Roadha Mihaaru
އިންޑިއާގެ ދެ ކޮމީޑިއަނަކު އެންގޭޖްވެއްޖެ

އިންޑިއާގެ ދެ ކޮމީޑިއަނަކު އެންގޭޖްވެއްޖެ

19 އެޕްރީލް 2021

ރައްޓެހިވެގެން އުޅޭތާ ގިނަ ދުވަސްތަކެއް ފަހުން، އިންޑިއާގެ މަޝްހޫރު ދެ ކޮމީޑިއަނަކު އެންގޭޖްވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރައްޓެހިވެގެން އުޅޭތާ ގިނަ ދުވަސްތަކެއް ފަހުން، އިންޑިއާގެ މަޝްހޫރު ދެ ކޮމީޑިއަނަކު އެންގޭޖްވެއްޖެ އެވެ.

ކުރިން ސޮނީ ޓީވީގެ "ދަ ކަލިޕް ޝަރުމާ ޝޯ" ގައި ވެސް މަސައްކަތްކޮށްފައިވާ ސުގަންދާ މިޝްރާ އާއި ޑރ. ސަންކެތު ބޯސްލޭ އެންގޭޖްވި ވާހަކަ ސޯޝަލް މީޑިއާގައި އިއުލާންކުރީ ދެ މީހުން އެކީގައި ނަގާފައިވާ ފޮޓޯތަކަކާ އެކީގަ އެވެ.

ސުގަންދާ އާއި ސަންކެތަކީ މި ފަހުން ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑަށް ހޯދި އަދި ވަރަށް އުންމީދީ ދެ ކޮމީޑިއަކުންނެވެ.

ލަވަކިޔުންތެރިއެއްގެ ގޮތުގައި ކެރިއަރު ފަށައިގަތް ސުގަންދާ، 36، އަކީ މި ވަގުތު އިންޑިއާގައި ތިބި އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު އަންހެން ކޮމީޑިއަނުންގެ ތެރެއިން އެކަކެވެ. އޭނާ އަކީ ބަތަލާ ކަންގަނާ ރަނާވަތާއި ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރް ކޮޕީކޮށްގެން ބެލުންތެރިން ހެއްވައިލުމުގައި އަރާހުރި ފަންނާނެކެވެ. ރިޕޯޓްތައް ބުނާ ގޮތުން ސުގަންދާ ހިމެނޭ ކޮމެޑީ ޝޯއެއް "ކޮމެޑީ ކްލަބް" ގެ ނަމުގައި ވަރަށް އަވަހަށް ޒީޓީވީން ގެނެސްދޭން ފަށާނެ އެވެ.

އޭނާ އަކީ ކޮމީޑިއަނެއްގެ އިތުރުން ހޯސްޓެއް ވެސް މެ އެވެ. އެގޮތުން "ޑާންސް ޕްލަސް" ކަހަލަ ޝޯތައް ހޯސްޓްކޮށްފައިވެ އެވެ.

ސަންކެތު، 33، އަކީ ސަލްމާން ޚާނާއި ސަންޖޭ ދަތުގެ ސްޓައިލް ކޮޕީކޮށްގެން ބެލުންތެރިން ހެއްވައިލާ ފަންނާނެކެވެ. އަދި އޭނާގެ ކޮމެޑީތަކުގައި އެކްޓަރު ނީލް ނިތިން މުކޭޝްގެ ނަން ކިޔަން ނޭނގިގެން އަނގަ އޮޅުމަކީ ބެލުންތެރިން އެންމެ ފާހަގަކުރާ އެންމެ މަޖާ އެއް ކަންތަކެވެ.

ފޭސްބުކްގައި ވަރަށް އެކްޓިވްކޮށް އުޅޭ ސެންކެތުގެ ކޮމެޑީ ޝޯތަކެއް އެމްޓީވީން "ބާބާ ކީ ޗޯކް" ގެ ނަމުގައި ގެނެސްދީފައިވެ އެވެ.

އިންޑިއާގެ ކޮމީޑިއަނުންގެ ތެރެއިން ކައިވެނިކޮށްގެން އުޅޭ އެންމެ މަޝްހޫރު ދެ ކޮމީޑިއަނުންނަކީ ބާރްތީ ސިންގް އާއި ހާޝް ލިމްބާޗިއާ އެވެ.