Roadha Mihaaru
ބަރުދަން ލުއިކުރާ ޑައެޓުގައި ޖުމްހޫރީ މޭވާ މުހިންމު

ބަރުދަން ލުއިކުރާ ޑައެޓުގައި ޖުމްހޫރީ މޭވާ މުހިންމު

23 އެޕްރީލް 2021

ދިވެހިންނަށް ފަރިތަ ޖުމްހޫރީ މޭވާ އަކީ މޭވާތަކުގެ ތެރެއިން ފައިދާތައްގިނަ އެއްޗެކެވެ. މިއީ ވިޓަމިންތަކާއި އެންޓިއޮކްސިޑަންޓްތަކުން މުއްސަނދި މޭވާއެކެވެ. ހާއްސަކޮށް، ވިޓަމިން ސީ އާއި ޕްރޯވިޓަމިން އޭ އެވެ. މީގެ އިތުރުން ފައިބަރާއި އަޔަން އާއި ޕޮޓޭސިއަމް ވެސް ޖުމްހޫރީ މޭވާގައި އެކުލެވެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދިވެހިންނަށް ފަރިތަ ޖުމްހޫރީ މޭވާ އަކީ މޭވާތަކުގެ ތެރެއިން ފައިދާތައްގިނަ އެއްޗެކެވެ. މިއީ ވިޓަމިންތަކާއި އެންޓިއޮކްސިޑަންޓްތަކުން މުއްސަނދި މޭވާއެކެވެ. ހާއްސަކޮށް، ވިޓަމިން ސީ އާއި ޕްރޯވިޓަމިން އޭ އެވެ. މީގެ އިތުރުން ފައިބަރާއި އަޔަން އާއި ޕޮޓޭސިއަމް ވެސް ޖުމްހޫރީ މޭވާގައި އެކުލެވެ އެވެ.

މި މޭވާ އިން ހިތުގެ މައްސަލަތަކުން ރައްކާތެރިކަން ހޯދައިދީ، ދިފާއީ ނިޒާމު ވަރުގަދަކޮށްދީ އުމުރުން ދުވަސްވުމުން ހަށިގަނޑަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރެ އެވެ. އަދި ލޮލުގެ ފެނުން ވެސް ރަނގަޅުކޮށްދެ އެވެ.

ޖުމްހޫރީ މޭވާގެ އޮށަކީ އޭގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން ހަށިގަނޑު އިންސިއުލިން ވެސް ރަނގަޅުކޮށްދޭން އެހީވެދޭ އެއްޗެކެވެ. ހާއްސަކޮށް ފިރިހެނުންގެ އެވެ. އެހެންވެ ޖުމްހޫރީ ބޭނުން ކުރުމުން ބަރުދަން ލުއިވާން އެހީއަކަށްވުމާ އެކު ޓައިޕް2 ޑައިބިޓީޒް އިން ވެސް ރައްކާތެރިކަން ހޯދައިދެ އެވެ.

އާދައިގެ ސައިޒެއްގެ ޖުމްހޫރީ މޭވާއަކުން ދެ ގްރާމްގެ ފައިބަރު ލިއްބައިދޭނެ އެވެ. އެހެންވެ މިއީ ބަނޑަށް ދިމާވާ މައްސަލަތަކާ އެކު ހަޖަމުކުރުމުގެ ނިޒާމު ވެސް ރަނގަޅުކޮށްދޭނެ އެއްޗެކެވެ.

ޖުމްހޫރީ މޭވާ އަކީ ހަމައެކަނި ޖޫސް ގިރަން ބޭނުންކުރެވޭނެ އެއްޗެއް ނޫނެވެ. އެއީ ޑެޒަޓާއި ސެލަޑް ފަދަ އެއްޗެހީގައި ވެސް ބޭނުންކޮށްލެވިދާނެ އެއްޗެކެވެ. ޑައިޓެއް ބެލެންސްކުރަން ޖުމްހޫރީ މޭވާ އަކީ މުހިއްމު ބާވަތަކަށް ވާނެ އެވެ.