Roadha Mihaaru
ޓެލެގްރާމަށް ގްރޫޕް ވީޑިއޯ ކޯލް އަންނަ މަހު

ޓެލެގްރާމަށް ގްރޫޕް ވީޑިއޯ ކޯލް އަންނަ މަހު

30 އެޕްރީލް 2021

ޓެލެގްރާމްގެ ހަތް ވަނަ އަހަރީ ދުވަހާ ދިމާކޮށް މީގެ އަށް މަސްކުރިން ވީޑިއީ ކޯލް ފީޗާ ތައާރަފުކޮށްފައި ވަނިކޮށް، އަންނަ މަހުގެ ތެރޭގައި ގްރޫޕް ވީޑިއޯ ކޯލްކުރެވޭ ގޮތް ވެސް ހަދަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓެލެގްރާމްގެ ހަތް ވަނަ އަހަރީ ދުވަހާ ދިމާކޮށް މީގެ އަށް މަސްކުރިން ވީޑިއީ ކޯލް ފީޗާ ތައާރަފުކޮށްފައި ވަނިކޮށް، އަންނަ މަހުގެ ތެރޭގައި ގްރޫޕް ވީޑިއޯ ކޯލްކުރެވޭ ގޮތް ވެސް ހަދަން ނިންމައިފި އެވެ.

ކުރިން ނިންމާފައި އޮތީ އެ ފީޗާ މިދިޔަ އަހަރުގެ ފަހުކޮޅު ތައާރަފުކުރާށެވެ. ނަމަވެސް ބައެއް ސަބަބުތަކާ ހެދި އެކަން ލަސްވެފައި ވަނިކޮށް ޓެލެގްރާމްގެ ސީއީއޯ ޕަވެލް ޑްރޯވް ވިދާޅުވެފައި ވަނީ ގްރޫޕް ވީޑިއޯ ކޯލް އަންނަ މަހުގެ ތެރޭގައި ތައާރަފުކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ގްރޫޕް ވީޑިއޯ ކޯލް ފީޗާ އަންނާނީ "މޮޑަން ވީޑިއޯ ކޮންފަރެންސިން ޓޫލް" އާ އެކީގަ އެވެ. ނަމަވެސް އެކަމާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް ހާމަކޮށްފައެއް ނުވެ އެވެ.

އަންނަ މަހުގެ ގްރޫޕް ވީޑިއޯ ކޯލް ފީޗާ ތައާރަފުކުރަން ނިންމާފައި އިރު، މި ހަފުތާގެ ތެރޭގައި ވެސް ޓެލެގްރާމަށް އާ ފީޗާތަކެއް ގެނެސްފައިވެ އެވެ. އޭގެ ތެރޭގައި ޝެޑިއުލްޑް ވޮއިސް މެސެޖް ފޮނުވޭ ގޮތާއި ޓެލެގްރާމުން ފައިސާގެ މުއާމަލާތްކުރެވޭ ގޮތް ވެސް ހަދާފައިވެ އެވެ. އަދި ވޮއިސް ޗެޓް ފީޗާތައް ކުރިއަށް ވުރެ ފުރިހަމަކޮށް އާ އަޕްޑޭޓްތަކެއް ދީފައިވެ އެވެ.

މެސެޖިން އަށް ހާއްސަ ޓެލެގްރާމްގައި ވަން-އޮން-ވަން ވީޑިއޯ ކޯލް ކުރެވޭ ގޮތް ހެދީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 14 ގަ އެވެ. ޓެލެގްރާމް ބޭނުންކުރާ މީހުންގެ އަދަދު މިހާރު 500 މިލިއަނަށް އަރަ އެވެ.