Roadha Mihaaru
"ޕަތާން" ގައި ދީޕިކާ ފެންނަ ގޮތް ވަރަށް ތަފާތުވާނެ

"ޕަތާން" ގައި ދީޕިކާ ފެންނަ ގޮތް ވަރަށް ތަފާތުވާނެ

04 މާޗް 2021

އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ "ޕަތާން" ގައި ބަތަލާ ދީޕިކާ ޕަދްކޯން ފެންނާނީ ވަރަށް ތަފާތު ލުކެއްގައި ކަމަށާއި މިއީ މިހާތަނަށް އޭނާ ފިލްމެއްގައި ފެންނާނެ ތަފާތު ގޮތަށް ވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ "ޕަތާން" ގައި ބަތަލާ ދީޕިކާ ޕަދްކޯން ފެންނާނީ ވަރަށް ތަފާތު ލުކެއްގައި ކަމަށާއި މިއީ މިހާތަނަށް އޭނާ ފިލްމެއްގައި ފެންނާނެ ތަފާތު ގޮތަށް ވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސިދާތު އާނަންދު ޑައިރެކްޓްކުރާ ފިލްމުގެ ޝޫޓިން މިދިޔަ އަހަރު ފަށައި ފިލްމުގެ ގިނަ މަންޒަތުތަކެއް މިހާތަނަށް ޝޫޓްކޮށްފައިވާ އިރު ޝޫޓިން ކުރިއަށް ގެންދަނީ ވަރަށް ގިނަ ފިޔަވަޅުތައް އަޅައިގެންނެވެ. އެގޮތުން "ޕަތާން" ގެ ސެޓުން އެއްވެސް ފޮޓޯއެއް ލީކްވިޔަ ނުދިނުމަށްޓަކައި، ކްރޫ މެމްބަރުން ފޯނު ގެންގުޅުން ވެސް އޮތީ މަނާކޮށްފަ އެވެ. މި އުސޫލާ ހިލާފުވެގެން ޖެނުއަރީ މަހުގެ ތެރޭގައި ޑައިރެކްޓަރާއި ކްރޫ މެމްބަރަކާ ދެމެދު މާރާމާރީއެއް ވެސް ހިނގާފައިވެ އެވެ.

ބައެއް މީޑިއާތަކުން "ޕަތާން" ގައި ދީޕިކާގެ ލުކަށް އަންނާނެ އެންމެ ބޮޑު ތަފާތަކީ އޭނާގެ އިސްތަށިގަނޑަށް ގެންނަ ބަދަލެވެ. އެގޮތުން ފިލްމު ޕްރޮޑިއުސްކުރާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ގައި ވަރަށް ގިނަ ލުކް ޓެސްޓްތަކެއް ހެދުމަށް ފަހު ފައިނަލްކޮށްފައި ވަނީ "ބޯއި ކަޓެއް" ކަމަށް މީޑިއާތަކުން ބުންޏެވެ. އޭގެ މާނަ އަކީ ދީޕިކާގެ ކެރެކްޓާ ފެންނަނީ ވަރަށް ކުރު އިސްތަށިގަނޑަކާ އެކީގަ އެވެ.

ޕިންކްވިލާ އިން ބުނީ "ޕަތާން" އަކީ ޝާހްރުކާއި އޭނާގެ އޭޖެންޓް ޓީމްގެ ވާހަކަ ކިޔައިދޭ އެކްޝަން ތުރިލާއަކަށްވެފައި ދީޕިކާ ވެސް ކުޅެނީ އެޖެންޓެއްގެ ރޯލް ކަމަށްވާތީ އޭނާ ފެންނާނީ ވަރަށް ސްޓައިލިޝްކޮށެވެ.

މި ފިލްމުގެ މަންޒަރުތަކެއް ޔޫއޭއީގައި ނަގަން މިހާރު ތައްޔާރުވަމުން އަންނަ އިރު، މި މަހުގެ މެދުތެރޭގައި ދީޕިކާ އަލުން ކާސްޓާއި ކްރޫއާ ގުޅޭނެ އެވެ. "ޕަތާން" ގެ ކާސްޓްގައި ޖޯން އަބްރަހަމާއި ޑިމްޕަލް ކަޕާޑިއާ ވެސް ހިމެނެ އެވެ.

ފިލްމުގެ ވަރަށް ހާއްސަ ފެނިލުމަކުން ސަލްމާން ޚާން ވެސް ފެންނާނެ އެވެ. އޭނާ ވެސް މި މަހުގެ ތެރޭގައި "ޕަތާން" ގެ ޝޫޓިންގައި ބައިވެރިވާނެ އެވެ.

މި ފިލްމަށް ފަހު ސިދާތު އަންނަ އަހަރު ރިތިކް ރޯޝަނާ އެކު ގެނެސްދޭ "ފައިޓާ" ގެ ބަތަލާ އަކީ ވެސް ދީޕިކާ އެވެ.