Roadha Mihaaru

ރައީސް ދެކެވަޑައިގަންނަވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް

ވެރިކަމުގެ ނިިޒާމު ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ވިދާޅުވެ، އެ މަނިކުފާނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ފޮނުއްވި މެސެޖަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރައްދު ދެއްވައިފި އެވެ.

ރައީސްގެ ޖަވާބު: ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ވޯޓުން
އަހުމަދު ހަމްދޫން
އަހުމަދު ހަމްދޫން

19 އެޕްރީލް 2021

ވެރިކަމުގެ ނިިޒާމު ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ވިދާޅުވެ، އެ މަނިކުފާނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ފޮނުއްވި މެސެޖަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރައްދު ދެއްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް މެދުވެރި ކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިން ގާތު މިހެން ވިދާޅުވީ، ގައުމު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ، ބޮޑުވަޒީރަކަށް ވުމުގެ ޝައުގުވެރިކަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރޭ ފޮނުއްވި އެސްއެމްއެސްއެއްގައި ނަޝީދު ފާޅުކުރެއްވުމާ ގުޅިގެންނެވެ.

އެ އެސްއެމްއެސްގައި ނަޝީދު ވިދާޅުވީ، 2024 ގައި ރައީސަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. އަދި [2023ގެ ރިޔާސީ އިންތިހާބު ނުބާއްވައި] ރައީސަކު ކަނޑައަޅާނީ މިހާރު އޮތް މަޖިލީހުން ކަމަށް ވެސް އެ މަނިކުފާނުގެ މެސެޖުގައި ވެ އެވެ.

ނަމަވެސް ތަރުޖަމާން މަބްރޫކް ވިދާޅުވީ، މިހާރު އަމަލުކުރާ ވެރިކަމުގެ ނިޒާމަށް އަމަލުކުރަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަމަށް ވާތީ، އެ ނިޒާމަށް ބަދަލު ގެނެވޭނީ ވެސް އެ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެކެވަޑައިގަންނަވާ ކަމަށެވެ.

މިހާރު އަމަލުކުރާ ރިޔާސީ ނިޒާމަށް ވެރިކަން ކުރަނީ އޮގަސްޓް 18، 2007 ގައި ނެގި ވޯޓުގެ ބޮޑު ޕަސެންޓެއްގެ ރައްޔިތުން އެ އަށް ތާއީދު ކުރުމުންނެވެ. އެއީ 62 ޕަސެންޓެވެ.

ނަޝީދުގެ ސީދާ އެސްއެމްއެސްއާ ގުޅިގެން، މަބްރޫކް މެދުވެރި ކުރައްވައި ވަކި ޖަވާބެއް ރައީސް އާންމުކުރެއްވި ނަމަވެސް އެ އެސްއެމްއެސް އަށް އެ މަނިކުފާނު ޖަވާބު ދެއްވި ގޮތެއް ސަރުކާރަކުން ނުބުނެ އެވެ.

އެމްޑީޕީގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް. --ފޮޓޯ: ނިޝާން އަލީ/މިހާރު

އެމްޑީޕީގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް. --ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނޮވެމްބަރު 17، 2018 ގައި ވެރިކަމުގެ ހުވާކުރައްވައި، ބަރުލަމާނީ ނިޒާމަކުން ވެރިކަން ކުރުމުގެ ވާހަކަތައް ނަޝީދު ވަނީ އިސްވެ ފައްޓަވައިފަ އެވެ. ނިޒާމީ ވޯޓުގައި ވެސް ނަޝީދާއި އެމްޑީޕީ ނެގީ ބަރުލަމާނީގެ ކޮޅެވެ. ދެން އެ ބޭފުޅުންނާ އޭރު ވާގިވެރިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއޭ އެވެ. އެހެން ހުރިހާ ސިޔާސީ ޕާޓީތައް ބުރަވީ ރިޔާސީ ނިޒާމަށެވެ.

"ފުރަތަމަ އަޅުގަނޑުމެން ތެދުވެރިކަމާ އެކީގައި ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރަން ފައްޓަންވީ. އެބަހުރި ކުރެވެން ރައީސް

ގާނޫނުއަސާސީގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް، ގާނޫނުއަސާސީ އަށް ގެންނަ އިސްލާހަކުން ބަދަލުކޮށްފި ނަމަ އެ އިސްލާހެއް ތަސްދީގު ކުރަން ވާނީ ރައްޔިތުންގެ ވޯޓަކުން އެކަމަށް ތާއީދު ލިބުމުންނެވެ. އެހެންވެ، ވެރިކަމުގެ ނިޒާމަށް ބަދަލު ގެންނަން ރައްޔިތުން ގެ ގާތަށް ނުގޮސް އެކަން ނިންމާ ނަމަ ދެން ޖެހޭނީ ގާނޫނުއަސާސީގެ އެ މާއްދާ އުވައިލުމަށެވެ. އެހެން ނޫނީ، ކޮންމެ ހާލަތަކުން ވެސް ރައްޔިތުންގެ ވޯޓެއް ނަގަން ޖެހެ އެވެ. މިހާރުގެ ގާނޫނުއަސާސީ ވެސް ބައްޓަން ކޮށްފައި ވަނީ ރިޔާސީ ނިޒާމަށް ފައްތައިގެންނެވެ.

