ވަަލްޑޯފް އޮސްޓްރިއާ މޯލްޑިވްސް އިތާފުށިން މި މަހު ސާވިސް ޗާޖުގެ ގޮތުގައި އެ ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް ބައިލައްކަ ރުފިޔާ ދީފި އެވެ.
23 ޖެނުއަރީ 2021
ވަަލްޑޯފް އޮސްޓްރިއާ މޯލްޑިވްސް އިތާފުށިން މި މަހު ސާވިސް ޗާޖުގެ ގޮތުގައި އެ ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް ބައިލައްކަ ރުފިޔާ ދީފި އެވެ.
ރާއްޖޭގެ ރިސޯޓު މުވައްޒަފުންގެ ހައްގަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ރިސޯޓް ވޯކާސް މޯލްޑިވްސް އިން ހާމަކޮށްފައިވާ ގޮތުގައި އިތާފުށިން ސާވިސް ޗާޖުގެ ގޮތުގައި މި މަހު ކޮންމެ މުވައްޒަފަކަށް 3،340 ޑޮލަރު (51،502ރ.) ދޭނެ އެވެ. މިއީ މިހާތަނަށް ރާއްޖޭގެ ރިސޯޓަކުން އެންމެ ގިނަ ސާވިސް ޗާޖު ދޭ ފަހަރެވެ.
އެހެން ބައެއް ރިސޯޓުތަކުން ވެސް މި މަހު ސާވިސް ޗާޖު ދޭ އަދަދު ވަނީ އިތުރު ކޮށްފަ އެވެ. އެގޮތުން، ވަން އެންޑް އޮންލީ ރީތިރަށުން 3،007 ޑޮލަރު (46،367ރ.) ދޭއިރު އަނަންތަރާ ކިހަވަށް މޯލްޑިވްސް އިން 2،907.43 ޑޮލަރު (32،342ރ.) ދޭން ވަނީ ނިންމައިފަ އެވެ.
ގިނަ ރިސޯޓުތަކުން ސާވިސް ޗާޖު ބެހުމުގައި ބަލާނީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަނެއް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެން ބަލާ ނަމަ މިދިޔަ މަަހުގެ 20 ވަނަ ދުވަހުގެ ފަހުން ކްރިސްމަސް އާއި އާ އަހަރާ ގުޅިގެން ރާއްޖެ އަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. މި މަހުގެ ސާވިސް ޗާޖު އިތުރުވެފައި ވަނީ މި ސަބަބާ ހުރެ ކަމަށް ޓޫރިޒަމް ދާއިރާގެ ބައެއް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.
އެ މީހުން ދެކޭ ގޮތުގައި ބައެއް ރިސޯޓުތަކުގެ ސާވިސް ޗާޖު އިތުރުވީ ކޮވިޑް-19އާ ގުޅިގެން ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުރުމުގެ ސަބަބުންނެވެ.
ސާވިސް ޗާޖު ލިސްޓުގެ ކުރިއަށް އަނެއްކާވެސް ވެލާ
ސާވިސް ޗާޖު ލިސްޓުގެ ކުރީގައި މި މަހު އިތާފުށި
ސާވިސް ޗާޖު ދިނުމުގައި ޗުއްޓީ ދުވަސްތައް ގުނަންޖެހޭނެ
ވެލާގެ ސާވިސް ޗާޖު: މުވައްޒަފަކަށް 72،000ރ.
ސާވިސް ޗާޖަށް ހަތަރު ރިސޯޓަކުން 30،000ރ.
ސާވިސް ޗާޖު ބޮޑުކޮށް ދޭ ރިސޯޓުތަކުގެ ލިސްޓަށް ބަދަލެއް
ސާވިސް ޗާޖާއި މިނިމަމް ވޭޖަށް އަމަލުކުރޭތޯ ބަލަނީ
ކޯރާކޯރާގެ އެއާޕޯޓް ރެޕުންނަށް އަންހެނުން
ސިޔާމްވޯލްޑްގައި މުވައްޒަފުން ޓެސްޓް ނުކުރާކަމުގެ ޝަކުވާ
ތިން ރިސޯޓަކުން ސާވިސްޗާޖަށް ބައިލައްކަ ރުފިޔާ