Roadha Mihaaru
ފައިސާ މާރުކުރަން އިންޑިއާގެ ބޭންތަކުގައި ދިގު ކިޔޫތައް

ފައިސާ މާރުކުރަން އިންޑިއާގެ ބޭންތަކުގައި ކިޔޫތައް ބޮޑުވެ ހަމަނުޖެހުންގަނޑަކަށް

11 ނޮވެމްބަރ 2016

ނިއު ދިއްލީ (ނޮވެމްބަރު 11) - އިންޑިއާގައި ބޭނުންކުރާ 500 އާއި 1،000 ރުޕީސްގެ ނޫޓް މިދިޔަ އަންގާރަ ދުވަހުގެ ރެއިން ފެށިގެން ބޭނުން ނުކުރެވޭނެ ކަމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ އިއުލާން ކުރެއްވުމާ އެކު ބޭންކުތަކުގައި ކިޔޫ ދިގުވެ ބައެއް ބޭންކުތަކުގައި ހަމަނުޖެހުން ހިނގާ ހިސާބަކަށް ކަންތައް ހިނގައްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ފައިސާ މާރު ކުރަން އިންޑިއާގެ ބޭންކުތަކުގެ ބޭރުގައި ވަނީ ދިގު ކިޔޫތައް ހަދާފައި.

ފައިސާ މާރު ކުރަން އިންޑިއާގެ ބޭންކުތަކުގެ ބޭރުގައި ވަނީ ދިގު ކިޔޫތައް ހަދާފައި.

އިންޑިއާ ސަރުކާރުން މި ފިޔަވަޅު އެޅީ ވަގު ފައިސާ ދައުރުވުން ހުއްޓުވުުމުގެ ގޮތުންނެވެ. އެކަމަކު މީހުންގެ އަތުގައި ހުރި ފައިސާ ބޭންކުތަކުން މާރު ކުރުން ވަނީ ޑިސެމްބަރު 30 ގެ ނިޔަލަށް ފުރުސަތު ދީފަ އެވެ. މި ތާރީޚުގެ ކުރިން އެއްވެސް ސަބަބަކާ ހުރެ ފައިސާ ބަދަލު ނުކުރެވޭ މީހުންނަށް އަންނަ އަހަރުގެ މާޗު 31 ގެ ނިޔަލަށް ވަނީ އައިޑީގެ ޕްރޫފަކާ އެކު ފުރުސަތު ދީފަ އެެވެ.

ފައިސާ މާރުކުރަން ގިނަ ބަޔަކު ދިއުމުން ބައެއް ބޭންކުތަކުން ވަނީ ފައިސާ ހުސްވެފަ އެވެ. އަނެއްބައި ބޭންކުތަކުގެ ބޭރުގައި ހަދާފައި ދިގު ކިޔޫތަކުގައި ހަމަނުޖެހުން ހިންގަން ފެށުމުން ފުލުހުން ނުކުމެ މައްސަލަ ހައްލު ކުރަން ވެސް ވަނީ ޖެހިފަ އެވެ.

އިންޑިއާގައި 2،000 ރުޕީސްގެ އާ ނޫޓެއް ވަނީ ނެރެފައި.

އިންޑިއާގައި 2،000 ރުޕީސްގެ އާ ނޫޓެއް ވަނީ ނެރެފައި.

އިންޑިއާ އިން ބުރާސްފަތި ދުވަހު ވަނީ ސަލާމަތީ ގޮތުން އާ ކަންތައްތައް ހިމަނައިގެން 500 އާއި 2،000 ރުޕީސްގެ އާ ނޫޓެއް ނެރެފަ އެވެ. އާ ނޫޓުތަކުގެ ސައިޒް ވެސް ވަނީ ތަފާތުކޮށްފަ އެވެ.

އިންޑިއާގެ ބޭންކުތަކާއި އޭޓީއެމްތައް ވަނީ ބުދަ ދުވަހު ބަންދުކޮށްފަ އެވެ. އެހެންކަމުން ވިޔަފާރިންނަށް ވަނީ ބޮޑެތި ދަތިތައް ދިމާވެފަ އެވެ. އިންޑިއާގައި ދައުރުވާ ފައިސާގެ 85 ޕަސެންޓަކީ 500 އާއި 1،000 ގެ ނޫޓެވެ.