ ހުކުމް ނުކުރާތީ ސ. ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އިބްރާހިމްގެ ސުލޫކީ މައްސަލަ ބަލަން ނިންމައި، ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

އަޑުއެހުންތައް ނިންމާލުމަށްފަހު އެއް މަސް ތެރޭގައި ހުކުމް ނުކޮށް ހުރި ބައެއް މައްސަލަތައް ކްރިމިނަލް ކޯޓުގައި ވެސް އެބަހުއްޓެވެ. އެކަމަކު މީގެކުރިން މިފަދަ ކަމެއްގައި ސުލޫކީ މައްސަލަ ބަލާފައެއް ނުވެ އެވެ.