Roadha Mihaaru
ޑްރެގަން ފުރުޓުން ވެސް އެތައް ފައިދާއެއް

ޑްރެގަން ފުރުޓުން ވެސް އެތައް ފައިދާއެއް

09 މާޗް 2020

ކެކްޓަސްގެ އާއިލާ އަށް ނިސްބަތްވާ ޑްރެގަން ފުރުޓަކީ މިހާރު ދިވެހިންގެ ތެރޭގައި ވެސް ބޮޑަށް މަގުބޫލުވަމުން އަންނަ މޭވާއެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކެކްޓަސްގެ އާއިލާ އަށް ނިސްބަތްވާ ޑްރެގަން ފުރުޓަކީ މިހާރު ދިވެހިންގެ ތެރޭގައި ވެސް ބޮޑަށް މަގުބޫލުވަމުން އަންނަ މޭވާއެވެ.

މި މޭވާ އަކީ ހަށިގަނޑަށް ބޭނުންވާ އެތައް މާއްދާއަކުން މުއްސަނދި މޭވާއެކެވެ. އޭގެ ތެރޭގައި ޕްރޮޓީނާއި ކާބޮހައިޑްރޭޓާއި ފައިބަރާއި މެގްނީޒިއަމާއި އަޔަނާއި ވިޓަމިންތައް ހިމެނެ އެވެ. ހަމައާ އެކު ޑްރެގަން ފުރުޓަކީ ހަށިގަނޑަށް ބޭނުންވާ މުހިއްމު ނިއުޓްރިއަންޓްތަކުގެ ތެރޭގައި ހިމެނޭ ޕޮލިފެނޯލްސް އާއި ކެރަޓަނޮއިޑްސްގެ އިތުރުން ބެޓަކީނިން ވެސް ލިއްބައިދޭނެ މޭވާއެކެވެ.

ތާޒާކޮށް ކެއުމުގެ އިތުރަށް ޑްރެގަން ފުރުޓަކީ ސެލަޑާއި ސުމޫތީ ކަހަލަ ބުއިންތައް ވެސް ވެސް ހަދާލައިގެން ބޭނުންކުރެވިދާނެ އެއްޗެކެވެ.

ހަށިގަނޑުން ދަގަނޑުގެ ބައި މަދު މީހުންނަށް އެ ބައި ހޯދިދާނެ އެއްގޮތަކީ ޑައިޓަށް ޑްރެގަން ފުރުޓް އިތުރުކޮށްލުމެވެ. އާންމުކޮށް ގިނަ މޭވަތަކަކީ އަޔަން ނުހުންނަ އެއްޗިއްސެވެ. އެކަމަކު އެއާހިލާފަށް މި މޭވާގައި ދަގަނޑުގެ ބައި އެކުލެވުމަކީ ހަށިގަނޑަށް ފައިދާކުރާނެ ކަމެކެވެ. އޭގެ ތެރެއިން އެންމެ މުހިއްމު އެއް ކަމަކީ ހަށިގަނޑުގައި އޮކްސިޖަން ދައުރުވުމަށް މަގުފަހިކޮށް ދިނުމާ އެކު ކާނާ ހަކަތަ އަށް ބަދަލުކޮށް ދިނުމަށް މަގުފަހިކުރުމެވެ. މީގެ އިތުރުން ޑްރެގަން ފުރުޓަކީ ވިޓަމިން ސީން ވެސް މުއްސަނދި މޭވާއެކެވެ.

