މަސްތުވާތަކެތި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ޕެކެޓްތަކެއް ހއ. އަތޮޅުގެ ރަށްރަށަށް ލައްގާފައިވާ އިރު މިއީ މިދިޔަ ހަފުތާގެ ހޯމަދުވަހު މަލިކު ކައިރިން އިންޑިއާގެ ކޯސްޓް ގާޑުން އަތުލައިގަތް ސްރީ ލަންކާގެ ތިން ބޯޓަކުން ކަނޑަށް އުކާލި އެއްޗެހި ކަމަށް ލަފާކުރަން ފަށައިފި އެވެ.
22 މާޗް 2021
މަސްތުވާތަކެތި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ޕެކެޓްތަކެއް ހއ. އަތޮޅުގެ ރަށްރަށަށް ލައްގާފައިވާ އިރު މިއީ މިދިޔަ ހަފުތާގެ ހޯމަދުވަހު މަލިކު ކައިރިން އިންޑިއާގެ ކޯސްޓް ގާޑުން އަތުލައިގަތް ސްރީ ލަންކާގެ ތިން ބޯޓަކުން ކަނޑަށް އުކާލި އެއްޗެހި ކަމަށް ލަފާކުރަން ފަށައިފި އެވެ.
އިންޑިއާގެ ނޫސްތަކުން މިދިޔަ ހަފުތާގައި ވަނީ މި ބޯޓުތަކުގެ ވާހަކަ ރިޕޯޓްކޮށްފަ އެވެ. ކޯސްޓް ގާޑާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ އެ ބޯޓުތައް ފިލަން މަސައްކަތްކުރި އިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަނޑަށް އެޅި ކަމަށެވެ.
ކޯސްޓް ގާޑުގެ ބަޔާނަކާ ހަވާލާދީ އެންޑީޓީވީން ބުނެފައިވާ ގޮތުގައި ސްރީ ލަންކާގެ ތިން އުޅަނދަކަށް ފާރަލާން ފެށީ މި މަހުގެ ކުރީކޮޅު އިންޑިއާގެ ކަނޑުގެ ސިފައިންގެ ކަނޑާއި ވައިގެ މަގުން ހިންގި ސަވައިލެންސް އޮޕަރޭޝަނެއްގައި އުޅަނދުތަކުގެ ހަރަކާތްތަކާ މެދު ޝައްކުވުމުންނެވެ. މިތަނުން އެއް ބޯޓު ކަނޑުމަތީ އުޅޭތާ 15 ދުވަހަށް ވުރެ ވެސް ގިނަ ދުވަސް ވެފައިވާ ކަން އިންޑިއާގެ ތަހުގީގަށް އެނގެ އެވެ.
ލިބެމުން ދިޔަ މައުލޫމާތާއި އެ އުޅަނދުތަކުގެ މީހުންގެ ހަރަކާތްތައް ހުރި އާދަޔާ ހިލާފު ގޮތުން ޝައްކު ބޮޑުވި ކަމަށާއި އުޅަނދުތައް ދަތުރުކުރަމުން ދަނިކޮށް އިންޑިއާގެ ކޯސްޓް ގާޑާއި މަތިންދާބޯޓުތައް އެ ސަަރަހައްދުގައި އުޅޭކަން އެނގުމުން ދެން މަސައްކަތްކުރީ ފިލަން ކަމަށް ކޯސްޓް ގާޑާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
ފިއްލަދުއަށް އިއްޔެ ލެއްގި ކަޅު ދަބަސް: މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޕެކެޓުތައް އަޅާފައި ހުރީ މި ދަބަހަށް.-- ފޮޓޯ: ކިއުންތެރިއެއް
"އަތުލައިގަންނާނެ ކަމުގެ ބިރަށް އެ އުޅަނދުތައް އުޅުނީ އެ ސަރަހައްދު ދޫކޮށް ދާން. އެކަމަކު ފިލައިގެން ދާން ފުރުސަތެއް ނެތްކަން އެނގުމާ އެކު އެ މީހުން ވަނީ މަސްތުވާތަކެތި އަޅާފައި ހުރި، ގާތްގަނޑަކަށް 260 ކިލޯ ހުރި، ފަސް ގޯންޏެއް ކަނޑަށް އެއްލައިލާފައި،" އިންޑިއާ ކޯސްޓް ގާޑުގެ ބަޔާނުގައިވެ އެވެ.
