25 އެޕްރީލް 2021
ކޮވިޑް-19 ގެ ސަބަބުން މަސައްކަތެއް ނުލިބި މިހާރު ދޮޅު އަހަރު ދުވަސްވެއްޖެ ކަމަށާއި އެ ބަލިމަޑުކަމުގެ ސަބަބުން ދެން ކުރިމަތިވެދާނެ ހާލަތަކާ ހެދި ވަރަށް ކަންބޮޑުވާ ކަމަށް އެކްޓަރު އައްޔޫބް ޚާން ބުނެފި އެވެ.
ކޮވިޑް-19 ގެ ސަބަބުން މަސައްކަތެއް ނުލިބި މިހާރު ދޮޅު އަހަރު ދުވަސްވެއްޖެ ކަމަށާއި އެ ބަލިމަޑުކަމުގެ ސަބަބުން ދެން ކުރިމަތިވެދާނެ ހާލަތަކާ ހެދި ވަރަށް ކަންބޮޑުވާ ކަމަށް އެކްޓަރު އައްޔޫބް ޚާން ބުނެފި އެވެ.
ފިލްމުތަކާއި ޓީވީ ސިލްސިލާތަކުގެ ސަޕޯޓިލް ރޯލްތަކުން ފެންނަ 53 އަހަރުގެ އެކްޓަރު ޓައިމްސް ނައު އަށް ދިން އިންޓަވިއުއެއްގައި ބުނީ ދޮޅު އަހަރު ވަންދެން މަސައްކަތެއް ނުލިބި އަދި މަސައްކަތެއް ކުރާނެ މަގުވެސް ތަނަވަސްވެފައި ނެތުމުން، ރައްކާކޮށްފައި ހުރި ފައިސާކޮޅު ވެސް މިހާރު އެއްކޮށް ހުސްވާން ކައިރިވެފައިވާ ކަމަށެވެ.
"އެ ހިސާބުން ދެމް މަޖޫބުރުވާނެ ބައެއްގެ ގާތުގައި އެހީ އަށް ވެސް އެދެން،" ހިންދީ ސިނަމާގެ ލެޖެންޑެއް ކަމަށްވާ ދިލިކް ކުމާރަށް ބޮޑުބޭބެ ކިޔާ އައްޔޫބް ބުންޏެވެ.
އޭނާ ބުނީ މިދިޔަ އަހަރު ކޮވިޑާ އެކު ކުރިމަތިވި ލޮކްޑައުންގެ ސަބަބުން ދޮޅު އަހަރު ހުންނަން ޖެހުނީ އެއްވެސް މަސައްކަތެއް ނެތިފައި ކަމަށެވެ. އަދި އަނެއްކާ މިހާރު ކޮވިޑްގެ ހާލަތު ގޯހުން ގޯހަށް ގޮސް ފިލްމާއި ޓީވީ މަސައްކަތްތައް ހުއްޓިއްޖެ ނަމަ އަނެއްކާ ވެސް ދިރިއުޅުން އިތުރު ބުރައަކަށްވާނެ ކަމަށް ބުންޏެވެ.
"އަހަރެން އުންމީދުކުރަން މިދިޔަ އަހަރު އިއުލާންކުރި ކަހަލަ ދިގު ލޮކްޑައުންއަކަށް އަލުން ދާން ނުޖެހި ސަލާމަތްވާނެ ކަމަށް. ލޮކްޑައުންއަކަށް ގޮސްފި ނަމަ އަހަރެން ކަހަލަ އެތައް ބަޔަކު އަނެއްކާ ވެސް ހާލުގައި ޖެހޭނެ،" ދެ ކުދިންގެ ބައްޕަ ބުންޏެވެ. "އެފަދަ ހާލަތެއް ކުރިމަތިވެއްޖަ ނަމަ ހަ މަ ޔަގީނުން ވެސް އަހަރެންގެ މާލީ ހާލަތު ވަރަށް ދަށަށް ދާނެ. މިހާރު ވެސް އެއްކޮށް އަތްމަތި ހުސްވުމާ ގާތުގައި މިހުރީ."
އައްޔޫބް ކުޅުނު ފިލްމުތަކުގެ ތެރެއިން އޭނާ ލީޑް ރޯލު ކުޅުނު 1994 ގެ "ސަލާމީ" އަކީ އާންމުންގެ ތެރޭގައި ވަރަށް މަޝްހޫރުވި ފިލްމެކެވެ. ހާއްސަކޮށް އެ ފިލްމުގެ ލަވަތައް އެ ދުވަސްވަރު ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި އެވެ.
ކެރިއަރުގެ ކުުރީކޮޅުގައި ލީޑް ރޯލު ކުޅެން ލިބުނަސް ފަހުން އައްޔޫބް މުޅިން ވެސް ކުޅެމުން އަންނަނީ ސަޕޯޓިން ރޯލްތަކެވެ. އޭނާ މަސައްކަތްކޮށްފައިވާ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ދިލް ޗާތާ ހޭ"، "އަޕަހާރަން"، "ގަންގާޖަލް"، "ގަޔާމަތު" އަދި "މޭލާ" ހިމެނެ އެވެ.
އައްޔޫބް ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ޝަކްތީ: އަސްތިތުވާ ކޭ އެހްސާސް ކީ" އާއި "އޭކް ބްރަމް ސަރުވަގުން ސަމްޕަނާ"، "އުތާރަން" އަދި "އޭކް ހަސީނާ ތީ" ފަދަ އެތައް ސިލްސިލާއެއް ހިމެނެ އެވެ.
ޓީވީ އެކްޓަރު ޝިވިންއަށް ބޮލީވުޑްގެ އިތުރު ފިލްމެއް
ފަރުދީންގެ އާ ފިލްމުގެ ބަތަލާއަކަށް ކްރިސްޓަލް
ޝްވޭތާގެ ދަރިފުޅު ތައާރަފްކުރާ ފިލްމުގެ ޓީޒާއެއް
ހީނާ އާއި ލޯބިވެރިޔާ ނަމަކަށް ކައިވެންޏެއް ނުކުރާނެ
ޓީވީ ބަތަލާ ރުބީނާ ވެސް ބޮލީވުޑަށް
މާހިރާގެ އާ ސިލްސިލާއެއް ހަމް ޓީވީ އަށް
"އިމްލީ" އިން ގަޝްމީރުގެ މަގުބޫލުކަން ބޮޑުވެއްޖެ
ބޮލީވުޑަށް ނުކުންނަން އުޅުމުން ފާޑުކީ ސިފަޔަށް: ރާދިކާ
ބޮލީވުޑްގައި އެތައް މަސައްކަތެއް ކުރުމަށްފަހު ހާލުގައި
ސުޝާންތުގެ "ޕަވިތުރަ ރިޝްތާ" ގެ ކެރެކްޓާ ޝަހީރަށް