ތެދުވެރި ނަމަ ކޮންމެ ނިޒާމެއް ވެސް ރަނގަޅު: ރައީސް

މިއަދު ނޫނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ވެރިކަމުގެ ނިޒާމު ބަދަލުކުރަން ބާރު އަޅުއްވައި ނަޝީދު ދައްކަވާ ވާހަކަފުޅުތަކަށް ދެއްވީ ޑިޕްލޮމެޓިކް ޖަވާބުތަކެވެ. މީގެ ކުރިން މިހާ ސީދާކޮށް ވަކި ގޮތަކަށް އެއްޗެއް ވިދާޅެއް ނުވެ އެވެ.

މާޗް، 2019 ގައި "މިހާރު" އަށް ދެއްވި އިންޓަވިއުއްގައި ރައީސް ވިދާޅުވެފައި ވަނީ ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގައި ވެސް މައްސަލަތައް އެބަހުރި ކަމަށާއި އެކަމަކު ރައްޔިތުން ހަވާލުކުރި މަސައްކަތް ތެދުވެރިކަމާ އެކު ކުރަން ބޭނުން ނަމަ އެއިން ކޮންމެ ނިޒާމަކާ އެކު ވެސް ކުރިއަށް ދެވޭނެ ކަމަށެވެ.

"ފުރަތަމަ އަޅުގަނޑުމެން ތެދުވެރިކަމާ އެކީގައި ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރަން ފައްޓަންވީ. އެބަހުރި ކުރެވެން،" ރައީސް ވިދާޅުވި އެވެ. ނަމަވެސް ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު ވެސް ރާއްޖޭގައި ވެރިކަން ކުރަނީ ފުރިހަމަ ރިޔާސީ ނިޒާމަކަށް ނޫނެވެ. އެގްޒެކެޓިވް އެތައް ބާރެއް ރައްޔިތުންގެ މަޖިލިހަށް ލިބިފައިވާއިރު އޭގެ ނަތީޖާ އަކީ ސަރުކާރު ހިންގަން ދަތިވުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި އެ އަށް ބަދަލު ގެންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ: އެ މަނިކުފާނު ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލުނުކޮށް ވެސް ކުރެވޭނެ ކަންކަން އެބަހުރި ކަމަށް.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ: އެ މަނިކުފާނު ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލުނުކޮށް ވެސް ކުރެވޭނެ ކަންކަން އެބަހުރި ކަމަށް.

"އެހެން ނޫނިއްޔާ އަބަދު އަޅުގަނޑުމެން މި ތިބެން ޖެހެނީ މަޖިލިސް ފެށުމާ އެކީގައި މަޖިލިހުގައި ނަގާ ޑިސިޝަންތަކަށް ބަލަބަލާ. އެ އަށް ވުރެ ލުއި ގޮތެއް އެގްޒެކެޓިވް އަށް އޮންނަން އެބަޖެހޭ. އެހެން ނޫނިއްޔާ ދަތިވާނެ،" ރައީސް ވިދާޅުވެފައި ވެ އެވެ.

ލުއިގޮތަކީ މިހާރު އޮތް ރިޔާސީ ނިޒާމު ބަދަލުކުރުންތޯ މި އިންޓަވިއުގައި ދެންނެވުމުން ރައީސް ވިދާޅުވީ، ނިޒާމު ބަދަލުނުކޮށް ވެސް ކުރެވޭނެ ކަންކަން އެބަހުރި ކަމަށެވެ.، މިނިސްޓަރުންގެ އިތުބާރު ނެތްކަމުގެ ކަންކަން ރާއްޖޭގައި ސިމްޕަލް މެޖޯރިޓީން ފާސްކުރާއިރު، އެއީ އެހާ ފަސޭހަ ކަމަކަށް ވެގެން ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ، މީހަކަށް ރައްޔިތުންގެ މަޖިލިހުން އިތުބާރު ދިނުމަށް ފަހު ވަކިކުރެވެން ޖެހޭނީ ވަރަށް ބޮޑެތި މައްސަލަތަކެއް އެ މީހަކާ މެދު އޮވެގެން ކަމަށެވެ.

"އެ ކަންބޮޑުވުން އެބައޮތް. އެ ކަހަލަ ބަދަލުތަކެއް އެއްގޮތެއްގައި ވެއްޖިއްޔާ ގެނެވިދާނެ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ރިޔާސީ ނިޒާމުގައި ވެސް ބަރުލަމާނީ ނިޒާމުގައި ވެސް ރަނގަޅު އަދި ގޯސް ކަންތައްތައް އެބަހުއްޓެވެ.

"ބޮޑަށް ބުރަވަނީ މަސައްކަތް ކުރަން ތިބި ބައެއްގެ މައްޗަށް،" ރައީސް ވިދާޅުވެފައި ވެ އެވެ.