Roadha Mihaaru
ފަޅޮލަކީ އެތައް ކަމަކަށް ފަރުވާއެއް

ފަޅޮލަކީ އެތައް ކަމަކަށް ފަރުވާއެއް

05 މެއި 2021

ފަޅޮލަކީ ފަސޭއިން ލިބޭ މޭވާއަކަށްވުމާ އެކު މިއީ ޑައިޓްގައި ހިމެނުން ވަރަށް މުހިއްމު އެއްޗެކެވެ. ފައިދާތައް ވަރަށް ގިނަ އެވެ. ފަލޮޅުން ހަށިގަނޑަށް ލިއްބައިދޭ މާއްދާތަކުގެ ތެރޭގައި ވިޓަމިން ސީ/ބީ/އޭ/އީ/ކޭ، މެގްނީޒިއަމް، ކެލްސިއަމް، ބީޓާ-ކެރޮޓީން، ޕޮޓޭސިއަމް، ޒީޒަންތިން، ލުޓީން، ކޮޕާ، ލައިކޮޕީން، ފޮލޭޓް، ފައިބަރު އަދި ޕެންޓަތޮނިކް އެސިޑް ހިމެނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފަޅޮލަކީ ފަސޭއިން ލިބޭ މޭވާއަކަށްވުމާ އެކު މިއީ ޑައިޓްގައި ހިމެނުން ވަރަށް މުހިއްމު އެއްޗެކެވެ. ފައިދާތައް ވަރަށް ގިނަ އެވެ. ފަލޮޅުން ހަށިގަނޑަށް ލިއްބައިދޭ މާއްދާތަކުގެ ތެރޭގައި ވިޓަމިން ސީ/ބީ/އޭ/އީ/ކޭ، މެގްނީޒިއަމް، ކެލްސިއަމް، ބީޓާ-ކެރޮޓީން، ޕޮޓޭސިއަމް، ޒީޒަންތިން، ލުޓީން، ކޮޕާ، ލައިކޮޕީން، ފޮލޭޓް، ފައިބަރު އަދި ޕެންޓަތޮނިކް އެސިޑް ހިމެނެ އެވެ.

އާދައިގެ ސައިޒެއްގެ ފަޅޮލަކުން ގާތްގަނޑަކަށް 120 ގްރާމްގެ ކެލަރީ، 30 ގްރާމްގެ ކާބޮހައިޓްރޭޓް (5 ގްރާމް ފައިބަރު އަދި 18 ގްރާމްގެ ހަކުރު) އަދި ދެ ގްރާމްގެ ޕްރޮޓިން ލިއްބައިދޭނެ އެވެ.

ފަޅޮޅުން ލިއްބައިދޭ ސިއްހީ ފައިދާތަކުގެ ތެރޭގައި ހިތުގެ މައްސަލަތަކާއި ހަކުރުބައްޔާއި ހަޖަމުކުރުމުގެ މައްސަލަތަކުން ދުރުކޮށް ދިނުމާއި ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލްކޮށް ދިނުމާއި ލޭގެ ޕްރެޝަރު ދަށްކޮށްދިނުމާއި ޒަހަމްތައް އަވަހަށް ފަސޭހަވުމަށް އެހީވުން ފަދަ ކަންކަން ހިމެނެ އެވެ.

ފަޅޮލުގައި އެކުލެވޭ އެންޓިއޮކްސިޑަންޓެއް ކަމަށްވާ ޒީޒަންތިން އަކީ އިރުގެ ދޯދިތަކުން ލޮލަށް ލިބޭ ގެއްލުންތަކާ އެކު ލޮލުގެ ދުޅަހެޔޮކޮށްދޭ އެހީވާ އެއްޗެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ނޭވާ ހިއްލާ މީހުން ވެސް އާންމުކޮށް ފަޅޯ ބޭނުން ކުރުމަކީ ބަލީގެ ނުރައްކާ ކުޑަކޮށްދޭނެ ކަމެކެވެ. ފަލޮޅަކީ ބީޓާ-ކެރޮޓިން އިން މުއްސަނދި އެއްޗަކަށްވާތީ މިއީ ނޭވާ ހިއްލާ މީހުންނަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ.

ކެންސަރުން ރައްކާތެރިކަން ހޯދަން ވެސް ފަޅޮލަކީ އެހީއެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އާންމުކޮށް ޑައިޓްގައި ފަޅޯ ބޭނުންކުރާ ނަމަ ޕްރޮސްޓޭޓް ކެންސަރާ ދުރުކޮށްދޭނެ އެވެ.

ގައިގެ ކަށިތައް ވަރުގަދަކުރުމަށާއި އިންފްލެމޭޝަނާއި އިސްތަށިގަނޑު ވަރުގަދަކުރުން ފަދަ ކަންކަމަށް ވެސް ފަޅޯ ކެއުމުން ފަރުވާއަކަށްވެ އެވެ.

ފަޅޮލަކީ ތަފާތު ގޮތްގޮތަށް ވެސް ބޭނުންކޮށްލެވިދާނެ އެއްޗެކެވެ. އެގޮތުން ތާޒާކޮށް ފަޅޯ ކެއުމާއި ސެލެޑާއި ޖޫސް/ސުމޫތީ ފަދަ އެއްޗެހި ވެސް ފަޅޯ ބޭނުންކޮށްގެން ތައްުޔާރުކޮށްލެވިދާނެ އެވެ. ދޮންފަޅޯ ތާޒާކޮށް ކާ ނަމަ، ލުނބޯހުތް ޖަހައިގެން ބޭނުންކުރާ ނަމަ ވަކިން މީރުވާނެ އެވެ.