ކާޑިފް (24 އޭޕްރީލް) - ގެވެށި އަނިޔާގެ ދައުވާ ރަޔަން ގިގްސްގެ މައްޗަށް އުފުލުމުން، އޭނާ އަދާ ކުރަމުން ދިޔަ ވޭލްސްގެ ގައުމީ ޓީމުގެ ކޯޗް ގެ މަގާމުން އޭނާ ދުރުކޮށްފި އެވެ.
24 އެޕްރީލް 2021
ކާޑިފް (24 އޭޕްރީލް) - ގެވެށި އަނިޔާގެ ދައުވާ ރަޔަން ގިގްސްގެ މައްޗަށް އުފުލުމުން، އޭނާ އަދާ ކުރަމުން ދިޔަ ވޭލްސްގެ ގައުމީ ޓީމުގެ ކޯޗް ގެ މަގާމުން އޭނާ ދުރުކޮށްފި އެވެ.
ގިގްސްގެ މައްޗަށް ދައުވާ ކުރަނީ، އޭނާގެ ކުރިގެ ލޯބިވެރިޔާ ކޭޓް ގްރެވިލްއަށް ޖިސްމާނީ އަނިޔާ ކުރިކަމުގެ ތުހުމަތުގަ އެވެ. އެހެންނަމަވެސް އެ ތުހުމަތުތައް ގިގްސް ދޮގު ކުރެ އެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ކުރީ ކުޅުންތެރިޔާގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޖުޑިޝަލް މަރުހަލާގެ ތެރެއިން އޭނާ އަކީ ސާފު މީހެއްކަން އެނގިގެންދާނެ ކަމަށެވެ.
އެ މައްސަލައިގައި ފުލުހުން އޭނާ ހައްޔަރު ކުރި އެވެ. އެހެންނަމަވެސް ކާފަލާތުގެ ދަށުން އޭނާ ދޫކޮށްލި އެވެ. ސަލްފޯޑްގެ މެޖިސްޓްރޭޓް ކޯޓަށް އަންނަ ބުދަ ދުވަހު އޭނާ ހާޒިރު ކުރާނެ އެވެ.
ގެވެށި އަނިޔާގެ ކުށުގައި ގިގްސްގެ މައްޗަށް ތުހުމަތު ކުރެވުމުން، ނޮވެމްބަރު މަހު ވޭލްސްގެ ޓީމުގެ މަސައްކަތްތަކުން އޭނާ އެކަހެރި ކުރި އެވެ. ނަމަވެސް އިއްޔަގެ ނިޔަލަށް އޭނާ އަދާ ކުރަމުން ދިޔަ މަގާމު މިހާރު ވަނީ އޭނާ އަށް މުޅިން ގެއްލިފަ އެވެ.
ކޯޗުގެ މަގާމަށް ރަސްމީކޮށް ހަމަޖައްސާފައި ވަނީ ކުރިން އެސިސްޓެންޓް ކޯޗަކަށް ހުރި ރޮބަޓް ޕޭޖް އެވެ. ވަޓްފޯޑްގެ ކުރީގެ ކެޕްޓަން ކުރިން މަސައްކަތް ކުރީ ވޭލްސް 21 އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗަކަށެވެ. ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗްގެ މަގާމަށް އޭނާ ޕްރަމޯޓް ކުރީ މިދިޔަ އަހަރު އެވެ.
ޖޫން ޖުލައިގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޓީމަށް އިރުޝާދު ދޭނީ އޭނާ އެވެ. ނޮވެމްބަރު މަހުން ފެށިގެން އޭނާ ދަނީ ގައުމީ ޓީމުގެ ކޯޗްގެ މަސްއޫލިއްޔަތު އުފުލަމުންނެވެ. މިހާރު ހެޑް ކޯޗްގެ މަސްއޫލިއްޔަތު ރަސްމީކުށް އޭނާ ހަވާލު ކުރީ އެވެ. އޭނާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރަނީ ކުރިން ދެ ވަނަ އެސިސްޓެންޓެއްގެ ގޮތުގައި ހުރި އަލްބަޓް ސްޓެއިވަންބާގް އެވެ. އޭނާ އަކީ އާސެނަލްގެ ވެސް އެސިސްޓެންޓް ކޯޗެވެ.
ވޭލްސްގެ ކޯޗުކަމުން ގިގްސް އެންމެފަހުން އިސްތިއުފާ ދީފި
ގިގްސް ވޭލްސް ޓީމާ ގުޅުން ފަސްކޮށްފި
ތުހުމަތަކާ ގުޅިގެން ގިގްސް މަސައްކަތުން އެކަހެރިކޮށްފި
ފުޓްބޯޅަ ތާރީހުގައި ބޭލްގެ ނަން އޮންނާނެ: ގިގްސް
އުމުރުން 33 އަހަރުގައި ބޭލް ރިޓަޔާ ކުރީ ކީއްވެ؟
ވާދަވެރި ގުރޫޕުން އިންގްލެންޑާއި އެމެރިކާ ދެމިގެންފި
އިރާނަށް އުންމީދު، ފުރަތަމަ ރަތްކާޑް ވޭލްސްގެ ކީޕަރަށް
އެމެރިކާގެ ލަނޑު ޖެހީ ލައިބީރިއާގެ ރައީސްގެ ދަރިކަލުން
ބެލްޖިއަމް ބަލިކޮށް ނެދަލެންޑްސް ފައިނަލް ބުރަށް
ސަޕޯޓަރުން ކުރިމަތީގައި އިނގިރޭސީން ލަދުގަންނަވާލައިފި