Roadha Mihaaru
ނިއުޔޯކް ޓައިމްސް އަށް ލަތާ މަންގޭޝްކަރެއް ނޭނގުނު

ނިއުޔޯކް ޓައިމްސް އަށް ލަތާ މަންގޭޝްކަރެއް ނޭނގުނު

02 ޖޫން 2016

އިންޑިއާގެ ކޮމޭޑިއަނެއް ކަމަށްވާ ތަންމޭ ބަޓް ކިޔާ މީހަކު ދާދިފަހުން ވަނީ އެ ގައުމުގެ ކްރިކެޓް ޝަޚްސިއްޔަތު ސަޗިން ޓެންޑުލްކަރް އާއި މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރް އަށް މަލާމާތް ރައްދުވާ ގޮތަށް ވީޑިއޯއެއް ތައްޔާރުކޮށް ސޯޝަލް މީޑިއާގައި އެ ވީޑިއޯ އާއްމުކޮށްފަ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިންޑިއާގެ ކޮމޭޑިއަނެއް ކަމަށްވާ ތަންމޭ ބަޓް ކިޔާ މީހަކު ދާދިފަހުން ވަނީ އެ ގައުމުގެ ކްރިކެޓް ޝަޚްސިއްޔަތު ސަޗިން ޓެންޑުލްކަރް އާއި މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރް އަށް މަލާމާތް ރައްދުވާ ގޮތަށް ވީޑިއޯއެއް ތައްޔާރުކޮށް ސޯޝަލް މީޑިއާގައި އެ ވީޑިއޯ އާއްމުކޮށްފަ އެވެ.

މިކަމާ ގުޅިގެން އުފެދުނު ބޮޑު އަރާރުންގަނޑު ވަނީ މުޅި އިންޑީޔާގައި ބޮޑުވެފަ އެވެ. ސަބަބަކީ ސަޗިން އާއި ލަތާގެ އެތައް މިލިއަން ފޭނުންނެއް މި ވީޑިއޯ ތައްޔާރުކުރި މީހާ ދެކެ އިންތިހާއަށް ރުޅިގަދަވިއިރު ފިލްމު އިންޑަސްޓްރީގެ ބައެއް މީހުން އެމީހާއަށް ސަޕޯޓްކުރިއިރު އަނެއް ބަޔަކު އެއްވެސް އެއްޗެކޭ ބުނަން އިންކާރު ކުރުމެވެ.

ސަޗިން އާއި ލަތާގެ މޫނު ބަދަލުކޮށްލުމަށް ފަހު ދެ މީހުން އެކަކު އަނެކަކާ ދައްކާ ވާހަކައެއްގެ ގޮތަށް ތައްޔާރުކުރި މި ވީޑިއޯގައި އެމީހުންގެ އިއްޒަތާއި ގަދަރަށް އުނިކަން ލިބޭ ފަދަ ވާހަކަތައް ހުރި ކަމަށްވެ އެވެ. އެހެންކަމުން ލަތާ އާއި ސަޗިންގެ ފޭނުންނާއި ފިލްމު އިންޑަސްޓްރީގައި ތިބި އެމީހުންނަށް ތާއީދުކުރާ މީހުން އަދި އިންޑިޔާގެ ސިޔާސީ ޕާޓީތަކުން ވެސް މި ވީޑިއޯ އާ ހެދި ވަރަށް ރުޅިއައިސްފައިވެ އެވެ.

ލަތާ އާއި ސަޗިންގެ ވީޑިއޯ ތައްޔާރުކުރި ކޮމޭޑިއަން ތަންމޭ

ލަތާ އާއި ސަޗިންގެ ވީޑިއޯ ތައްޔާރުކުރި ކޮމޭޑިއަން ތަންމޭ

ގައުމުގެ ވަރުގަދަ ޝަޚްސިއްޔަތުތަކުގެ ތެރޭގައި ހިމެނޭ އިއްޒަތްތެރި ދެމީހަކަށް އާދައިގެ ކޮމޭޑިއަން އަކު އެވަރަށް މަލާމާތްކޮށްފައި ވީޑިއޯ ތައްޔާރުކުރުމަކީ ކިހިނެއް ކުރަން ވާނެ ކަމެއްތޯ ގިނަބަޔަކު ސުވާލު އުފައްދަ އެވެ.

މި މައްސަލައިގެ ވާހަކަތައް އިންޑިއާގެ ނޫސްތައް ފިޔަވައި ދުނިޔޭގެ އެންމެ ނަން މަޝްހޫރު ނޫސްތަކުން ވެސް މިހާރު ދަނީ ކަވަރު ކުރަމުންނެވެ. އެގޮތުން ދާދިފަހުން އެމެރިކާގެ ވަރަށް މަޝްހޫރު ނޫހެއް ކަމަށްވާ ނިއު ޔޯކް ޓައިމްސްގައި ވެސް މިކަމާ ގުޅޭ ޚަބަރެއް ޝާއިއު ކުރި އެވެ.

އެންމެ މަޖާ ކަމަކީ ނިއުޔޯކް ޓައިމްސްގައި މި ޚަބަރު ލިޔުނު މީހާއަށް ލަތާ މަންގޭޝްކަރް އަކީ ކިހާ ވަރެއްގެ މީހެއްކަން ނޭނގުނު ކަމެވެ. އެ ނޫހުގައިވާ އާޓިކަލްގައި ލަތާގެ ތައާރަފް ދެމުން ލިޔެފައިވަނީ "ލަވަކިޔުންތެރިއެއް ކަމަށް ބުނާ" (ސޯ ކޯލްޑް ސިންގާ) ލަތާ މަންގޭޝްކަރް މިހެންނެވެ. މިއީ 1940 ގެ އަހަރު ތަކުން ފެށިގެން މިހާތަނަށް ލަވަކިޔަމުން އައި ކުޅަދާނަ އަދި މަޝްހޫރު ޝަހްސިއްޔަތަކަށް ކުރެވުނު ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް އިންޑިޔާ މީހުން ގަބޫލުކުރެ އެވެ. އަދި ތަންމޭ ހަދާފައިވާ ވީޑިއޯގެ ސަބަބުން ރުޅިއައިސްފައި ތިބި ލަތާގެ ފޭނުން އަދި އެއަށް ވުރެ ގަދަޔަށް ރުޅިއަންނާނެ ކަމަށް ބެލެވެ އެވެ.