Roadha Mihaaru
ސިދާންތު ހާސްކަމުން ސަލާމަތްވާން 2050 އަށް

ސިދާންތު ހާސްކަމުން ސަލާމަތްވާން ފިލްކަމުން 2050 އަށް

09 މެއި 2021

މުޅި އިންޑިއާ މިހާރު ކޮވިޑް-19 ގެ ސަބަބުން ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި އޮތް އިރު ގިނަ ބަޔަކު ތިބީ މިކަމުން އަރައިގަނެވޭނެ އިރެއްގެ އިންތިޒާރުގަ އެވެ. މި ބަލިމަޑުކަމާ އެކު ހިތަށް ލިބިފައިވާ ނުތަނަވަސްކަމާ އެކު ބޮލީވުޑްގެ ޒުވާން އެކްޓަރު ސިދާންތު ޗަތުރަވެތީ ބޭނުމީ 2021 ދޫކޮށްފައި 2050 އާ އަށް ދާށެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މުޅި އިންޑިއާ މިހާރު ކޮވިޑް-19 ގެ ސަބަބުން ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި އޮތް އިރު ގިނަ ބަޔަކު ތިބީ މިކަމުން އަރައިގަނެވޭނެ އިރެއްގެ އިންތިޒާރުގަ އެވެ. މި ބަލިމަޑުކަމާ އެކު ހިތަށް ލިބިފައިވާ ނުތަނަވަސްކަމާ އެކު ބޮލީވުޑްގެ ޒުވާން އެކްޓަރު ސިދާންތު ޗަތުރަވެތީ ބޭނުމީ 2021 ދޫކޮށްފައި 2050 އާ އަށް ދާށެވެ.

މި ވާހަކަ އޭނާ އިންސްޓަގްރާމްގައި ހިއްސާކުރީ ތަފާތު ޕޯސްޓަކާ އެކީގަ އެވެ. "ގަލީ ބޯއި" އިން ވިދައިލި އެކްޓަރު ބުނީ މި ވަގުތު 2050 އަށް ދެވެން އޮތީ ފިލްމު "އަ ލަވް ސްޓޯރީ: 2050" ބަލައިގެން ކަމަށާއި އެހެންވެ މި ވަގުތު އެންމެ ބަލަން ބޭނުން ފިލްމަކީ އެއީ ކަމަށެވެ.

އެ ފިލްމަކީ 2008 ގައި ރިލީޒްކުރި ފިލްމެކެވެ. "އަ ލަވް ސްޓޯރީ:2050" އަކީ މިހާރު ފިލްމީ ދާއިރާ އިން ގެއްލިފައިވާ އެކްޓަރު ހަރްމަން ބަވޭޖާ ބޮލީވުޑަށް ނެރެން އޭނާގެ ބައްޕަ ހަރީ ބަވޭޖާ ހެދި ފިލްމެކެވެ. ފިލްމުގެ ބަތަލާ އަކީ ޕްރިޔަންކާ ޗޯޕްރާ އެވެ.

ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ނުލިބުނު "އަ ލަވް ސްޓޯރީ: 2050" އަކީ ސައިންސް ފިކްޝަން-ރޮމޭން ފިލްމެކެވެ. އެ ފިލްމު ގެނެސްދީފައި އޮތީ ޓައިމް ޓްރެވެލް ނުވަތަ މުސްތަގުބަލަށް ދަތުރުކުރެވޭ ގޮތް ދައްކުވައިދޭ ޕްލޮޓަކާ އެކީގަ އެވެ.

ކޮވިޑްގެ ހާސްކަމުން ސިކުނޑި ހަމަޖައްސައިލަން ސިދާންތު 2050 ގެ "ތެރޭގައި އުޅޭ އިރު" އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކޮވިޑާ ހެދި ރިލީޒްކުރުން ފަސްކޮށްފައިވާ "ބަންޓީ އޯރް ބަބްލީ" އާއި "ފޯންބޫތު" އާއި "ދުރޫވާ" އަދި ދީޕިކާ ޕަދްކޯނާ އެކު ކުޅޭ ތުރިލާއެއް ހިމެނެ އެވެ. އޭނާ އަކީ މި އަހަރުގެ ކުރީކޮޅު ކޮވިޑަށް ފަރުވާ ވެސް ހޯދި އެކްޓަރެކެވެ.