Roadha Mihaaru
އަންނަ ހަފުތާގެ އާދިއްތަ، ހޯމަ ބަންދު

އިންތިހާބާއި ރޯދަމަހުގެ ފުރަތަމަ ދުވަހާ ގުޅިގެން އާދިއްތަ، ހޯމަ ބަންދު

04 އެޕްރީލް 2021

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅިގެން އަންނަ ހަފުތާގެ އާދީއްތަދުވަސް ބަންދު ކުރަން ސަރުކާރުން ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅިގެން އަންނަ ހަފުތާގެ އާދީއްތަދުވަސް ބަންދު ކުރަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ އިންތިހާބާ ގުޅޭ މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާތީ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.

އޭގެ އިތުރުން މި އަހަރު ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 13 ވަނަ ދުވަސް (އަންގާރަ ދުވަސް) ކަމަށް ކަލަންޑަރުން ދައްކާތީ އަންނަ ހަފުތާގެ ހޯމަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އާންމުކޮށް އިންތިހާބުތަކުގައި 3،000 އެއްހާ އޮފިޝަލުން ބައިވެރިވި ނަމަވެސް މިފަހަރު އެއަށް ވުރެ ގިނައިން އޮފިޝަލުން ބޭނުންވާ ކަމަށް އީސީން ބުންޏެވެ. އެގޮތުން މާލޭގައި އެކަނިވެސް 2،000 އަށް ވުރެ ގިނަ އޮފިޝަލުން މި އިންތިހާބުގައި ހަރަކާތްތެރިވާނެ އެވެ.