ދިފާއީ ނިޒާމު ވަރުގަދަކުރަން ވެސް ޑްރެގަން ފުރުޓަކޯ ބޭނުންކުރަން ވަރަށް ރަނގަޅު އެއްޗެކެވެ. މި މޭވާގައި ގިނަ އަދަދަކަށް ވިޓަމިން ސީގެ އިތުރުން ކެރަޓަނޮއިޑްސް އެކުލެވިގެންވާތީ އެއީ ދިފާއީ ނިޒާމަށް ލިބޭ ބާރެކެވެ. މިއާ އެކު އިންފެކްޝަންތަކުން ދުރުކޮށް ދިނުމާއި ހަށިގަނޑުގެ ވައިޓް ބްލަޑް ސެލް ހިމާޔަތްކޮށް ދިނުމަކީ ވެސް ޑްރެގަން ފުރުޓް ބޭނުންކުރާ ނަމަ ލިބޭނެ ފައިދާތެކެވެ.

ބަނޑުގެ އެކި ކަހަލަ މައްސަލަތައް ހުންނަ ނަމަ ޑްރެގަން ފުރުޓް ޑައިޓަށް އިތުރުކޮށްލުމުން ނަތީޖާ ފެންނަން ފަށާނެ އެވެ. ގިނަ އަދަދެއްގެ ޕްރިބައޮޓިކްތަކުން މި މޭވާ ފައްކާވެފައިވާތީ މިއީ ހަށިގަނޑުގެ ރަނގަޅު ބެކްޓީރިއާތައް ވަރުގަދަކޮށްދޭނެ ކަމެކެވެ. މިއާ އެކު ބަނޑުގައި އިންފެކްޝަން އުފެދި ބޭރަށް ހިންގުން ފަދަ ބަލިތަކާއި އިރިޓެބަލް ބޮޑެލް ސިންޑްރޯމް (އައިބީއެސް) އަށް ވެސް ޑްރެގަން ފުރުޓް ބޭނުންކުރުމުން ހައްލު ގެނެސްދޭނެ އެވެ.

ޑްރަގަން ފުރުޓް.

ޑްރަގަން ފުރުޓް.

އެކި ކަހަލަ އާންމު ބަލިތަކުން ރައްކާތެރިވުމަށް މި މޭވާ އަކީ ނުކައި ދޫކޮށްލާ ވަރުގެ އެއްޗެއް ނޫނެވެ. ޑައިޓްގެ އާންމު ބާވަތަކަށް ޑްރެގަން ފުރުޓް ހަދައިފި ނަމަ، އާންމު ބަލިތަކުން ރައްކާތެރިވާން ބާރަކަށް ވާނެ އެވެ. މިއީ އެންޓި-އޮކްސިޑަންޓްތަކުން މުއްސަނދި މޭވާއެއްކަމުން އިންފްލެމޭޝަންތަކާއި ހަށިގަނޑުގެ ސެލްތައް ހަލާކުވުން ވެސް ރައްކާތެރިކޮށް ދޭނެ އެވެ. އޭގެ ނަތީޖާ އަކީ ކެންސަރާއި ހިތުގެ ބަލިތަކާއި ހަކުރުބައްޔާއި އާތުރައިޓްސް ފަދަ ބޮޑެތި ކަންކަމުން ވެސް މީހާ ދުރުކޮށް ދިނުމެވެ.

ދެން އޮތީ ގިނަ ބަޔަކު އެންމެ އާންމުކޮށް ބަހުސްކުރާ އެއް މައްސަލައިގެ ވާހަކަ އެވެ. އެއީ ބަރުދަން ކޮންޓްރޯލްކުރުމުގެ ވާހަކަ އެވެ. މިކަމަށް ވެސް ޑްރެގަން ފުރުޓަކީ އެހީއެކެވެ. ކެލަރީ މަދުވެފައި ފައިބަރު ގިނަ އެއްޗަކަށްވާތީ މިއީ ބަރުދަން ލުއިކުރަން މަސައްކަތްކުރާ މީހުންނަށް ވަރަށް ރަނގަޅު ހައްލަކަށް ވާނެ އެވެ. ކުރަން ޖެހޭ ކަމަކީ ޑައިޓްގެ އާންމު ބާވަތަކަށް ޑްރެގަން ފުރުޓް ހެދުމެވެ.