Roadha Mihaaru
ތަފާތު ރެސިޕީތަކުން ޒުވާރީގެ ފައިދާ ހޯދާ!

ތަފާތު ރެސިޕީތަކުން ޒުވާރީގެ ފައިދާ ހޯދާ!

18 އެޕްރީލް 2021

އަހަރެމެންނަށް އާންމުކޮށް ޒުވާރި ކެވޭނީ ޕޮކްކޯންގެ ގޮތުގަ އެވެ. އެކަމަކު މިއީ އެތައް ގޮތަކަށް ކެވިދާނެ، ސިއްހަތަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަހަރެމެންނަށް އާންމުކޮށް ޒުވާރި ކެވޭނީ ޕޮކްކޯންގެ ގޮތުގަ އެވެ. އެކަމަކު މިއީ އެތައް ގޮތަކަށް ކެވިދާނެ، ސިއްހަތަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ.

ފިހެގެންނާއި ފެނުކައްކައިގެންނާއި ރޯސްޓްކޮށްގެންނާއި ސްޓީމްކޮށްގެންނާއި ގްރިލްކޮށްގެން ވެސް ޒުވާރި ކެވެ އެވެ. އަދި މިއީ ސެލެޑާއި ސަލްސާގައި ވެސް ހިމަނަން ވަރަށް ރަނގަޅު އެއްޗަކަށް ވާނެ އެވެ. ކެއުމެއް ތަފާތުކޮށްލަން ބޭނުންވާ ނަމަ ޒުވާރީގެ ރެސިޕީއެއް ދޭތެރެއަކުން ނަމަވެސް ތަޖުރިބާކޮށްލެވިދާނެ އެވެ.

ޒުވާރި އަކީ ހަށިގަނޑަށް ބޭނުންވާ ސިއްހީ ވަރަށް ގިނަ މާއްދާތައް އެކުލެވޭ އެއްޗެކެވެ. އެހެންވެ އާންމުކޮށް ޑައިޓްގައި ޒުވާރި ހިމަނާ ނަމަ އެއީ ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށް ދޭނެ ކަމެކެވެ. ޒުވާރި އަކީ ފައިބަރުން މުއްސަނދި އެއްޗަކަށްވާތީ މިއީ ހަޖަމުކުރުމުގެ ނިޒާމަށް ދިމާވާ މައްސަލަތަކަށް ވެސް ހައްލު ގެނެސްދޭނެ އެއްޗެކެވެ.

ހަމަމިއާ އެކު ޒުވާރީގައި އެކުލެވޭ ބީ ވިޓަމިންތަކުގެ ސަބަބުން މިއީ ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދޭ އެއްޗެކެވެ. ޒުވާރިން ލިއްބައިދޭ މާއްދާތަކުގެ ތެރޭގައި ޒިންކާއި މެގްނީޒިއަމާއި ކޮޕާ އާއި ދަގަނޑާއި މެގްނީޒް ހިމެނެ އެވެ.

ޒުވާރި.

ޒުވާރި.

މީގެ އިތުރުން، ޒުވާރި ކާ ނަމަ ހަށިގަނޑަށް ބޭނުންވާ އެތަކެއް އެންޓިއޮކްސިޑަންތަކެއް ވެސް ލިއްބައިދޭނެ އެވެ. އެގޮތުން އޭގައި އެކުލެވޭ ކެރަޓޮނޮއިޑްސް އާއި ލުޓީން އަދި ޒީޒަންތިންގެ ސަބަބުން ލޮލުގެ ސިއްހަތު ރަނގަޅުކޮށްދެ އެވެ.

ފަލަމަޑީގެ ބާވަތެއްގެ ގޮތުގައި ޒުވާރި މަޝްހޫރުވެފައިވާ އިރު، މި ބޭނުންކުރުމުގައި ހަކުރުބަލި ހުންނަ މީހުން ހާއްސަ ސަމާލުކަމެއް ދޭން ވާނެ އެވެ.