Roadha Mihaaru

މިޝޭލް އަކީ ރާމާމަކުނެއް ގޮތަށް ސިފަކުރި މޭޔަރު ހޫނުފެނަށް

ވޮޝިންޓަން (ނޮވެމްބަރު 16) - އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝޭލް އޮބާމާ އަކީ "ރާމާމަކުނެއް" ގޮތަށް ސިފަކުރި ވެސްޓް ވާޖީނިއާގެ ކުޑަ ޓައުނެއްގެ މޭޔަރަށް ފާޑުކިޔުންތައް އަމާޒުވެ، އެންމެ ފަހުން އޭނާ އިސްތިއުފާ ދެއްވައިފި އެވެ.

މިޝޭލްއަކީ ރާމާމަކުނެއް ގޮތަށްސިފަކުރި މޭޔަރު ހޫނުފެނަށް
ހަސަން އާމިރު
ހަސަން އާމިރު

16 ނޮވެމްބަރ 2016

ވޮޝިންޓަން (ނޮވެމްބަރު 16) - އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝޭލް އޮބާމާ އަކީ "ރާމާމަކުނެއް" ގޮތަށް ސިފަކުރި ވެސްޓް ވާޖީނިއާގެ ކުޑަ ޓައުނެއްގެ މޭޔަރަށް ފާޑުކިޔުންތައް އަމާޒުވެ، އެންމެ ފަހުން އޭނާ އިސްތިއުފާ ދެއްވައިފި އެވެ.

އެމެރިކާގެ ރައީސް ކަމުގެ މަގާމަށް ޑޮނަލްޑް ޓްރަމްޕް އިންތިޚާބު ކުރުމާ ގުޅިގެން ވެސްޓް ވާޖީނިއާގެ ކްލޭ ކައުންޓީ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ޑިރެކްޓަރު ޕަމެލާ ރަމްސީ ޓޭލާ ވަނީ ރީތި ފަސްޓް ލޭޑީއެއް ވައިޓް ހައުސް އަށް އަންނާތީ އުފާ ކުރާ ކަމަށް ފޭސްބުކުގައި ބުނެފަ އެވެ. އަދި އުސް ފައިވާނުގައި ހުންނަ ރާމާމަކުނެއް ފެނިފެނި ފޫހިވެއްޖެ ކަމަށް ވަނީ ބުނެފަ އެވެ. ޕަމެލާގެ ޕޯސްޓަށް ތާއީދުކޮށް ކްލޭ ކައުންޓީގެ މޭޔަރު ބިވަލީ ވޭލިން ކޮމެންޓް ކުރުމުން އޭނާ އަށް ވަނީ އިންތިހާށް ފާޑު ކިޔުން އަމާޒުވެފަ އެވެ. މި ކޮމެންޓް ފަހުން ޑިލީޓް ކުރި ނަމަވެސް އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާގެ އިސްތިއުފާ އަށް ގޮވާލާ ވަނީ ޕެޓިޝަނެއް ވެސް ތައްޔާރުކޮށްފަ އެވެ.

ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝޭލް އޮބާމާ.

ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝޭލް އޮބާމާ.

މޭޔަރު އިސްތިއުފާ ދިން ކްލޭ ކައުންޓީގެ ކުޑަ ޓައުނުގައި އުޅެނީ 491 މީހުންނެވެ. ދެހާސް ދިހަ ވަނަ އަހަރުގެ ބޯ ހިމެނުމުގެ ހިސާބުތައް ދައްކާ ގޮތުން އެ ކައުންޓީގެ 98 ޕަސެންޓަކީ ދޮން މީހުންނެވެ.

ޓޭލާ ފަހުން ވަނީ އޭނާގެ ކޮމެންޓަކީ ނަސްލީ ގޮތުން ދިމާކުރަން ކުރި ކަމެއް ނޫން ކަމަށް ބުނެ މައާފަށް އެދިވަޑައިގެންފަ އެވެ. ވެސްޓް ވާޖީނިއާގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ބެލިންޑާ ބައިފޯ ވެސް ފަހުން ވަނީ އެ ސްޓޭޓުގެ ރައްޔިތުންގެ ފަރާތުން މިޝޭލްގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ. ރިޔާސީ އިންތިޚާބުގައި އެ ސްޓޭޓުގެ 68.7 ޕަސެންޓް މީހުން ވޯޓު ދީފައި ވަނީ ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕަށެވެ.