Roadha Mihaaru
ތިން ޓީމު މޮޅުވެ ލީގު ހޯދުމުގެ ރޭސް ފޯރިގަދަވެއްޖެ

ގަދަ ތިން ޓީމު މޮޅުވެ ލީގު ހޯދުމުގެ ރޭސް ފޯރިގަދަވެއްޖެ

04 މާޗް 2021

ޕެރިސް (މާޗް 4) - ފްރެންޗް ލީގުގެ ތާވަލުގެ ކުރީގައި އޮތް ތިން ޓީމު ވެސް ރޭ ކުޅުނު މެޗުތަކުން މޮޅުވުމާ އެކު ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ރޭސް ފޯރިގަދަވެއްޖެ އެވެ.

ޕެރިސް (މާޗް 4) - ފްރެންޗް ލީގުގެ ތާވަލުގެ ކުރީގައި އޮތް ތިން ޓީމު ވެސް ރޭ ކުޅުނު މެޗުތަކުން މޮޅުވުމާ އެކު ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ރޭސް ފޯރިގަދަވެއްޖެ އެވެ.

ލީގުގެ އެއް ވަނައިގައި އޮތް ލިލް އިން ރޭ 2-0 އިން މާސޭ ބަލިކުރިއިރު، ލިލް އެއް ވަނައިގައި އޮތީ 28 މެޗުން 62 ޕޮއިންޓާ އެކު އެވެ. ބޯޑޯ އަތުން 1-0 އިން މޮޅުވި އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ދެ ވަނައިގައި އޮތީ 28 މެޗުން 60 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ލިޔޯނުން ރޭ ވަނީ 1-0 އިން ރެނެސްގެ މައްޗަށް ކުރިހޯދައިފަ އެވެ. ލިޔޯނަށް ވަނީ 28 މެޗުން 59 ޕޮއިންޓް ލިބިފަ އެވެ.

ގަދަ ތިން ޓީމުގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް އޮތްއިރު، ލީގުގެ ރޭހުގައި މުހިއްމު ކަންތައްތަކެއް ކަނޑައެޅޭނީ މި ތިން ޓީމުން އެއް ޓީމު އަނެއް ޓީމަކާ ދެކޮޅަށް ކުޅޭ މެޗުތަކުންނެވެ. މިދިޔަ ތިން އަހަރުގެ ޗެމްޕިއަން ޕީއެސްޖީން މި މަހު 21 ވަނަ ދުވަހު ރަށުންބޭރުގައި ލިޔޯނާއި ކުޅުމަށް ފަހު އަންނަ މަހު ހަތަރެއްގައި އަމިއްލަ ދަނޑުގައި ލިލްއާ ބައްދަލުކުރާނެ އެވެ. ލިޔޯން ދަނޑުގައި ލިލްއާ ދެކޮޅަށް ކުޅޭ މެޗު އޮތީ އަންނަ މަހު 25 ވަނަ ދުވަހު އެވެ.

ލިލް ދަނޑުގައި ރޭ ކުޅުނު މެޗުގެ ދެ ވަނަ ހާފްގައި އެ ޓީމުގެ ދެ ގޯލު ވެސް ޖެހީ ކެނަޑާގެ ފޯވާޑް ޖޮނަތަން ޑޭވިސް އެވެ. ބޯޑޯ އަތުން ޕީއެސްޖީ މޮޅުކޮށްދިން ގޯލު ޖެހީ ޕަބްލޯ ސަރާބިއާ އެވެ. ރެނޭ ކޮޅަށް ޕީއެސްޖީގެ ހަމައެކަނި ގޯލު ޖެހީ ހުނަރުވެރި މިޑްފީލްޑަރު އޮސާމް އޯއާރް އެވެ.