އެހެންވެ މިހާރު ރާއްޖޭން މި ފެންނަނީ އުކާލި އެއްޗެހިން ބައެއް ކަމަށް ލަފާކުރެވެ އެވެ.
ބޯޓުތައް އަތުލައިގަތީ މަލިކު ކައިރިން ކަމަށް ވިޔަސް ކަނޑު ގަދަކަމުން އަދި މޫސުން ހުރި ގޮތުން އުޅަނދުތައް ގެންދިޔައީ އިންޑިއާގެ ޓްރިވެންޑްރަމް ކައިރީގައި އޮންނަ ބަނދަރުމަތީ ސަރަހައްދެއް ކަމަށްވާ ވިޒިންޖަމް އަށެވެ.
އަތުލައިގަތް ތިން ބޯޓުގެ ތެރެއިން ޑްރަގްސް ފެނުނު، ލަންކާގެ ހަ މީހަކު ތިބި ބޯޓު ފިޔަވައި އަނެއް ދެ ބޯޓާއި ފަޅުވެރިން ވަނީ ސްރީ ލަންކާގެ ކަމާ ބެހޭ ފަރާތްތަކާ އިންޑިއާ އިން ހަވާލުކޮށްފަ އެވެ.
ވަކި ޕެކެޓްތަކުގައި ހުރި އެއްޗިއްސާއި ޕެކެޓްކޮށް ގޯނީގައި ހުރި އެއްޗެހި ވެސް ހއ.ގެ އެކި ރަށްރަށުން ވަނީ ފެނިފަ އެވެ. އެންމެ ގިނައިން ފެނުނީ ފިއްލަދޫންނެވެ. އެ ރަށުން ފެނުނު ޕެކެޓްތަކުގެ ބަރުދަން 50 ކިލޯއަށް އަރަ އެވެ.
ރާއްޖޭގެ ސިފައިންނާއި ފުލުހުން މިހާރު އަންނަނީ އެ އެއްޗެހީގެ ހަގީގަތް ދެނެގަންނަން އޮޕަރޭޝަނެއް ވެސް ހިންގަމުންނެވެ.
ކަނޑު މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ޑްރަގްސް މީގެ ކުރިން ވެސް އެކި ފަހަރުމަތިން އަތުލައިގެންފައިވެ އެވެ. ހއ. އަތޮޅުގެ އެންމެ އުތުރުގައި އޮންނަ ރަށްތަކުގެ ތެރެއިން އިންނަފިނޮޅު ފަރަށް މެއި 31، 2018 ގައި އެރި އީރާނުގެ ބޯޓަކުން ވެސް ގިނަ އަދަދެއްގެ ޑްރަގްސް މޫދަށް އުކާލުމުން އެ ފަހަރު ވެސް އެ ހިސާބު ރަށްތަކަށް ޑްރަގްސް ލެއްގި އެވެ. އެ ބޯޓު ފަރަށް އެރުމުން ބައެއް ޑްރަގްސް ފަރުމައްޗަށް އުކާލުމަށް ފަހު ފަޅުވެރިން ވަނީ ބޯޓުގައި ރޯ ވެސް ކޮށްލައިފަ އެވެ.
ކޮމާޝަލް ޕްރޮޖެކްޓްތަކަށް އިންޓްރެސްޓް ރޭޓް ކުޑަ ލޯނު
ލެއްގީ ބޯޓަކުން އުކާލި ޑްރަގްސް ކަމަށް ލަފާކުރެވޭ
ހއ. އަތޮޮޅުގެ ރަށްރަށަށް މަސްތުވާތަކެތި ލައްގަނީ
ފިއްލަދޫ ކައުންސިލްގެ ދެ ގޮނޑި ވެސް އެމްޑީޕީ އަށް
އީރާނުގެ ބޯޓުގެ ދަލެއްގެ ތެރެއިން ޑްރަގް ފެނިއްޖެ
އީރާނުގެ ބޯޓުން 115 ކިލޯގެ މަސްތުވާތަކެތި ފެނުނު
އީރާނުގެ ބޯޓު މައްސަލާގައި ފުލުހުން އަދިވެސް ހިމޭނުން!
ފަހަރަކު ބޯޓެއް، މަސްތުވާތަކެތިން ފުރިފައި!
އުރުނު ބޯޓުގައި ހުރި މަސްތުވާތަކެތި ރަށްތަކަށް ލައްގަނީ
ބަދުއަހުލާގީ އަމަލު ހިންގަން ތިބި ބަޔަކު ހައްޔަރުކޮށްފި