Roadha Mihaaru
ކޮވިޑާ ގުޅިގެން ސަޗިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ކޮވިޑަށް ޕޮޒިޓިވްވެފައިވާ ސަޗިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

03 އެޕްރީލް 2021

މުމްބާއީ (3 އޭޕްރީލް) - ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިންޑިއާގެ ކްރިކެޓް ލެޖެންޑް ސަޗިން ޓެންޑުލްކާ އިތުރު ފަރުވާ ހޯދުމަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.

މުމްބާއީ (3 އޭޕްރީލް) - ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިންޑިއާގެ ކްރިކެޓް ލެޖެންޑް ސަޗިން ޓެންޑުލްކާ އިތުރު ފަރުވާ ހޯދުމަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.

ކޮވިޑަށް ޕޮޒިޓިވްވިކަން ސަޗިން ހާމަކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހެވެ. ބަލީގެ ކުޑަ އަލާމާތްތަކެއް އިހުސާސްކުރެވޭ ކަމަށް އޭރު ސަޗިން ވަނީ ބުނެފަ އެވެ.

އެކަމަކު ސަޗިން ވަނީ ހުކުރު ދުވަހު މުމްބާއީގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފަ އެެވެ. ސަޗިން ،47، ކުރި ޓުވީޓެއްގައި ބުނެފައިވަނީ ހޮސްޕިޓަލަށް ދިޔައީ "ޑޮކްޓަރުގެ ލަފާގެ މަތިން" ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.

ސަޗިން 2013 ވަނަ އަހަރު ކުޅުން ހުއްޓާލި ނަމަވެސް، އޭނާ އަކީ އިންޑިއާގައި އަދިވެސް ވަރަށް މަގްބޫލު ކުޅުންތެރިއެކެވެ. ކްރިކެޓްގެ ތާރީހުގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ބެޓްސްމަނުންގެ ތެރޭގައި ހިމެނޭ ސަޗިން ކޮވިޑަށް ޕޮޒިޓިވްވުމާއެކު، އޭނާ އަށް ހެޔޮ އެދޭ ސަޕޯޓަރުން ވަނީ ސޯޝަލް މީޑިއާ އަށް ޝުއޫރުތައް ބަންޑުންކޮށްލައިފަ އެވެ.

އިންޑިއާގައި އަނެއްކާ ވެސް ކޮވިޑްގެ ކޭސްތައް ވަނީ އިތުރުވެފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގައި 81،466 ކޭސް ރެކޯޑް ކުރެވުނުއިރު، 469 މީހުން ވަނީ މަރުވެފަ އެވެ.